ކޮވިޑް-19 އިން ރަނގަޅުވާ މީހުންނަށް ކަރަންޓީނަކާއި ނުލައި ރަށްރަށަށް ދެވޭނެ ކަމަށް ސަރުކާރުން ހާމަ ކޮށްފިއެވެ.

ރައީސް އޮފީހުން މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުަހއްމަދު ސޯލިހް ވިދާޅުވީ، އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކޮވިޑް-19 ގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން ކާފިއު ވަގުތު ކުރުކޮށް، ބަލި ޖެހިފައިވާ މީހުންނަށް ފަސޭހަކަމާއި އެކީ ދަތުރު ކުރެވޭނެ ގޮތް ހަމަ ޖައްސާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ކޮވިޑް-19 ޖެހިފައިވާ މީހުންގެ ތެރެއިން ބަލިން ރަނގަޅުވެ ވަކި ދުވަހެއް ވެފައިވާ މީހުންނަށް އެއްވެސް ކަހަލަ ދަތިކަމަކާއި ނުލައި ދަތުރު ކުރެވޭނެ ކަމަށެވެ.

"ކޮވިޑް ޖެހި ރަނގަޅުވެފައިވާ މީހުންނަށް 60 ދުވަހުގެ ތެރޭގައި ކަރަންޓީނު ވުމަކާއި ނުލައި އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުން އެބަ ލިބިދޭ" ރައީސް ވިދާޅުވިއެވެ.

ކޮވިޑް އިން ރަނގަޅުވެފައިވާ މީހުންނަށް ލިއުތަކެއް ދިން ނަމަވެސް، ވެކްސިންގެ ދެ ޑޯޒު ޖަހާފައިވާ މީހުންނަށް ލުއިތަކެއް ދެވެން ނެތް ކަމަށް ސަރުކާރުން ވަނީ ހާމަ ކޮށްފައެވެ. އެހެން ނަމަވެސް ޖުލައި މަހުގެ ތެރޭގައި އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ޖެހިއްޖެނަމަ، ލުއިތަކެއް ދެވޭނެ ކަމަށް ސަރުކާރުން ވަނީ ހާމަ ކޮށްފައެވެ.

ކޮވިޑްއާ ގުޅިގެން ބޮޑެތި ލުއިތަކެއް ދޭން ނިންމިއިރު، ރާއްޖޭގައި ދުވާލެއްގެ މައްޗަށް ކޮވިޑް ޖެހޭ މީހުންގެ އަދަދު ވަނީ ބޮޑުތަނުން މަދުވެފައެވެ. އެގޮތުން އިއްޔެ ކޮވިޑް ޖެހިފައި ވަނީ 155 މީހުންނަށެވެ. މިއާއި އެކީ ރާއްޖެ އިން މިހާތަނަށް ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 73،482 އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

 1. Anonymous

  ދެން ކަރަންޓީނު ނުވެ ދަތުރުކުރާށޭ ކިޔާފަ އަމިއްލައަށް ފައްސި ވާނީކީ ނޫން

  28
  2
 2. ރައްޔިތު

  ދެން އެންމެން ބަލި ޖެހެން ވީއޭތަ ތިބުނަނީ؟! ކޮބައިތަ ވެކްސިންގެ 2 ޑޯޒް ޖަހާ 14 ދުވަސް ފުރިހަމަ ކޮށްފަ ތިބި މީހުންނަށ ދިން ލުޔަކީ..؟!

  38
  • އައްޑޫ ޝަކުވާ ބޯޓު

   ޢެމީހުނަށް ލުޔެއްދެވޭ ކަށްނެތޭނު މިހާރު އެބުނަނީ އާބާދީގެ ދެބައި ކުޅަ އެއްބައި މީހުން ދެޑޯޒް ފުރިހަމަ ނު ކުރަނީސް. ދެން ހުރިހާ އެންމެންވީ އެއިންޑިއާ ވިހަ ގަޔަށްޖަހަން ތެޅިގަންނަން. މިވާގޮތުން ވެ ކްސިންޖެހުމަށް ވުރެ ރަނގަޅު ކޯވިޑްޖެހި ރަނގަޅުވިޔަސް. ވެ ކްސިންޖެހިޔަަސް ކޯވިޑުނުޖެހެނީ ކީ އެއްވެސްނޫން ވިއްޔާ.
   އަހަރުމެން ތިބޭނަން ވާއެއްޗެއް ވެނިމެންދެން އެންމެފަހުން ތިޔަ ވެ ކްސިނެއް ޖަހަން.
   #ޕްލޭންޑެމި ކް #ވެ ކްސިންވިޔަފާރި
   #ނ.ވ.އ

   12
 3. އަނިލް

  ކަލޯ ކުރިންވެސް ބުނިހެންމިވީ ސްކޫލްތައް ބަންދުވީ އެއްފުޅަންމަތިން އަނެއްފުޅަންމަތިން ފުމެންވީ އަދި މިދޭތެރެ ބޮޑުޢިދުވެސް އެބައޮތް

  25
  2
 4. ހަބަރު

  2 ޑޯޒް މީ އެއްވެސް އެއްޗެއް ނޫން

  37
 5. ވަރަށް

  ޔެސް ޔެސް ޔެސް!!!!

  12
  2
 6. ޟިޔާ

  ރިސޯޓު މުއައްޒިފުންނާ ބެހޭ ގޮތުން ސުވާލެއް ކޮށްލާނެ ނޫސްވެރިޔެއް ނޫޅޭ..!

  30
  • އަހްމަދު

   ނޫސްވެރިން އުޅޭތޯ! އެމީހުން ލިޔެގެން އަންނަ ސުވާލެއްނޫން ސުވާލެއް ކުރާކަށްނެނގޭ! އެކަމަކު ނޫސްވެރިން! ގިނަރައްޔިތުންނާއި ގުޅޭ ސުވާލެއް ކުރާ ނޫސްވެރިޔަކު މަދު!

 7. ޢާޗި

  ވެކްސިނ 2 ޑޯޒް ފުރިހަމަ ކުރި މީހުންނަށް އެއްވެސް ލުޔެއް ނެތްބާ؟

  30
 8. މަނީމަނީ

  މީމޮޔަބައެއް މިގަވްމަށް ރެވެނިއު ވަންނަ ހަމައެކަނި ދޮރާއްޓަކީ ޓުވަރިޒަމަށް ވާއިރު ކޮވިޑް ކަރަންޓީނު މުއްދަތް އިތުރުވެ އެތައްބަޔަކު އަބިދަރިން ކާރިޔަށް ނުދެވި ބަންދުގައި އެބަތިބި މިމީހުން އިސްތިއުފާ ދޭންވީ

  28
 9. ރައްޔިތު

  އެހެންވިއްޔާ ވެކްސިން ނުޖަހާ ކޮވިޑް ޖެހެންތާ ވީ..؟! ދެޑޯޒް ޖަހާ 14 ދުވަސް ހަމަކުރި މީހުންނަށް މިލިބުނީ މުޅިން ކޮޅުކެހި ވިއްޔަ..! ވެކްސިން ޖައްސުވަން ވެގެން ހެދިހާ ދޮގުތައް ކޮބާ..؟!

  33
 10. މިސްޓާރ ޓޭ

  މާސްކް ނާޅާ، މާސްކް އެޅުމަށް ދެކޮޅު ހަދާ، ސޯޝަން ޑިސްޓަންސް ނުބަހައްޓާ، އެހެން މީހުންނަ ބަލިފަތުރަން މަސައްކަތް ކުރާ މީހުންނަ ހުރިހާ ލުއިއެއް. ތި ކަޑައޭ ބްރޯ

  35
  2
 11. އަހުމަދު

  ހަހަ. 2 ޑޯޒު އާބާދީގެ ބޮޑު ބަޔަ ކައް ހަމަވާނީ މި ދައުރު ނިމެންވާއިރަށް ކަންނޭގެ
  . ގޯހެއް ނޫން.. 😂😂

  26
 12. އަހްމަދު

  މިވާހަކަތަކުން އަހަންނައްސާފުއެއްޗަކީ ދަތުރުކުރަންބޭނުންނަމަ ކޮވިޑްޖެހިގެން ނޫނީ އެފުރުސަތުނެތްކަން ވެކްސިން ދެޑޯޒްޖެހުމަކީ އަދިހައްލެއްނޫންކަން

  10
 13. މާސޭ

  މީ އެހެންވިއްޔާއަނެެއް ކާއިންޑިޔާފަތުރުވެރިންނަށްދިންލުޔެއްތާ

 14. ވަނުވާ

  ހައެއް ކަ ޑޯޒް ޖެހީމަ ލުއިދެވޭނީ

 15. ކަން

  ޢެންްމެނަށްވެސް އިނގޭ ދޯ މި ކޮންކަހަލަ ބައްޔެއް ކަން. ޥެކްސިން ޖެހި މީހުންނަށްދޯ ރަނގަޅުވާނީ. ޕޮޒިޓިވްކޮން ވިސްނން ދަސްކޮށްބލަ.

  2
  2
 16. ޖުޑީ

  ރިސޯޓު ބަންދު ކޮއްފާނެތީ އަހަރުން ކޮވިޑު އަލާމާތްތަށް ( ޕޮޒިޓުވްކަން ޔަގީން) ފެނުނީމަ ޓެސްޓް ނުހަދާ 14 ދުވަހު ކަރަންޓީން ކުރުވާފަ ދެން ރަގަޅުވީމަ ޓެސްޓް ހަދުވާ ނެގަޓިވް ރިޒަލްޓް ލިބުން މީހުންނަށް ދިން އަނިޔާއެއް މީ. ރިސޯޓު މީހުން ތި ގެންގުޅެނީ ކުރީގެ އަޅުން ގެންގުޅުން ފަދައިން. ހަބަރުތަކުގަ ޗައިނާގެ މުސްލިމުން ބައްދުކޮށް އަޅު މަސައްކަތް ކުރުވާ ވާހަކަ ކިޔާހެން މި ވާހަކަވެސް ދައްކަން ޖެހޭ. މީ ސީދާ ބަންދު ކޮއްގެން އަޅުންހެން މަސައްކަތް ކުރުވުން. ރަށްރަށުން ކޮވިޑް ފެނި ރަނގަޅު ވީމަ މޮނީޓަރިން އުވާލާ ކަރަންޓީން ވާންނުޖެހި އަރާ ފޭބޭ އިރު ރިސޯޓުގަ ކޮވިޑް ނެތަސް ރިސޯޓް މުވައްޒަފުންނަށް އެ އުސޫލުން ކަންތައް ނުކުރުމަކީ ގާނޫނުގަ ބުނާ ހަމަ ހަމަ ކަމާ ހިލާފަށް ދޭ އަނިޔާ އެއް. އަހަރުންގެ ހައްގުގަ މަސައްކަތް ކޮއްދޭ ފަރާތްތަކުން މި މައްސަލާގަ ކޯޓަށް ގޮސްދީގެން ވިޔަސް ހައްގު ހޯދަ ދެއްވާ. އެހެންނޫނީ ހުރިހާ ރިސޯޓު މުވައްޒަފުން އިހުތިޖާޖަކަށް ދާން ޖެހިދާނެ. ލައްކަ ދުވަހު އަނބި ދަރިންނާ ދުރުގަ ބުނިހާ ގޮތެއް ހަދައިގެން ކެއްތެރިކަމާއެކު އުޅެވިއްޖެ. ދެން ޖެހޭނީ ހައްގު ހޯދަން ނުކުންނަށް. ރިސޯޓްތަކުގެ 80% މުވައްޒަފުން ރަށަށް ދެވޭނެ ކަމުގެ އުންމީދުގަ 2 ޑޯޒުވެސް ޖަހައިގެން މިތިބީ.

 17. މސްރަގު

  2 ޑޯޒް އަކީ ޖަހާލި ފެންފޮދެއްތާ...
  ތިވެކްސިން ޖަހާކަށް ރައްޔަތުން ދެން ކިޔު އެއް ނަހަދާނެ. 1 ޑޯޒްވެސް ޖެހުނުމޮޔަ ހިތައް އަރައިފި ބޭކާރު އެއްޗެއްގެ. ތިކިޔާ ޕަސަންޓަައް ވެކްސިން ރޭޓް ލާހިކެއްނޫން މިއިން ޒަމާނަކުވެސް އަރުވާކަށް މިވީ ގޮތުން. ވެކްސިނޭ ކިޔައިގެން ހެދި ދޮގާ ދެއްކި ވާަހަކަ ފަޅާ އެރީމަ ކާކު އިތުރަށްތި ޖަހަން ދާނި. ޥެކްސިނާ ދެކޮޅު މީހުންގެ ވާހަކަވެސް ކޮންމެވެސްވަރަކަށް އަހާލަން ތިޖެހުނި. ހުސް އަނގައެއް ނޫންތާ އެތަޅަނީ އެހެންވީމަ.
  ްްit ްު

 18. ޖޭޒު

  ކކިހާދެރަ ކަމެއް ކޮވިޑުންސަލާމަތްވާން ވެ ކުސިންގެ ދެޑޯޒު ފުރިހަމަ ކުރިމީހުންނަށް ލިބުނުލުޔެއްނެތް މިހާރުލުއިމިލިބެނީ ކޮވިޑުޖެހުނުމީހުންނައް މިމީ

 19. ޝީޒާ

  ވެކްސިން ދެޑޯޒް ޖެހުމުގެ އެއްވެސް ބޭނުމެއް މަށަކަށް ނުވިސްނޭ މިހާރު މިވީގޮތުން. މިވީގޮތުން ކޮވިޑް ޖެހިފަ ހުރި މީހެއްގެ ކާރިޔައް ވަންނަންވީ. ދެޑޯޒް ފުރިހަމަ ކުރިމީހުންނަށް ކަރަންޓީން މުއްދަތު ފަސްދުވަހައް ކުރުކޮށްލިނަމަ ކީއްތަ ވާނީ.

 20. މޮޔަ ބެއްޔާ

  ކުރިންއިއުލާނުކުރީ 2 ޑޯޒް ފުރިހަމަ ކޮށްގެން ދަތުކުވޭ ވާހަކަ މިހާރު ބަލިޖެހޭ މީހުން ކަރަންޓީނަކާ ނުލައި ދަތުރުކުރެވޭ ....ބޯހަލާކު

 21. އަހްމަދު

  ވެކްސިން 2 ޑޯޒްޖެހި މީހުންނަށް ދޭންބުނި ލުއިކޮބާތޯ! ކީއްތޯވާނީ ކަރަންޓީނުގެ ދުވަސް 10 ދުވަހަށް ހަދާލިނަމަ!

 22. ސީނު

  އެތަށްވަގުތެއް ހޭދަކޮށްގެން ބުރަމަސައްކަތުން ޖެހި ވެކްސިންތަކުގެ ބޭނުމަކީކޮބާ؟ އަޖާއިބުވެ އަންތަރީސްވެއްޖެ.

 23. ގަމާރު

  އިއުލާން..!! މަށަށް ކޮވިޑް ޖައްސަދޭނެ މީހަކު ބޭނުން ވެއްޖެ..!