މިދިޔަ ބުރާސްފަތި ދުވަހު ކޮވިޑް-19ގެ ވޭދަނައެއް ފެނި ބަންދުކޮށްފައިވާ ހއ. ދިއްދޫން އިތުރު 11 މީހަކު ކޮވިޑް-19 އަށް ފައްސިވެ، ބަލީގެ ބިރުވެރިކަން ރަށަށް ވެރިވާން ފަށައިފިއެވެ.

މިއަދު ފައްސިވި 11 މީހުންނާއެކު އެރަށުން ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 34 އަށް އަރާފައެވެ.

އެރަށުން މިއަދު ފައްސިވި 11 މީހުންގެ ތެރޭގައި ހިމެނެނީ ވަކި ތަރުތީބެއް ނެތި ނެގި ސުންކަކުން ފައްސިވި މީހަކާއި، ފައްސިވި މީހަކާއި ގާތުން އެއްތާވި ފަސް މީހެއްގެ އިތުރުން، އެރަށު ފްލޫ ކްލިނިކަށް ދެއްކި މީހުންގެ ތެރެއިން ފަސް މީހެކެވެ.

ފްލޫ ކްލިނިކަށް ދެއްކި ބިދޭސީއަކު ކޮވިޑަށް ފައްސިވި ފަހުން އެރަށުން އެ ބައްޔަށް ފައްސިވާ މީހުންގެ އަދަދުތައް ވަނީ އިތުރުވާން ފަށާފައެވެ. އޭގެ ފަހުން މިދިޔަ ހުކުރު ދުވަހު އެރަށުން ކުއްލި ގޮތަކަށް ނިޔާވި ބިދޭސީއަކުވެސް ވަނީ ކޮވިޑަށް ފައްސިވެފައެެވެ. އެ މީހާއާ ގާތުން އެއްތާވި އެތަނުގައި މަސައްކަތް ކުރާ މީހަކުވެސް ވަނީ ކޮވިޑަށް ފައްސިވެފައެވެ.

ދިއްދޫން ކޮވިޑް ފެންނަން ފަށާފައި ވަނީ،އެރަށުން މީގެ ދުވަސްކޮޅެއް ކުރިން ކޮވިޑް ފެނި ބަންދުކޮށްފައި އޮންނަތާ އެތައް ދުވަހެއް ފަހުން، ރަށް ހުޅުވާލާފައި ވަނިކޮށެެވެ.

ކިޔުންތެރިންގެ ހިޔާލު