ކުރީގެ ސަރުކާރުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކައި، އެ ބިމުގައި އިމާރާތް ކޮށްފައިވާ "ހިޔާ މަޝްރޫއު" ފްލެޓްތަކުގެ ކުލީ އަގު މިހާރު ކަނޑައަޅާފައިވާ ވަރަށް ވުރެ އިތުރަށް ކުޑަކޮށްފިނަމަ ދައުލަތަށް ވަރަށް ބޮޑަށް ބުރަވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
އެޗްޑީސީން މިހާރު ނިންމާފައިވަނީ ހިޔާ ފްލެޓްތަކަށް މަހަކު 7,500ރ ގެ ކުއްޔެއް ނަގާށެވެ. އަދި ފުލެޓުގެ މެނޭޖްމެންޓު ފީގެ ގޮތުގައި ކޮންމެ މަހަކު 1,000ރ. ނެގުމަށެވެ.
މި އަގާ މެދު އާންމުންގެ ކަންބޮޑުވުންތައް އިންތިހާއަށް އޮތްއިރު، ފްލެޓްތަކުގެ ފިނިޝިން މަސައްކަތްތައް ވެސް ފްލެޓް ލިބުނު ފަރާތްތަކުން އަމިއްލައަށް ކުރަން ޖެހޭ ގޮތަށް އޮތުމުން އިތުރު ޚަރަދުތައް ދާނެތީ އާންމުންގެ ކަންބޮޑުވުންތައް އިންތިހާއަށް އިތުރުވެފައިވެއެވެ.
މިއަދު ހަވީރު އޮންލައިންކޮށް ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންގެ ގިނަ ސުވާލުތައް ވެސް އަމާޒުވީ ހިޔާ ފްލެޓްގެ ކުލި ތިރި ކުރުމާ ގުޅޭ ގޮތުންނެވެ. ނޫނީ ފިނިޝިން މަސައްކަތްތައް ނިންމުމުގައި ސަރުކާރުން އެހީތެރިކަމެއް ދިނުމާ ގުޅޭ ގޮތުން ވެސް ނޫސްވެރިން ސުވާލުތައް އަމާޒުކުރިއެވެ.
މި ސުވާލުތަކުގެ ޖަވާބުގައި ރައީސް ސޯލިހް ފުރަތަމަ ވިދާޅުވީ، ހިޔާ ފްލެޓްގެ އެޕާޓްމަންޓްތައް ހަދާފައިވާ އަގަކީ މަތީ އަގަކަށް ވާތީ، ކުލި ކުޑަ ކުރުންވީ ދަތި ކަމަކަށް ކަމަށެވެ. އެންމެ ފުރަތަމަ ހިސާބުތައް ބެލިއިރު ފްލެޓެއްގެ ކުލީ އަގަށް ޖެހުނީ 10،490 ރުފިޔާ ކަން ރައީސް ފާހަގަކުރެއްވިއެވެ.
އެހެން ނަމަވެސް ސޯޝަލް ހައުސިން ފްލެޓެއްގެ ކުލީ އަގަކަށް އެއީ ވަރަށް ބޮޑު އަދަދެއް ކަން ގަބޫލު ކުރެވޭތީ، އެޗްޑީސީއާއެކު ކުރި މަޝްވަރާތަކަށް ފަހު ފްލެޓްގެ އަގު މިހާރު ކަނޑައަޅާފައިވާ މިންވަރު ކަމުގައިވާ 7،500 ރުފިޔާ އަކީ ކަނޑައެޅެން އޮތް އެންމެ ކުޑަ އަގު ކަމަށް ރައީސް ވިދާޅުވިއެވެ.
"ފްލެޓްގެ ކުލީ އަގު ވަރަށް ބޮޑަށް ހެޔޮކޮށްފިން، މިހާރު މި ޖެހެނީ 7،500 ރުފިޔާ،" ރައީސް ސޯލިހް ވިދާޅުވިއެވެ.
މިއާ ގުޅިގެން ނޫސްވެރިން އިތުރު ސުވާލުތައް އަމާޒު ކުރުމުން ރައީސް ވިދާޅުވީ ސަރުކާރުން ބޭނުން ވަނީ ވެސް ވީ އެންމެ ކުޑަ އަގެއްގައި ފްލެޓްތައް ދޫކުރުމަށް ކަމަށެވެ. އެހެންކަމުން މި ކަމާ މެދު އަދިވެސް މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން މަޝްވަރާ ނުކުރާނެ ވާހަކައެއް ނޫން، އަދިވެސް އަޅުގަނޑުމެން އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރާނަން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ފްލެޓްގެ އަގު ކުޑަ ކުރުމަށް އަދިވެސް ސަރުކާރުން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް އިތުރަށް ދެން ކުޑަކުރާނަމަ ދައުލަތަށް ވަރަށް ބޮޑެތި ތަފްސީލްތައް އުފުލަން ޖެހޭނެ ކަމަށެވެ. ރައީސް އިޝާރާތް ކުރައްވާ ކަމަކީ ފްލެޓްގެ މަޝްރޫއަށް ދައުލަތުން އަނބުރާ ދައްކަން ޖެހޭ ލޯނެވެ.
މި މަޝްރޫއަށް 434 މިލިއަން ޑޮލަރު ހަރަދުވެފައިވާއިރު، މަޝްރޫއާ ގުޅިގެން ކޮށްފައިވާ ހިންގުމާއި އިދާރީ ހަރަދުތަކާއެކު ޖުމުލަ 563 މިލިއަން ޑޮލަރު އަރައެވެ. ފަހުން މި ސަރުކާރުން މަޝްރޫއަށް ގެނައި ބަދަލުތަކާ ގުޅިގެން ބައެއް އެޕާޓްމަންޓްތައް މަދުވެ އިތުރު ޚަރަދު ވެސް ހިނގިއެވެ.
ކުރީގެ ސަރުކާރުން ވަނީ މި ކޮންމެ ފްލެޓްގެ ކުލީ އަގުގެ ގޮތުގައި 5،600 ރުފިޔާ ކަނޑައަޅައިފައެވެ. އަދި މެއިންޓަނަންސް ފީއާއެކު 6،600 ރުފިޔާ މަހަކު ދައްކަން ޖެހޭނެއެވެ.
އެކަމަކު މި އަދަދަށް ފްލެޓް ދެވެން ނެތް ކަމުގައި މި ސަރުކާރުން ފާހަގަކުރާ ސަބަބަކީ ވެސް ލޯނަށް ދައްކަން ޖެހޭ ފައިސާ ބޮޑުވުމެވެ. އަދި މަޝްރޫއު ހިންގާފައިވަނީ ދެގުނަ ބޮޑު އަގެއްގައި، އެންމެ ބޮޑު އަގެއް ހުށަހެޅި ފަރާތާ ހަވާލުކޮށްގެން ކަމަށް މި ސަރުކާރުން ވިދާޅުވެއެވެ.
މި ލޯނު ދެއްކުމަށް ހަމަޖެހިފައި އޮތީ ދެ އަހަރުގެ ގްރޭސް ޕީރިއަޑަކާއެކު 15 އަހަރު ދުވަހުގެ ތެރޭގައި ދައްކާ ގޮތަށެވެ. ލޯނުގެ އިންޓްރެސްޓް ރޭޓެއްގެ ގޮތުގައި އޮތީ ގާތްގަނޑަކަށް ޚަރަދުގެ 15 އިންސައްތައެވެ. މި ހިސާބުތައް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ހިއްސާ ވެސް ކުރެއްވިއެވެ.
ރައްޔިތުންގެ ޓެކްސް ފައިސާއިން ތިންހަތަރު މީހުންނަށް އެކަމަޑޭޝަން ދިނުން އޯކޭ.
ސަރުކާރުން ކުލި ކުޑަ ނުކުރިޔަސް ފްލެޓް ރައްޔިތުންނަށް ދޭ އިރުގައި އެތަން ހުންނަންވާނީ ނިމިފައި. ފިނިޝިން ނުނިންމާ ދިނުމަކީ ރައްޔިތުންނަށް ކުރަާ ޖެއްސުމެއް
އާއިލާ ކުދހިން ކޮޅަށް ބޮޑެތި މުސާރަޔާއެކު ވަޒީފާ ދިނުމުން ދައުލަތަށް ވަރަށް ލުއި ދެއްތޯ
ކަލޭ ބަރިބަރިޔަށް މިނިސްޓްރީތަކަށް ލާފައި ތިބި ދޮޅުރޯނާއިންތައް ފުރަތަމަ ވަކިކޮށްބަލަ ސަރުކާރަށް ބާރުކުޑަކުރަން. އަދިވެސް ތި އުޅެނީ ރައްޔިތުން ބަނޑުފެޅޭތޯ! ރައީސްކަން ބޭނުންވެގެން ޕޯޑިއަމްތަކުގައި ދެއްކި ވާހަކަތައް މިހާރު ކޮބައި
ދައުލަތައްބުރަޔަކައްވީ އަމަލުކުރިގޮތުން. ތަން ނިމުނުގޮތައް ކުއްޔައް ނުދިނުމުގެސަބަބުން ކުލީގެ ގޮތުގައި ލިބެންޖެހޭ 6500ރ ގެމަގުން 7000 ފުލެޓައް 24 މަސްދުވަހައް ކުލީގެގޮތުގައި ދައުލަތައް ލިބެންޖެހޭ 1،090،000،000.00 އެއްބިލިޔަނައްވުރެ ގިނަރުފިޔާ ތަންތަނުގެ ވެރިފަރާތައް ނުދިނުމުގެ ސަބަބުން މިއީ ސަރުކާރައްވާނެ ބޮޑު ބުރަޔަކައްވާނެކަން އެގޭތީދޯ ހެޔޮވިސްނޭމީހުން މިވާހަކަ ދެއްކީ. މިކަމުގެ ޒިންމާވެސްނަގަންވީ ހަމަ ރައްޔިތުންތޯ؟
ކަލޭމެންނަކަށް ރައްޔިތުމީހާހަށް ހެޔޮގޮތެއްނެހެދޭނެ. ހަދާކަށްބޭނުމެއްވެސް ނުވާނެ. ޜައްޔިތުންފެލަނީ. ހުރިހާއުފަލެއް މޮޅެއް މެމބަރުންނަށް. ގަނޑުވަރު މާލޭގަ ގޯތިހުރިމީހުންނަށް މަހަކު 200000 ން މަތި މުސާރަނަގާމީހުނަށް. މަހަކު 8000 ނުލިބޭމީހާ ކިހިނެއް ތުއަގުދީގެން އުޅޭނީ....
ސަރުކާރުގެ ދޯހަޅި ސިޔާސަތުގެ ސަބަބުން މިހާދުވަސް ފުލެޓްތައް ނުނިންމާ ބަހައްޓާފައި ލިބުނު ގެއްލުކުގެ ބަދަލު ރައްޔިތުމީހާގެ ބޮލަށްް ޖަހާފައި ހީނުކުރާތި 2023 ކާމިޔާބު ކުރެވޭނެ ކަމަށް. އިންޝާ ﷲ
ރައްޔިތުންގެ ވެރިކަމެއްގައި ދައުލަތަށް ބުރަވުމަކީ ރައްޔިތުންގެ އާދޭސްތަކުކުގައި ކޮޅުފައިން ޖަހަން ޖެެަހޭ ސަބަބެއްނޫން.
ކުރިން ފުލެޓް ލިބުނުމީހުން އަތުން ފުލެޓް އަތުލާފަ ތިއޮތީ ދީފަ
ދެންވެސް ބޯހިޔާވަހިކަން ބޭނުންވާ އެހެން ބަޔަކަށް ފުލެޓް ގަޑެއްވެސް އަޅަާ ދެވޭނީ ސަރުކާރަށް ލޯނުދެއްކޭ ވަރަކަށް ފުލެޓް ކުއްޔަށް ދީގެން
ނިކަން މާލޭންތިއަގުގަ ތިވަރުތަނެއް ހޯދަބަލަ.
ފުލެޓު ލިބުނީމާ ބޮޑުއަގުގަ ކުއްޔަށް ދީގެން ފައިދާ ހޯދަން ނުވިސްނަބަލަ
ރައްޔިތުންގެ ސަރުކާރެކޯމީ.އެކަމަކު 6000 ވުރެ ގިނަ އާއިލާތަކުގެ ދިރިއުޅުން ބުރަކަށް ހަދާކަށް އިސްތައްޓެެެކޭވެސް ހިތަށްނޭރީތާ
މިވަބާގެތެރޭ ދަވާލިވެންޓިލޭޓަރުތަކާތަފާތުނަންނަނުގަ ޚަރަދުގެގޮތުހައި ދަވާލިރުފިޔާތައް ބުރައަށްނުވާއިރު މިފުލެޓުގެ އަގުހެޔޮކުރީމަ ބުރައަށްވަނީ ރައިއްޔަތުންނަށްލުޔެއްލިބޭތީތޯ؟ އިތުރަށްދަވާނުލާ އިންޑިއާގެއުނގުންސަލާމަތްވުމަށް އަވަހަށް އިސްތިއުފާދޭށެވެ. ދިވެހިރާއްޖެސަލާމަތްވާންއޮތީ އޭރުންނެވެ.
މިރައީސްއަށް އެނގޭބާ އެތަންހުރީ ނުނިންމާ ކަން ހަމައެކަނި ގޯތީފާރު އކަނިކަން 8500 ރުފިޔާއަށް ވިއްކަނީ.
ތިޔަމީހުންނަށް ދެން ވޯޓް ދީފިނަމަ ރައްޔިތުން ނަަަށް ވަރައް ބުރަބޮޑުވާނެ
ނާގާބިލް މީހުންނަށް ސިޔާސީ މަތީ މަގާމުތައް އޮބިނޯންނަވަރަށް ދޭއިރު ދައުލަތަށް ލުއިވަމުން ދެއްތޯ އެދަނީ؟ 2023ގަ އެކަން ފެންނާނެ އިންޝާ ﷲ.
މިއަދުގެ ރައީސު އިބޫ ސާލިހު ވ.ޢަވަހަށް އިސްތިއުފާ ދެއްވާފަ ދުރަށް ވަޑައިގަންނަވާ، އިބޫ ސަރުކާރު ބޭނުންވަނީ ރައްޔިތުންނަށް ބުރަ ބޮޑުކޮށްފަ ސަރުކާރަށް ލުއިކޮށްގެން ވެރިކަން ކުރަންތޯ؟؟؟ ވެރިކަމަށް އަރައިގެން އުޅެނީ ނިކަމެތި ރައްޔިތުން ފިލައިގެން ފައިދާނަގައިގެން ގައުމު ހިންގަންތޯ؟؟؟
ރައީސަށް ދަންނަވާލަންއޮތީ ހިޔާފުލެޓްގެ ހައްގުވެރިންގެ އެދުންތަ ކުގަ މިސަރު ކާރުން ކޮޅުފައިން ޖަހައިފިނަމަ 2023 ގައި ތިރީސްހާސް ވޯޓު އެލިބުނީ އިދި ކޮޅަށޭ، އަންނަ ސަރު ކާރަ ކުން ފުލެޓްގެ އަގު ހެޔޮ ކޮށްދޭނެޔޭ.
ސިޔާސީ މަަގާމުތައް އިތުރުކޮށް މިމީހުންގެ މީހުންނަށް ބޮޑުމުސާރަދޭންވީމާ ދައުލަތަށް ބުރަކަށް ނުވެފައި އާންމު ރައްޔިތު މީހާއަށް ފުލެޓް ގެ އަގުު ކުޑަކުރަން އެދުުުނީމާ ދައުލަތަށް ބުރަކަށޯ ވަނީ . ކިހާސަޅި ޖޯކެއްމީ
ތިމީހުން ރައްުޔިތުން އަދިވެސް ވޯޓް ދޭނެނޫންތޯ އިބޫސާލިހު ރައީސުކަމަށް ދެންކުރިމަތިލާއިރު ވައުދުވާނީ ރައްުޔިތުން އެއްވެސް މަސައްކަތެއްނުކޮށް ދިރިއުޅެވޭނެ ގޮތްހަދާފަ ރަންގަނޑުވަރު ދޭނެކަމަށް ވިއްޔާ..ކުރިއަށްވުރެ މާއަވަހަށް ތިޔަ މޮޔަ ރައްޔިތުން ހެއްލޭނެ މަކަރުވެރިންގެ ދަލުގައިޖެހި
ރައްޔިތުންނަށް ބުރަވިޔަސް އޯކޭދޯ....
ހިޔާ ފްލެތް ބުރަޔަކަށްވީ ދަވްކަތުންއަމަލުކުރިގޮތުން، އަމަލުކުރިގޮތުގެ ސަބަބުން ލިބުނު ބުރައިގެ ޒިންމާ ނަގަންވާނީ ވެސް ދަވްލަތުން . ނުވަތަ ބުރައެރުވިބަޔަކާއިގދެކޮޅަށް ގާނޫނުގައިވާގޮތުގެ މަތީންފިޔަވަޅު އަލައި އިހުމާލަށް ޒިންމާކުރުވައިގެން ދަވްލަތގެ ބުރަ ދަވްލަތުން ފިލުވަންވާނެ ރައްޔިތުންއެބުރަ އުފުލާކަށެއްނުޖެހޭނެ. އެއިން އެޕާތްމަންޓަކަށް ހަރަދުވަނީ 62000 ޑޮލަރުކަމަށް މިހާރު ގެ ސަރުކާރުންވިދާޅުވި. އެހެންނަމަ އެއީ/956040 ޜ 25 އަހަރަށް ބަހާލައިފިނަމަ މަހަކަށްޖެހެނީ 3186/80 ރުފިޔާ ލިބުނު ގެއްލުމެއްލިބުނީ އަހަރަކަށް ވުރެ ގިނަދުވަހު މަސައްކަތް ހުއްޓުވުމުގެ ސަބަބުން އިތުރު ފައިސާ ކޮންސްޓްރެކްޓަރުންނަށް ދޭންޖެހުނީމަ . އެޒިންމާ ނަގަންޖެހޭނީ ގާނޫނުގައިވާގޮތުގެ މަތީން އިހުމާލުވި ބަޔަކު. ރައްޔިތުން އެ އިހުމާލުގަ ބުރަޔަކަށް ވެގެން ނުވާނެ. ރައީސް ވިދާޅުވިޔަސް އެތަންތަން 7500 އަށް ދޭންޖެހޭނެ އެއް ވެސް ސަބަބެއްނެތް. 6400 އަށް އެތަންތަން ނުދެވޭނެ ސަބަބެއްވެސްނެތް. ނޫހުގެ ހަބަރުން ދުށިން ރައީސް ވިދާޅުވިކަމަށް އެތަންތަން ތަޅާލަން ވެސް އެހެން ކަމަށް ވާނަމަ ރައީސް އެތަން ތަޅުއްވަންވެގެން މަސައްކަތް ހުއްޓުވީތަ؟ އެހެން ވެއްޖެނަމަ އެ އިހުމާލު އެވެުނީ މަނިކުފާނަށް ވީމާ ދަވްލަތަށާ ރައްޔިތުންނަށް ލިބުނުގެއްލުމަުގެ ފައިސާ ދައްކަވަންޖެހޭނީ ގާނޫނުގައިވާގޮތުގެ މަތީން މަނިކުފާނު.
އަދިކިރިޔާ މިއެނގުނީ ފްލެޓޭ ކިޔާފަހުރީ 4 ފާރުކަން. ކުރިންކީ ނިންމާފަހުރި ފްލެޓްތައް ކީވެހޯނުދީގެން އުޅެނީ
ކޮވިޓ ވައްކަމުން ކެއި ލާރިކޮޅު އެޅީ ބުރައެއް ނުވާނެ.
ކަލޭމެން ދައުލަތުން ކިތަންމެވަރަކައް ވައްކަން ކުރިޔަސް ދައުލަތަކައް ބުރަޔެއްނުވޭތަ؟
25 އަހަރުތެރޭއެތައްރައްޔިތުންނައް ތިން ބިލިޔަންޚަރަދުކުރަންޖެހުމުން ސަރުކާރައް ބުރަޔަކައްވެއްޖެ. ދޮޅުއަހަރުތެރޭ ރަށްޓެހިންނައް ތިންބިލިޔަންހޭދަކުރަން ބުރަޔަކައްނުވި. އެއްމެނަކީ މޮޔައިން ކަމައްހީފުޅުވާނަމަ ވެރިކަމައްކުފޫހަމަނުވޭ.
ވެރިކަމުން ފައިބާގޮތައް ހަނި ގޮޅިއެއްގަ ތާށިކުރަންފެނޭ ރައްޔިތުންނައް މިހާ އަނިޔާދީފަ ސަލާމަތްވެގެންނުވާނެ!!
ސިޖުނޑީގަ ތެތް ކަމެއް ހުރިނަމަ ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކުރަން އެނގޭނެ އަދި އެލާރި ހޯދާނެ ގޮތްވެސް އިނގޭނެ..
މިހިރެ ކަނޑުކޮހެއް... 11=1+1 ދޯ ރައީސް.
އެއަރޕޯޓް ގެ މަތީ ލެވެލްގެ ހުރިހާ ވަޒީފާތައް އިންޑިޔާ މީހުންނަށް ދީފައި. ސްކޫލް ތަކުގެ ޢަރަބި މާއްދާ، ޤުރްއާން މާއްދާތައް އިސްލާމް މާއްދާ ކިޔަވާދެން އިންޑިޔާ ޓީޗަރުން ނަށް. ބުރަބޮޑެއް ނުވެއެއްނު. ލަދުފުޅު ކޮބާތޯ.
އިންޑިޔާ މީހުން ނަކީ އެމީހުން އެމްބަސީ ގެ ކުނިކަހާ މީހަކަށްވެސް އިންޑިޔާގެ މީހަކު ނޫނީ ނުބަގާބައެއް.
ދޮޅުރޯނާއެކޭ ނުބުނާނަން
ބަލަ މީނަ ދޯހަޅި ބޭފުޅާ ، އެތަން އަޅާފަހުންނަތާ ފަސްއަހަރުވަނީ ، މިހާދުވަސް ވީއިރު ނުވި ގެއްލުމެއް މިއަދު ވާނެތޯ ، އެތަން އެހުރީ މިހާދުވަސްވީއިރު ދައުލަތުަށް ލޯލާރިއެއްވެސް ލިބޭގޮތަށްބާ
އިއްޒަތްތެރި ރައީސް. ކޮބާތޯ ރައްޔިތުންނަށް އޯގާތެރިވާން ބުނި ސަރުކާރު... ކޮބާތޯ އަތްފޯރާ ފަށަކީ؟ ސަރުކާރުން ހެދޭ ގޯހެއްގެ ބަދަލު ރައްޔިތުން އަތުން ނަގަނީ ރައްޔިތުން ހޮވީ ސަރުކާރެއްވީމަތޯ؟ ހެޔޮނުވާނެ ކުލިކުދަކުރޭ...
ޢިސްތިއުފާ ދީފައި ކަލޭވެސް ދޭ 2023ގައި ކުލި ކުޑަ ކުރާނޫ ރައްޔިތުން. ގައުމު ދަމާލީ 3ފަހަރު.ބަޖެަޓް ކާލީ. .ލާރިޖަހާގެންވެސް ވައް ކަ ން. ކުރީ ހަމަ މިހާރު އިސްތިއުފާދީ .
ޑރ. އިބްރީ ސޯލިހަކީ ފާޅުގައި ދޮގު ހަދާ މީހެއް. އެއީ މުނާފިގުންގެ އުޅުން ހުރި މީހެއް. ނަޝީދު ގާތުގައި އުޅެއުޅެ ވާރުތަވެފައި ހުރި ކަމަކަށް ވެސް ވެދާނެ. ފްލެޓް ކަންތަކުގައި ފުރަތަމަ ވެސް އޮޅުވާލާ ދޮގު ހަދާ ކޮތަރު ކޮއްޓޭ ތަޅާލަންށޭ ޖެހޭނީ ބުނި..އިންސާނުންނަކަށް އެތާކު ނޫޅެވޭނެއޭ. ފްލެޓަށް ވަދެވުނީމަ އެންމެންނަށް ވެސް އެގިއްޖެ މާލޭގެ 85 ޕަސެންޓް އުޅެނީ މިވަރުގެ ސިޓިން ރޫމްއާއި ކޮޓަރި ތަކުގައިކަން. މައުމޫން އިރުން ފެށިގެން ދެމުން އަންނަ ފްލެޓް ތަކުގައި 1 ކޮޓަރި އިދެދާނެ ބޮޑު. ދެން ގާތްގަނޑަކަށް ހަމަ މިވަރުގެ ކޮޓަރި. އެންމެ ފަހުން އެމްޑީޕީ ސަރުކާރުގައި އެޅި ފްލެޓްތައް ވެސް ހަމަ މިވަރުގެ ކޮޓަރި. 2 ކޮޓަރިއަށް 1 ފާހާނާ. ޓާޓާ ފްލެޓްތަކަށް ވަންނަން ނިކަމެތި ފަގީރުންނަށް މަޖުބޫރުކުރި 2 މިލިއަަން ރުފިޔާ ދައްކަން ވެސް. އިންޑިޔާ ލައްވާ ފިއްތުވާގެން ރައްޔިތުންގެ ފްލެޓްތަކުން އެމީހުން ބިކަކޮށްލި ހަދާން ނުނެތީ. ރައްޔިތުން 2 މިލިއަން ދައްކާނެ ގޮތެއް ނޭގި ބޭންކްތަކަށް ދުވެދުވެ ވަރުބަލިވިއިރު ލޯން ލިބުނީ މަދު ބަޔަކަށް. ޔާމީން ކޮރަޕްޓް ގާޒީންނަށް އެފްލެޓްތައް ހިލާލަ ދިން ގޮތް ވެސް ހަދާނަކުން ނުފިލާނެ
މިހާރުވެސް އަދި ކުރިންވެސް ތިޔައީ ބުރަ ބޮޑު މަތިބަރު ސަރުކާރެއް އަދިވެސް މީހަކު ރައީސްކަން ކުރިއަސް ރައީސްކަން ކުރެވޭނޭ ހިތާ ދެންވެސް ބޭނި ނުގަންނާތި އިސްތިއުފާދީފަ ގޭގައިއޮވޭ ތިޔައުޅެނީ ބިރުން ވެއްޓިދާނެތީ......
ދެން ސަރުކާރު ތަކުން ވެއްޖެނޫންތޯ ތިޔަހާ ގެއްލުންބޮޑުކަމެއް ހުއްޓާލާފައި ރައްޔިތުމީހާޔައް ބިންކޮޅެއްދޭން ދޭންވީނޫންތޯ ރިސޯޓްތައް 90 އަހަރައް ބޭރުގެ ފަރާތް ތަކައް ދިނުމުގެ ބަދަލްގައި ސަރުކާރު ތަކުން ހިންގަންވީނޫންތޯ ސަރުކާރުން ވިޔަފާރިއެއް ނުކުރާނޭ ކިޔާފަ ބޯހިޔާވަހިކަމުގަ ތިޔަ ކުރައްވަނީ ވިޔަފާރިއެއްނޫންތޯ ވިޔަފާރިއަކައްވީމަނޫންތޯ ގެއްލުންވާނީ ވެދުން
ފުލެޓް ތައް އިބޫގެ ބަހުން ނަމަ ކޮތަރު ކޮށި، މިހާރު ތިހުރި ޙާލަތުގައި ހުންނަ ތާ މިވީ ގާތްގަނޑަކަށް 2 އަރުބައި، ފުލެޓް ލިބުނު ފަރާތްތަކަށް ޙަވާލު ނުކޮށް ފާއިތުވެ ދިޔަ ދުވަސްތަކުގައި އެ ފުލެޓް ތަކުން ކުލީގެ ގޮތުގައި ކޮތަރު ކޮށި ހެދި ޔާމީން ގެ ސަރުކާރުން ކަނޑައަޅާ ފައިވާ މަހުކުލި 5600 ރުފިޔާ ގެ ރޭޓުން ހިސާބު ހެދީމާ 6260 ފުލެޓް ނޫނީ ކޮތަރު ކޮށި ތަކުން މަހަކު 35،056،000 ތިރީސް ފަސްމިލިއަން ރުފިޔާ އަށް ވުރެ ގިނަ ފައިސާ ސަރުކާރަށް ލިބޭނެއެވެ.އަހަރު ދުވަހަށް ބެލީމާ ގާތްގަނޑަކަށް 420،672،000 ހަތަރުސަތޭކަ ވިހިލިލިއަނަށް ވުރެ ގިނަ ރުފިޔާ ސަރުކާރަށް ލިބޭނެއެވެ. ދެ އަހަރަށް ބެލީމާ ގާތްގަނޑަކަށް 841،344،000 އަށްސަތޭކަ ސާޅީސް މިލިއަން ރުފިޔާ އަށް ވުރެ ބޮޑު އާމްދަނީ އެއް ލިބޭނެއެވެ، މީގެ އިތުރުން ކޮތަރު ކޮށި ތަކުން ވިޔަފާރި ތަކަށް ބަދަލު ކުރި ތަންތަނުގެ ކުލިތައް ކޮބާތޯ، ވީމާ ކޮތަރު ކޮށި ތައް ލިބުނު ފަރާތްތަކަށް އެތަން ތަން ޙަވާލު ނުކޮށް ފާއިތުވެގެން ދިޔަ ދެ އަހަރު އެތަން ތަނުން ކުލީގެ ގޮތުގައި ސަރުކާރަށް ލިބެންޖެހޭ އާމްދަނީ ނުލިބި ދިޔައީ އިބޫގެ ފަރުވާ ކުޑަ ކަމާއި ރައްޔިތުންގެ މަސްލަހަތު އިސްކުރުމުގެ ބަދަލުގައި އަމިއްލަ މަސްލަހަތު އިސްކުރުމުން ކަން މި މައްސަލަ ފައިސަލާ ކުރި ޖަމާޢަތަށް އޮޅުމެއްނެތް ވަރަށް އެނގޭތީ މި ކަމުގެ ފުރިހަމަޒިންމާ މި ސަރުކާރުގެ އިސްވެރިންނަގަންޖެހޭނެ ކަން އަންގާ ރައްޔިތުން ގެ ސަމާލުކަމަށް މި މައްސަލަ އިސްތިއުނާފް ކުރަމެވެ.
ދައުލަތައް ބުރަބޮޑު ވެގެން އުޅެނިީ ތިގަމާރާހުރެ
ދެން މނޖ ނުކިޔެ އިސްތިއުފާދީ އެއިރުން ދެންއަންނަސަރުކާރަކުން އަގުހެޔޮކޮއްފަ ރައިޔެތުމީހާ އޮބިއޮންނަވަރުކޮއޮދޭނެ.
ހެސްކިޔާފަ ސިޔާސީ މަގާމް އުފެއްދީމަ ބާރުބޮޑެއްނުވޭތޯ...ޞިއްހީމަރުކަޒުތަކުގަ ތިބި ސިޔާސީ މީހުން ވަކިކޮށްބަލަ
ޙަމައެކަނި ހިޔާ ފުލެޓަކާ އަޅައިގަނެގެން ނުނެއްޓިގެން އުޅޭބައެއް ސަރުކާރު ހިންގަންވެސް ބޭނުން މިވަނީ ހިޔާފުލެޓުން ލިބޭ އެއްޗަކުންހެން ހީވާކަހަލަ
ކަލޭ ވެރިކަމުގައި ހުންނާތީ ރައްޔިތުންނައް ވަރައްބޮޑު ބުރަޔަޔައް ވަނީ ވެފަ!!!
މަހީކުރީ ރައިސް ސޯލިހުއަކީ ގޯގާތެރި ވެރިޔެއްކަމަށް އެކަމު މިހާރު އެގިއްޖެ، އެތައް ރައްޔިތުންގެ އިހްސާސް ތަކާމެދު ނުވިސްނާ ކަން. 2 މީހަކަށް ރައްކާތެރިކަން ހޯދުމަށް ރައްޔިތުންގެ ފައިސާއިން ހަރަދު ކުރަމަށް މަޖިލީހުންވެސް ތެޅިފޮޅެނީ އެކަމު ނިކަމެތި 7000 އަށް ވުރެއްގިނަ ރައްޔިތުންގެ އާދޭސް އަޑެއްނީވު ުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުު އަޑުއަހާނެ އެކަކުވެސްނެތް .😭