އަންހެނުން ޚިތާނު ކުރުމަށް ބާރުއަޅާ ބައެއް ދީނީ އިލްމުވެރިން ވާހަކަ ދައްކަވަމުން ގެންދަވާ މައްސަލައިގައި އިސްލާމިކް މިނިސްޓްރީއާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ހާޒިރުކޮށް ސުވާލު ކުރަން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން ނިންމައިފިއެވެ.

އަންހެނުން ޚިތާނު ކުރުމަކީ އިސްލާމް ދީނުގައި ހުއްދަ ކަމެއްގެ ގޮތުގައި ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ސިފަ ކުރައްވަމުން ގެންދަވާތީ، މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ވަނީ މައްސަލައެއް ހުށަހަޅުއްވައިފައެވެ.

މި މައްސަލަ އެޖެންޑާކޮށް ބޭއްވި ޖުޑިޝަރީ ކޮމިޓީ ބައްދަލުވުމުގައި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހުށަހެޅުއްވީ މި މައްސަލައަށް ގާނޫނީ ގޮތުން ދާއިމީ ހައްލެއް ގެނައުމަށެވެ. އެ ކަން ކުރަން ގާނޫނުތައް އިސްލާހު ކުރަން ރޮޒައިނާ ހުށަހެޅުއްވިއެވެ.

މި ކަން ކުރުމަށްޓަކައި ގެންނާނެ އިސްލާހުތަކާއި ގެނެވިދާނެ ގާނޫނީ ހައްލުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރަން އިސްލާމިކް މިނިސްޓްރީއާއި، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އާއި، ފަތުވާ މަޖިލީހާއި، ފިގުހު އެކަޑަމީއާއި، ހެލްތު މިނިސްޓްރީ ހާޒިރު ކުރަން ކޮމިޓީން ނިންމިއެވެ.

ކޮމިޓީގެ މެންބަރުންގެ އިއްތިފާގުން އެ ގޮތަށް ނިންމިއިރު، އިދާރާތައް ހާޒިރު ކުރާނެ ދުވަހެއް މިއަދު ނުނިންމައެވެ. މަޖިލީހުގެ ގަވާއިދު އޮންނަ ގޮތުން، ކޮމިޓީއަށް ހާޒިރު ކުރުމަށް ފަސް ދުވަހުގެ ނޯޓިސްއެއް ދޭން ޖެހެއެވެ.

އިޔާޒް ދެއްކެވި ވާހަކަތަކުގެ މައްސަލަ އިސްލާމިކް މިނިސްޓްރީއާއި އޭނާ ލެކްޗަރާއެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ގައުމީ ޔުނިވާސިޓީން ބަލަމުންދޭތޯ ބަލަން ވެސް ކޮމިޓީން ނިންމިއެވެ. މި ދެ އިދާރާއިން ވެސް ވަނީ އެ މައްސަލަ ބަލާ ކަން ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. Anonymous

    މިއޮތީ ވާ އެއްޗެއް މި މީމީހުނަށް ދަސްވެފަ، ގައުމުގެ ހުރިހާމުވައްސަސާއަކުންވެސް ހަމަ އެއްބެރެއް ޖަހާއަޑު މިއިވެނީ، ކޮންބައެއްތަ އަންހެންކުދިން ޚިތާނުކުރަން އުޅެނީ އަދި އެކަމަށް ބާރުއަޅަނީވެސް، ތީ ތިމީހުން ސްޓެންޓް ޖައްސަނީ ލާދީނީ ބިލް ފާސްކުރަން ރައްޔިތުންގެ ދެކޮޅުހަދާތީ ރައްޔިތުންގެ ވިސްނުން ވަކިދިމާލަށް ފޯކަސްކުރުވަން، ދީނީ އިލްމުވެރިއަކު ފަތަވާއެއްނެރިއަސް އަހަރުމެންގެ އަންހެންދަރިން އަހަރުމެން ޚިތާނު ނުކުރީމަ ނިމުނީނުން؟، އަހަރުމެން ބުރުގާ އަޅަންވެސް ބޭނުން ނޫންވީމަ މިތިބީ ބުރުގާވެސް ނައަޅައެއްނޫންތަ ؟؟؟

    5
    2
  2. ޢަޒު

    ޔާ ﷲ ކަލޭމެން ތިޔަހަދާ ވަލަޢީ ގާނޫނުތަކާ ކަލޭމެން ކުރިމަތިލާން ޖެހޭނެކަން ހަނދާން ކޮށް އަވަހަށް ތައުބ ވޭ

    5
    1
  3. އަބުޅޯ

    ކިހާ ބޮޑު ކަމެއް ޖެހިފަ މި އޮތީ! ތިޔަކީ މިހާރު ރާއްޖޭގައި ކޮށް އުޅޭ ކަމެއް ވެސް ނޫނޭ. ކީއްވެބާ އުތެމާ އާ އެމްޑީއެން އިން މިކަމަކައިގެން މިހާވަރުން މި އުޅެނީ. މިމީހުން ބޭނުންވަނީ އަންހެނުންނަށް އަނިޔާ ކުރަންބާ؟

  4. ޖާބެ

    މިޤަޢުމަކު އަންހެނަކު ހިތާނަކުރިކަމުގެ ޝަކުވާއެއްނެތް.. ކުރިކަމެއް ނޭންގޭ.. ދެބޯގެރި ދުވަނީ މި ރައްޔިތުންގެ ސަމާލުކަން ބަދަލުކުރަން..

  5. ޤާދިރު

    މަގޭ ޢުމުރުން 45 އަހަރު ތިޔަވާހަކަ އަޑުއިވެނީ އަދި އިސް ތިހާރު ކުރަނީ ވެސް ދަންނަ ނުދަންނަ ކޮމޮޝަނުން އެކަނި
    ކޮންމެސް އެނގޭ ކުއްޖަކު ކިޔާ ދީބަލަ އެ ކިހިނެއް ކުރާކަމެއް ކަން

  6. ކަލޯ

    ސެކިއުލާ ބިލް ބޭނުން ވީގޮތަށް ކުރިއަށް ނުދިޔުމު ްްއޭގެ ބަދަލު ޢިލްމުވެރިންނަށް ބަދަލުހިފަން ވެގެން ކިޔީއެއްޗެއް