މުރުތައްދުވެއްޖެނަމަ ކާފަރަށް ގޮވޭ ގޮތަށް ނަފުރަތުގެ އަމަލުތައް އިތުރަށް ބަޔާން ކުރަން ހުށަހަޅާފައިވާ ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލް ބަދަލު ކުރަން ހުށަހަޅައިފިއެވެ.

އެ ބިލު ދިރާސާ ކުރަމުންދާ ޖުޑީޝަރީ ކޮމިޓީން ބޭއްވި މިއަދު ހަވީރު ބޭއްވި ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ (އިންތި) ވަނީ ޑްރާފްޓެއް ހުށަހަޅުއްވައިފައެވެ.

މި ޑްރާފްޓްއަކީ އާންމުންގެ ފަރާތުން ލިބުނު ޚިޔާލުތަކާއި އިސްލާމިކް މިނިސްޓްރީއާއި، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އާއި، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ފޮނުވި ޚިޔާލުތަކަށް ރިއާޔަތްކޮށް އިންތި ތައްޔާރު ކުރި ބިލުގެ އިސްލާހުތައް ގެނެސްފައިވާ ޑްރާފްޓްއެކެވެ.

ގާނޫނީ ވަކީލު ކަން ވެސް ކުރައްވާ އިންތި ވަރަށް ގިނައިން ޖުޑިޝަރީ ކޮމިޓީގެ ބިލުތައް އެ ގޮތަށް ދިރާސާ ކުރެއެވެ. އެއީ ބިލު ދިރާސާ ކުރުން ފަސޭހައަކަށް ޓަކައެވެ. އެއަށް ފަހު މެންބަރުންގެ ޚިޔާލުތަކަށް ރިއާޔަތްކޮށް ފާސްކުރާ ގޮތެއްގެ މަތިން ބިލު އިސްލާހުކޮށް ރިޕޯޓް ތައްޔާރު ކުރެއެވެ.

ކޮމިޓީ ބައްދަލުވުމުގައި އިންތި ވިދާޅުވި ގޮތުގައި ބިލަށް ގެންނަން އޭނާ ޑްރާފްޓްގައި ހިމެނި އެއް އިސްލާހަކީ ބިލުގެ ފުރަތަމަ މާއްދާއަށް އަކުރެއް އިތުރު ކުރުމަށެވެ. މި މާއްދާއަކީ އިލްމުވެރިންނާއި އާންމުންގެ ކަންބޮޑުވުން އެންމެ ބޮޑަށް އަމާޒުވި މާއްދާއެވެ.

އެއީ އިސްލާމް ދީނާ ޚިލާފަށް މީހަކު އުޅޭ ކަމުގެ ތުހުމަތު ކުރުމަކީ ވެސް ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅަން އެ މާއްދާގައި އޮންނާތީއެވެ. އިންތި ހުށަހެޅުއްވި އަކުރުގައި ވަނީ ކަނޑައެޅިގެން މީހަކު މުރައްދުވާ ހާލަތެއްގައި އެ ތުހުމަތު އަމާޒު ކުރުމުގެ ހުއްދަ ދެވޭ ގޮތަށެވެ.

"މި ހާލަތު އިސްތިސްނާވާ ގޮތަށް އަޅުގަނޑު ހުށަހަޅާފައި މި އޮތީ،" އިންތި ވިދާޅުވިއެވެ.

އާގީދާއާ ގުޅިގެން މީހަކާ މެދު ނަފުރަތު އުފައްދަން އޮތް މާއްދާ އުނިކުރަން ވެސް ހުށަހެޅުއްވިއެވެ. އޭގެ ބަދަލުގައި އިސްލާމް ދީނުގައި ހިމެނޭ ކަންކަމުގައި އިލްމުވެރިންގެ މެދުގައި ޚިލާފް އުފެދޭ ކަންކަމުގައި މީހަކަށް ކަފާރުވުމުގެ ތުހުމަތުކޮށް ނަފުރަތު އުފެއްދުން ކުށަކަށް ހަދަން ހުށަހެޅުއްވިއެވެ.

އެކަމުގައި ބައެއް މެންބަރުންގެ މެދުގައި ކުޑަ ޚިޔާލު ތަފާތުވުންތަކެއް އައެވެ. މި ގޮތުން ބައެއް މެންބަރުން ވަނީ އިސްލާމީ ޝަހްސިއްޔަތާ މެދު ސުވާލު އުފެއްދުމުގެ އިތުރުން އޭނާއަށް ގޯނާއެއް ނޫނީ އަނިޔާއެއް ދިނުމަށް ވެސް ހިމަނައިގެން އެ ކުށް ބަޔާން ކުރުމަށެވެ.

ނޫނީ އަދިވެސް އިސްލާމް ދީނުގެ ނަސޭހަތް ދިނުމާއި ޚިޔާލު ފާޅު ކުރުމުގެ ހައްގަށް އުނިކަން އައިސް ދާނެ ކަމުގައި ބައެއް މެންބަރުން ޤަބޫލު ކުރައްވައެވެ. މިކަމާ ގުޅޭ ގޮތުން މެންބަރުންގެ މެދުގައި މަޝްވަރާ ކޮށްފައިވެއެވެ.

ކޮމިޓީގެ މުގައްރިރު މިއަދުގެ ބައްދަލުވުން ނިންމާލަމުން ވިދާޅުވީ މެންބަރުންނަށް އެއްބަސްނުވެވޭ ބައެއް ކަންކަމާއި، ބައެއް ލަފްޒުތައް މާނަ ކުރުމުގެ ބައާއި، އެ ކުށްތަކުގެ އަދަބުގެ ބަޔާއި ގުޅޭ ގޮތުން މަޝްވަރާ ކުރުން އެހެން ދުވަހަކަށް ތާވަލު ކުރައްވާނީ ކަމަށެވެ.

މީގެ އިތުރުން ބިލާ ގުޅިގެން އިތުރު ކަންކަން މެންބަރުން ހުށަހަޅުއްވަން ބޭނުންވާނަމަ އެ ކަމެއް ހުށަހެޅުއްވުން ވެސް އެހެން ދުވަހަކު ކުރިއަށް ގެންދަވާނެ ކަމަށް އިންތި ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. އަޅު

    ﷲ އަާ އެކަލާންގެ ފޮނުއްވި ރަސޫލާ އައް ފާޅުގަ ފުރައްސާރަ ކުރީމަ އެވީމުރުތައްދު. އެއްވުރެ ބޮޑައް މުރުތައްދެއްނުވާނެ.

    48
    1
    • މިބުނީ ނުވާނެ.

      އެމްޑީއެން އިން ނެރުނު ރިޕޯޓު ލިޔުނު މީހުންގެ މައްޗަށް ޝަރީއަތްކޮށް ހުކުމް ތަންފީޒު ނުކުރަނީސް ތިޔަ ބިލެއް ފާސްވިޔަދީގެން ނުވާނެ.

  2. އަދިފުރިހަމަ ނުވެ

    އަދި ކޮބާ ލާދީނީ ވާހަކަ.

    35
    1
  3. ގަޅިސަރުކާރު

    މުރުތައްދު ވީމަ އެނގެނީ އިންތިޔާޒައްތަ؟ ކާކުބާ އެޔެއް ބަލަނީ؟

    34
    1
  4. Anonymous

    މުރުތައްދު ވީމަ ހަދަން ޖެހޭ ގޮތް ވަނީ އިސްލާމް ދީނުވައި ބަޔާން ކުރައްވާފައި. ޚޮންމެހެން ޤާނޫ ނޭ ކިޔައިގެން ވާހްކަ ދައްކާނެ ކަމެއް ނެތް ލަދު ކުޑަ

    47
  5. ކިލި

    މިބިލްގެބޭނުމަކީ ދުލާއިގަލަމްގެ މިނިވަން ހިފެހެއްޓުން

    18
    1
  6. ޙހހހ

    އެއްވެސް މީހަކަށް ދިމާލަށް ކާފަރެކޭ ނުކިޔޭނެ ، އެކަމަކު އަނެއްކާ މުރުތައްދުވުމުގެ މާނަ ނަގަނީ ކިހިނެއްބާ

    11
    4
  7. Anonymous

    މިފަދަ ބޮޑު މުޞީބާތެއް އިސްލާމީ އުއްމަތަށް ޖެހުނު ކަމެއް ނޭގެ. މާތްﷲ އިރާދަ ކުރައްވައިފިނަމަ މިބިލް ފާސް ކުރާނެ ދުވަހަ ކީ މިމީހުން އުފާ ކުރާނެ އެންމެ ފަހުދުވަސް ކަމުގައިވެސް ވެދާނެ.

    27
    1
  8. އަބްދޫ

    މުސްލިމެއްގެ ނަމުގަ ހުންނަ މީހާ މުރުތައްދު ވާގޮތްވެސް ގާނޫނުގަ އޮންނަންވާނެ.

    17
  9. ވިސްނާލުމަށް އެދެމޭ

    މުރުތައްދު ވެއްޖެ ކަމަށް ކަޑައަޅަނީ ކޮންތާ ކުން..ހިސާނުހުސައިންތަ...ނޫނީ މަޖުލިސް ރައީސްތަ..ލާދީނިއްޔަތުފަތުރަން މަގުފަހިވީ..އިންޑިއާ އައުޓް...ތިބިލު ފާސް ކުރަން ވޯޓުދޭ މެމްބަރުންގެ ދާއިރާގެ ރައްޔިތުން މެމްބަރުން ވަ ކި ކުރަން ކޯޓަށް ދާންޖެވާނެ....އިސްލާމްދީނަށް ގެއްލުންވާގޮތަށް ހަދާ ގާނޫނެ ބާތިލްވާންޖެހޭނެ...ދެންވެސް ހިސާނުބިލޭ ކިޔާ ހިސާނުދޯ ބިލު ތަސްދީގު ކުރާނީ...އިބޫ ޒިންމާނުވާގޮތަށް..

    15
    1
    • ރާކަނި ސައްތާރު

      ޢެ ކަން ކުރާނީ ތިމަންނަ މެން ނީ ﷲ ގެ ދެވަނަ ދަރިން ނޭ ގޮވިމީހާ

      2
      3
      • ސާފުވެއްޖެ

        ސ: އެހެން ގޮވީ ކާކު؟
        ޖ: އަންނި.
        ސ: ކޮންތާކު؟
        ޖ: ޑެންމާކުގައި.

  10. Anonymous

    މުރުތައްދުވާނީ ޝަރީއަތުން އެ ކަން ސާބިތުވީމަ. ހަމަ ހުރެފަ ކާފަރަށް ގޮވަންޔާ ލާންވީ ޖަލަށް

    2
    3
  11. Anonymous

    ތިޔަބިލު ވަގުތުން ގަގުތައް ބޭރުކޮއްބަލަ އިންތި ދެފަޔަ ހިނިއަރައިން ތިޔައުޅެނީ ކީއްވެގެން ލާދީނީ ނަސީދު ހިމާޔަތް ކުރަންތަ؟ ނުވާނެ ތިކަމެއް. އެހެން މަވެސްގޮވާނަން.

    7
    1
  12. ލލ

    ތިޔަ އެއްޗެއް ދިރާސާ ކުރަން ބޮޑު ގޮޑީގައި އެހުންނަ އިންތިޔަކީ މީގެ ކުރިން މީހުނަށް ތިޔަ ހުރިހާ އެއްޗެއް މީޑިޔާތަކުގައި ގޮވި މީހާ !

  13. ފަހުމީ

    މިގައުމުގައި މިތިބޭ އިލްމުވެރިންނަށް އެނގެނީ ޝަހުވަތު ނުވަތަ ޖިންސީ ކަންކަމާއި ގުޅުން ހުންނަ މައުޞޫއަށް ވާހަކަ ދައްކަން އެކަނިތަ؟

    • ޢަހުމަދުވަގާރު

      ޢާނދޯ

  14. ކޭ

    ކާފަރަށް ގޮވުމަކުން ކޮންކަމެއްތަ ވާނީ އޭނަ އިސްލާމްދީނަށް އަލުން އަންނާނެތަ އޭނަ ދީން ދޫކޮށް ލައިފިއްޔާ ކަލޭމެނަށް ސުވަރުގެ ނުދެވޭނީތަ ބޭކާރު ކަންކަމާ ނޫޅި އަމިއްލަ ދިރިއުޅުމައިގެން ކުރިއަށް ދޭބަލަ.