ހއ.ދިއްދޫން މިއަދު ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު 22 އަށް އަރައިފިއެވެ.

މިއީ މިއަދު ހަވީރު 16:40 އާއި ހަމައަށް ލިބުނު ނަތީޖާތަކުން ކޮވިޑަށް ފައްސިވި މީހުން ކަމަށް މައުލޫމާތު ލިބެއެވެ. ފައްސިވި 22 މީހުންގެ ތެރެއިން ދިހަ މީހުންނަކީ ކޮވިޑްގެ އަލާމާތްތައް ހުރެގެން ފްލޫ ކްލިނިކަށް ދެއްކި މީހުންނެވެ. 11 މީހުންނަކީ ފައްސިވި މީހުންނާއި ގާތުން އެއްތާވި މީހުންނެވެ. އަދި އެކަކީ ވަކިތަރުތީބެއް ނެތި ނެގި ސުންކުތަކުން ކޮވިޑަށް ފައްސިވި މީހެކެވެ.

މިމަހުގެ 25 ވަނަ ދުވަހު ދިއްދޫން ކޮވިޑަށް މީހަކު ފައްސިވި ފަހުން އެރަށުން ފައްސިވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 45 އަށް އަރާފައެވެ.