ދީނީ ބައެއް އިލްމުވެރިން ގޭންގް ހަދައިގެން އުޅުއްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުލް ޝަހީމް އަބްދުލް ހަކީމް ތުހުމަތު ކުރައްވައިފިއެވެ.
ނަފުރަތުގެ އަމަލުތައް ތަފްސީލްކޮށް ބަޔާން ކުރަން ކަމަށް ބުނެ ހުށަހަޅާފައިވާ ގާނޫނުލް އުގޫބާތަށް އިސްލާހު ގެންނަ ބިލް ދިރާސާ ކުރަން ޖުޑިޝަރީ ކޮމިޓީން ރޭ ބޭއްވި ބައްދަލުވުމުގައި ބައެއް މެންބަރުން ވަނީ ދީނީ އިލްމުވެރިން ހާޒިރުކޮށް ޚިޔާލު ހޯދުމަށް ހުށަހަޅުއްވައިފައެވެ.
ކޮމިޓީގައި، ކ. ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ ވިދާޅުވީ ބިލްގެ ބޮޑު ބައެއް ހިމެނެނީ އިސްލާމް ދީނާ ގުޅުން ހުރި ކަންކަމަށް ވާތީ، ދީނީ އިލްމުވެރިންނާއެކު ބިލު އިސްލާހު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަކީ މުހިއްމު ކަމެއް ކަމަށެވެ.
"ހީނގާށޭ، ބައެއް ދީނީ އިލްމުވެރިން ވެސް ކޮމިޓީއަށް ގެނެސްގެން، ވާހަކަ ދައްކައިގެން، ޚިޔާލު ހޯދައިގެން، ބިލު އިސްލާހުތައް ގެންނަން،" ރިޒާ ވިދާޅުވިއެވެ.
ޝަހީމަށް ދެއްވި ފުރުސަތުގައި އޭނާ ވިދާޅުވީ ދީނީ އިލްމުވެރިން ކޮމިޓީއަށް ގެންނަ ވާހަކަ ދައްކާތީ ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އަދި އެ ކަމުގެ ސަބަބުން ފިތުނައެއް އުފެދިދާނެ ކަމުގައި ޤަބޫލު ކުރެވޭ ކަމަށް ޝަހީމް ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް ގެނެވޭ ބައެއްގެ ސަބަބުން އެ ވެދާނެ ބޮޑު ފިތުނައަކަށް. އެއީ އަޅުގަނޑުމެންނަށް މިހާރު ވެސް ވަރަށް ބޮޑަށް އެނގޭ ގޭންގް ހަދައިގެން ދީނީ އިލްމުވެރިންގެ ގޮތުގައި ބަޔަކު މި ރާއްޖޭގައި އެބަ އުޅޭ،" ޝަހީމް ވިދާޅުވިއެވެ.
މީގެ ކުރިން ވެސް ރާއްޖޭގައި އުޅޭ ބައެއް ދީނީ އިލްމުވެރިންނަށް އެކި ތުހުމަތުތައްކޮށް އެމްޑީޕީގެ އިސް ބޭފުޅުން އެކި ވާހަކަ ދައްކަވާފައިވެއެވެ.
ސަރުކާރުގެ ފަރާތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހަޅުއްވާފައިވާ އެ ބިލަށް ޚިޔާލު ހޯދަން ދީނީ އިލްމުވެރިން ގެނައުމަށް އެހެން ބައެއް މެންބަރުން ތާއީދު ކުރައްވައި ރޭ ވާހަކަ ދެއްކެވިއެވެ.
އެ ކަމަކަށް ރޭގެ ބައްދަލުވުމުގައި ވޯޓަކަށް ނާހައެވެ. ކޮމިޓީގެ މުގައްރިރު އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ (އިންތި) ވިދާޅުވީ ދެން އޮތް ބައްދަލުވުމެއްގައި މެންބަރުންގެ އިތުރު ހުށަހެޅުންތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ.
އާންމުންގެ ފަރާތުން ލިބުނު ޚިޔާލުތަކާއި އިސްލާމިކް މިނިސްޓްރީއާއި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އާއި، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ދިން ލަފައަށް ރިއާޔަތްކޮށް އިންތި ވަނީ ބިލަށް ގެނެވިދާނެ އިސްލާހުތަކުގެ ޑްރާފްޓްއެއް ހުށަހަޅުއްވައިފައެވެ.
ރޭ ބޭއްވި ކޮމިޓީ ބައްދަލުވުމުގައި މަޝްވަރާ ކުރެއްވީ ޑްރާފްޓްގައި ހިމެނޭ ކަންކަމަށެވެ. މި ގޮތުން ފާޅުގައި މުރުއްދަތުވާ މީހަކާ ދިމާއަށް ކަފާރަށް ގޮވުމުގެ ހުއްދަ ލިބޭ ގޮތަށް ބިލަށް ވަނީ އިސްލާހެއް ހިމަނައިފައެވެ.
އެންމެ ފުރަތަމަ ބިލު ހުށަހެޅިއިރު އޭގައިވާ ބަސްމަގާ މެދު މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ މެންބަރުން ވެސް ކަންބޮޑުވުން ފާޅުކުރެއްވިއެވެ. ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީ ވެސް ވަނީ ބިލާ ދެކޮޅު ކަން ހާމަކޮށްފައެވެ.
ބިލުގައި އިސްލާމް ދީނާ ޚިލާފަށް އުޅޭ ކަމަށް މީހަކުގެ މައްޗަށް ތުހުމަތު ކުރުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅާ ގޮތަށް އޮތުމުން، އެއީ "ލާދީނިއްޔަތު" ފަތުރަން ހުށަހެޅި ބިލެއްގެ ގޮތުގައި ދެކި އާންމުންގެ ގިނަ ފާޑުކިއުމެއް ވެސް ބިލަށް އަމާޒުވެގެން ދިޔައެވެ.
ދީނީ އިލްމުވެރިންގެ އަގުވައްޓަލަން ވާހަކަދައްކާނީ ޔަހޫދީ ޖާހިލުން ، އެއީ އިބްލީސް ގެ އައުވާނުން
ދުނިޔެއަށް ބޯލަނބައިގެން އުޅޭ މީސްތަކުން ގައިމޭ ނުވާނޭ ލަފާ.
އެމްޑީޕީ ސަރުކާރުން ކޮވިޑް ކޮންޓްރޯލް ނުކޮށް، އެމީހުންގެ އިހުމާލުގެ ސަބަބުން، އެތައް ބައެއްގެ ފުރާނަ ދުނިޔެ ދޫކޮށް ދިޔުމުން ރައްޔިތުންނަށް އޮޅަވާލަން ދީންވެރިންނާއި އިސްލާމީ ކަންތައްތައް ނަގާފައި ކަންތައް އޮޅުވާލަނީ. ތި މީހުންގެ އަސްލު އިނގޭ ހުރިހައި ރައްޔިތުންނަށް ވެސް.
މޮޅު ގޮލައެއް. ކޮވިޑް އޭކިޔައިގެންވެސް އަނގަ އެރުވިން ދޯ.
ކކޚަބަރުދާރު! ދީނީ ޢިލްމުވެރިންނޭ ކިޔައިގެން ކަލޭ ހިތުހުރި އެއްޗެއް ނު ކިޔޭނެ އިނގޭ! ކަލެއަށް މެމްބަރު ކަން ލިބުނީމަ ލިބޭ ލާރިގަނޑު ފެނިފަ މޮޔަވެފަ ތިހިރީ!
ކީއްވެތަ ދީނީ އިލްމު ވެރިންނާ ގެޅިގަންނަނީ؟ ކަލޭމެން އުޅެބަލަ އުތެމަ މީހުނާ ގެޅެން..
ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުލް ޝަހީމް އަބްދުލް ހަކީމަކީ ލާދީނީ ފިކުރުގެ ބޮޑެއް
ކަލެއަށް އޮޅިގެންތިއުޅެނީ. ގޭންގ ހަދައިގެން ގައުމު ލާދީނީ ކުރަން އުޅެނީ ތިޔަފަދަ ތައުލީމެއްނެތް ޖާހިލުން ތިޔަ މަޖިލީހަށްް ހޮވުނީމާ
މާތްކަލާނގެ އަނގައެއް ދެއްވީތީ ކޮންމެފަދަ ވާހަކައެއްވެސް ދެއްކިދާނެ. އަދި މަޖިލިސްގައި ދައްކާ ބޭއަދަބީ ވާހަކަތަކަށް މިދުނިޔޭގައި ފިޔަވަޅެއް ނޭޅިޔަސް، ޤިޔާމަތް ދުވަހުން އެވާހަކަތައްވެސް ހިސާބުކުރެވި ޖަޒާދެވިގެންދާނެއެވެ. މަޖިލީހަށް އިންތިޚާބުވާ ހިސާބުން މިމީހުންނަށް ހީވަނީ މިމީހުން މަލާއިކަތުންގެ ދަރަޖައަށް ދަނީހެން. މަޖިލީހުގައި ދައްކާ ވާހަކަތަކަށް ފިޔަވަޅުއެޅިގެން މެނުވީ ގައުމު ހަމަޔަކަށް ނޭޅޭނެ.
މި ގައުމުގައި ގޭންހަދައިގެން އުޅެނީ އިލްމުވެރިންނެއްނޫން މި ގައުމުގައި ގޭންހަދައިގެން އުޅެނީ ސިޔާސީމީހުންނާއި ސިޔާސީ މީހުންގެ ބުލެސިންގަ އުލޭ މީހުން މީ އެއްމެންވެސްދަންނަ ބޮޑުސިއްރެއް ، ނަފުރަތު އުފައްދަނީ ވެސް ސިޔާސީމީހުން ހާއްސަކޮށް ރައްޔިތުންގެ ނަމުގައި މަޖިލިސްކުރާ މީހުން ރައްޔިތުންގެ ފައިސާއިން ހިތުހުރި ވަރަކަށް ފައިސާ ނަގައިގެން އިއްޒެތެރި ކަން ހޯދައިގެން ތިބި ތިކަހަލަ ގަމާރުން
ފަތް ބޮމުން އަދި ފަތް ވިއްކަމުން ދުވާ މަޖިލިސް މެންބަރުންވެސް އުޅޭ.
ކަލޭގެ ޕާޓީގެ ދީނީ ޢިލްމުވެރިންދޯ
ޝަހިންދާ، ބުއްޅަބޭ، އާނިޔާ......... މި ދީނީ ޢިލްމުވެރިން ހަމަ ގައިމުވެސް އުޅެނީ ގޭންގު ހަދައިގެން
ޝަހީމު. ދީނީ އިލްމުވެރިންގެ އަގު ވައްޓާލަން ކަލޭ ކަނޑައެޅިގެން ތިހެދީ ބުހުތާނު ބޮޑުދޮގެއް. ދީނީ އިލްމުވެރިންގެ ހުރި އިލްމުގެ ކަންފުޅެއްވެސް ލިބިފަހުރި މީހެއްނޫން ކަލެއަކީ. ލާދީނީވިޔަސް ތިދެން ލައްކަ ބޮޑުވަރު.
ކަނޑިތީމު ދާއިރާގެ މެންބަރައް ވެފައެހުރީ ގުއިނުދެކޭ ކާޅައް ވެފަހުރިގޮތޭ. އޭނައަކީ ތިޔަބިލު ކޮއްމެގޮތަކުންވެސް ފާސްކުރަން ބާރުއަޅާނެމީހެއް. އޭނައަކީ އެވައްތަރު މީހެއް.
މީ ދެން މުސީބަތަކަށް ވެއްޖެ ، އިސްލާމްދީނަށް ބަދުބަސް ރައްދުވާ ގޮތަށް ވާހަކަ ނުދެއްކުމަށް ލޮބުވެތި ދިވެހި ރައްޔިތުންގެ ކިބައިން އެދެން. ނޭނގި ނުވަތަ އެނގިގެން ނަމަވެސް ތިކުރެވެނީ ތި ހީކުރާ ވަރަށް ވުރެ ބޮޑު ކަމެއް. މަރު ނުވެ ތާ އަބަދު މި ބިންމަތީގަނުހުރެވޭނެ. އެދުވަހަކުން ތި ބޮޑެތިފާފަތަކުގެ ބުރަ އުފުލަންޖެހޭނެ.
މިހިރީ ނަފްރަތު އުފެއްދުމުގެ ލާމަޒީލު މިސާލެއް!
އެންމެބޮޑު ގޭންގެއް ހަދައިގެނަ އުޅެނީ ނަސީދު ސަރިކާރު މުދަލުގަ ހުޅުޖަހާއަންދާ އަޅިޔައްހެދި މީހުނާދިމާލައް ނުގޮވާކަ ހަޑިހުތުރުއެއްޗެއްނެއް ޕޮލިހުންނާތަޅަން ބަޔަކުހޯދާ އެކަމައްހިއްވަރުދީ ޕޮލިހުންނައް ހަމަލާދިން
ބޮލުރޮދި ކެނޑިފަ ހުރި އުޑެއް ބުޑެއް ނުދަންނަ ލާދީނީ ލުއްޗާއެއް ހުވާ..!
ގޭނގް ހަދައިގެން ބައެއް މަޖލިސް މެމްބެރުންވެސް އުޅޭ ކަމަށް ވަނީ
ލާދީނީ ގޭންގު ވެސް އުޅޭ! ކަލެއައް އެވަހަކަ ބުނެވޭނެބާ!؟
ހަމަ ދެބޯގެރި ދުއްވަނީ. ބިލުން ފޯކަސް ގެއްލުވާލަން. ބިލު ބޭރުކުރުން ނޫން ރަނގަޅުގޮތެއް ނެތް
ދޮންހަސަނު މެންނަށް ހީވާނެ ފުޅައްބުޑުން ދަންޏާ ކެޔޮގަނޑު ކާނޭ....
ސިޔާސީ ހަށި ވިއްކާ ގޭންގު މާރުކޭޓަކީ ތިމީހުން މާލިއްޔަތު ލޫޓުވާސިޔާސީ ވަފާތެރި ކެހިވެރި ޗޯރުން ނަކީ ސިޔާސީ ހަށިވިއްކަން ގޮޑީގައި ސޭލް އަޅުވާ ބޮޑު މާރުކޭޓް ތިޔައީ !
މަގުމަތީގައި އުޅުނު ވަކަރޮގޭ ދަރިން ރީތިނަލަ ހެދުމާއި ޓައި އަޅާ މޭކަޕްކޮށްގެން ބޮޑެތި ގޮޑީގައި ދެއްތޯ !
ހޫ މިބޭފުޅާ އަށް އެގޭނެ މިބޭފުޅަ އަކީ ދީނީ އިލްމުން ކުރިހޯދާފަހުރި ބޭފުޅެކޭ ބޮޑުޝޭޙް ކުރީގެ ރަ އީސްގެ އަރިހުން ދަރިވަރުވެފަހުރީ...
ތިކިޔާ ދީނީ އިލްމުވެރިން ނަކީ ސިޔާސީ މީހުން.ސިޔާސީ މީހުން ގޭންގުތަކާ އޮންނަ ގުޅުމާ ސިޔާސީ ކަންކަމށް ގޭންގު ތަކުގެ ބޭނުން ހިފާ މަސްތުވާތަކެތި ފޯރުކޮށްދިނުމުގާ އުޅޭކަން އއެ އީ އެންމެންނަށް އިނގޭ ބޮޑު ސި އްރެ އް.
އަމިއްލައަށް ތިމާމީހާހެ ލާދީނީކަން ހާމަކުރަނީ
ބުއްދި ސަލާމަތުންހުރެ، ބުއްދީގެ ބޭނުންކުރަންނޭނގޭ ކޮންމެ މީހަކީ ބުއްދި ހުރި މީހެކޭ ބުނާނެތަ؟
ބޭނުން އެއްޗެެއްކެވި، ބޭނުންއެއްޗެއް ލިބި ގުނަވަންތައް ފުރިހަމަ ވެފަހުރި. ދުލާއި ލޮލާއި، ހިތުގެ ގުނަވަންތަކުން ދުނިޔޭގެ ކެހިވެރި މަޅީގައިޖެހި ވާނުވާ ނޭގި ބުނެވޭ ނުބުނެވޭ އެއްޗެއް ނޭގި އުޅެމުންދާ މީހުން ގިނަކަމައޭ...
ދީނީ ބިލަަށްޚިޔާލާއި މަޝަވަރާ ހޯދަން ދީނީ ޢިލްމެވިން މުހިއްމުނުވި ސަބަބު ވަރަށް ސާފު. އަދިވެސް ބުނާނެ މިއުޅެނީ އިސްލާމްދީން ހިމާޔަތް ކުރަންށޯ. ތިޝަހީމަކީ ވަރަށް ބޯހަރު ގޮލައެއް. އަޅެ ގިޔާމަތް ދުވަހުން މެމްބަރުންނަށް ފިޔަވަޅު ނޭޅޭ ބިލެއް ފާސްކޮށްބަލަ. އޭރުން ކަލޭމެންގެ މޮޅުކަން ދުނިޔެއަށް ފެންނާނީ.
ޝަހީމްގެ ތިވާހަކައިން އެނގެނީ އިސްލާމްދީނާއި ދީނުގެ އިލްމުވެރިންނާއި ދޭތެރޭ ޝަހީމްގެ ހިތުގަ އޮތް ރުޅިވެރިކަން
ގޭންގުސްޓާރުންނަށް ގޭންގުގެ ކަންތައްގަނޑު އެނގޭނީ ގޭންގްސްޓާރުން މަޖިލީހަށްވަނީމަ މަޖިލިސްވެސް ވާނީ ގޭންގަކަށްދޯ
ގޭންގު ހަދައިގެން ކަލޭމެން މަޖިލިސް މެމްބަރުން ރައްޔިތުންގެ ފައިސާތައް ބަނޑުއަޅާއިރުޔޯ ؟؟؟
ދީނީ ޢިލްމުވެރިންނާ މެދު ނަފުރަތު އުފައްދާވަރަކަށް ކަލޭމެން ފަލީހަތްވެ ބޭޒާރުވާނީ. ތިޔަހެން ނަފުރަތު އުފައްދަ އުފައްދާ ތިއްބާ ޖެހިފޮޑި ބުރިއަށް ވަދެގެން އެދަނީ.
ޕައިރެޓުން ކިތަމެވަރަކައް ބެގީކޮއްފަ ޓައީ އެޅިޔަސް ޕައިރެޓުން ވާނީ ހަމަ ޕައިރެޓުންނަށް އިއްޒަތް ތެރިން ނަކައްނުވާނެ
ވަރަށް ރަނގަޅު ވާހަކަކޮޅެއް ޝަހީ މް!
މަ ހީނުކުރަން މި ޝަހީ މު މީ މިހާ. ޖާހިލު މީހެއްކަ މަށް ... ކަލޯ ޝަހީ މޫ..... ތި ޖާހިލު ވެސް މަރުވާނެ ... އެދުވަހުން ކިބުރުވެރިވެ ބޮޑާވެ ގަތު މެއް ނުދެއްކޭނެ. އަވަހަށް އިސްލާހުވެ މަރަށް ތައްޔާރު ވެލައްވާ......
އެއްކަލަ ކޮރޯނާ ޝަހީމް ދޯ. ކޮރޯނާ ވައިރަސް އިން ޖައްސާ ކޮވިޑް އަކީ އެއްވެސް ގޮތަކަށް ބިރުވެރި ނުރައްކާތެރި ބައްޔެއްނޫނޭ މަޖްލިސް ގައި ވިދާޅުވި ބޭފުޅާ ދޯ މިއީ. އެކަމަކު ޝަހީމް މިފަހަރު ވިދާޅުވީ ސަތޭކައިގެ ތެދު ވާހަކައެއް. ދީނީ މީހުން ނުޖެހޭ ޝަހީމް ވިދާޅުވި ގޮތައް މަޖްލިހުގެ ކޮމެޓީއަށް ގެންދާކަށް .