ދެ މީހުނާއިއެކު ދަތުރުކުރަމުންދިޔަ ޑިންގީއެއް، ކަނޑުމަތިން ހާލުގައި ޖެހިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ޙަރަކާތްތެރިވާން ފަށައިފިއެވެ.
މިކަން ހާމަކޮށް އެމްއެންޑީއެފް އިން ވިދާޅުވީ، މި ޑިންގީ އޮތީ އަރިއަތޮޅުގެ ހުޅަނގުން 60 ނޮޓިކަލް މޭލު ބޭރުގައި ކަމަށެވެ. އަދި އެ ސަރަޙައްދަށް ދިއުމަށް ކޯސްޓު ގާޑުގެ ސިފައިން މިހާރު ޙަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
ހާލުގައި ޖެހުނު ޑިންގީ ފެނިފައިވަނީ، އއ. ރަސްދޫ ރަންދުވެލި ނަމަކަށްކިޔާ މަސްވެރިކަންކުރާ ދޯންޏަކަށެވެ. އެއާއިއެކު އެ ދޯނީގެ ފަރާތުން ކޯސްޓް ގާޑަށް ވަނީ އެކަން ރިޕޯޓްކޮށްފައެވެ. އެމްއެންޑީއެފް އިން ވިދާޅުވީ، މި ހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިއަދު މެންދުރުފަހު 2:04 ގައި ކަމަށެވެ.
އެމްއެންޑީއެފް އިން އިތުރަށް ވިދާޅުވީ، މި ޑިންގީ އޮތް ސަރަޙައްދަށް ދިއުމަށް، އެމްއެންޑީއެފް ކޯސްޓްގާޑްގެ، ފާސްޓަރ އިންޓަސެޕްޓަރ ކްރާފްޓް، ވެލާނާ ދަނީ ދަތުރުކުރަމުން ކަމަށެވެ.
މި ހާދިސާގައި ޑިންގީ ހާލުގައި ޖެހުނު ސަބަބެއް އަދި އެނގިފައި ނުވާއިރު، ޑިންގީން ދަތުރުކުރީ ދެ ބިދޭސީއެކެވެ. މި ހާދިސާ ފުލުހުން މިހާރު ދަނީ ތަހުޤީޤު ކުރަމުންނެވެ.
ދޯނި ދެން ޑިންގި ސަލާމަތްކޮށްގެން ގެނެސްދިނީމަ އެނިމުނީނު. ކީއްކުރަން އަނެއްކާ ކޯސްޓްގާޑް އެތަނަށް ދާކަށް
ނިއު ޓުރެންޑް އޮފް ޑުރަގް ސުމަގްލިން