ރާއްޖޭގައި މަސްވެރިކަން ކުރާ ފަރާތްތަކަށް ބައިނަލްއަގްވާމީ ބޮޑެތި ބާޒާރުތަކުން ފުރުސަތުތައް އިތުރަށް ފުޅާވެ ފަހިވެފައި އޮންނަ ޖެހޭ ކަމަށް ސްޕެޝަލް އެންވޯއީ ފޯ ކްލައިމެޓް ޗޭންޖް ސަބްރާ އިބްރާހީމް ނޫރައްދީން ވިދާޅުވެއްޖެއެވެ.

ކޮމަންވެލްތް އެންޓަރޕްރައިސް އެންޑް އިންވެސްޓްމަންޓް ކައުންސިލުގެ "30x30" ވެބިނާގައި ވާހަކަ ދައްކަވަމުން ސަބްރާ ވިދާޅުވީ، ކަނޑުތައް ހިމާޔަތްކުރުން ވެގެންދާނީ މުސްތަޤުބަލުގައި މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ދުރާލާ އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.

ރާއްޖެއިން ކުރަމުންގެންދާ ދޮށީގެ މަސްވެރިކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަ ދައްކަވަމުން ސަބްރާ ވިދާޅުވީ، ދޮށީގެ މަސްވެރިކަން ކުރާގޮތަކީ ތިމާވެއްޓާ އެންމެ ރަޙުމަތްތެރި އަދި ދެމެހެއްޓެނިވި ގޮތްކަމާއި އަދި އޭގެ ސަބަބުން ކަނޑުއަޑީގެ ދިރުންތަކަށްވެސް އޭގެ ގެއްލުން ނުފޯރާކަމަށެވެ.

އެހެންކަމުން މީއީ މަހުގެ ސްޓޮކަށްވެސް ގެއްލުންނުވެ ކަނޑުގެ ދިރުންތައް ދެމެހެއްޓެނިވި ގޮތެއްގައި ހިމާޔަތްކުރުމަށް ބާރުލިބިގެންދާ ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.

މިމަހު ބޭއްވި އިންޑިއަން އޯޝަން ޓޫނާ ކޮމިޝަނުގެ 25 ވަނަ ސެޝަނުގައި، އިންޑިއާ ކަނޑުގައި ރީނދޫ އުރަހަ ކަންނެލި އަދި ކަޅު ބިލަމަހުގެ މަސްވެރިކަން އޭގެ ސްޓޮކަށް ގެއްލުންވާ މިންވަރަށް ކުރަމުންދާތީ އެ ބާވަތްތަކުގެ މަހުގެ ސްޓޮކް ދިރުވާ އާލާ ކުރުމަށާއި ދެމެހެއްޓެނިވި ގޮތެއްގައި އެ ބާވަތްތަކުގެ މަސްވެރިކަން ކުރުމާ ބެހޭ ގޮތުން ނިންމި ނިންމުމަށް އިޝާރާތްކުރައްވައި ސަބްރާ ވިދާޅުވީ ރާއްޖެއަކީ އަބަދުވެސް ދެމެހެއްޓެނިވި މަސްވެރިކަމަށް ބާރުއަޅާ ވަކާލާތުކުރަމުންދާ ގައުމެއް ކަމަށެވެ.

މަސްވެރިކަން ކުރާ ފަރާތްތަކުން ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރުމަށް ބާރުއެޅުމުގެ ގޮތުން ކަނޑުތައް ރައްކާތެރިކުރުމުގެ ފިޔަވަޅުތައް އެކަނި އަޅައިގެން އެކަން ޙާސިލު ނުވާނެކަމަށާއި އެއާއި ވިދިގެން ދެމެހެއްޓެނިވި މަސްވެރިކަމާއި ދެކޮޅު ފިޔަވަޅު އެޅުމުގެ ބަދަލުގައި ދެމެހެއްޓެނިވި ގޮތްތަކަށް މަސްވެރިކަން ކުރާ ފަރާތްތަކަށް ބައިނަލްއަގްވާމީ ބޮޑެތި ބާޒާރުތަކުން ފުރުސަތުތައް އިތުރަށް ފުޅާވެ ފަހިވެފައި އޮންނަންޖެހޭ ކަމުގައި ވެސް ސަބްރާ ވިދާޅުވިއެވެ.

ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމަށް ޕޮލިސީތައް ހަދާ އެއާ އެއްގޮތަށް އެކަންކަން ތަންފީޒުކުރުމަކީ ގޮންޖެހުންތަކެއް ހުރި ކަމެއް ނަމަވެސް އެއީ މުސްތަގްބަލުގައި އޭގެ ފައިދާތައް ނުހަނު ބޮޑަށް ފެންނާނެ ކަމެއްކަން ފާހަގަކުރެއްވިއެވެ.

އަދި ހަމަ އެހެންމެ އެންމެންގެ ލާބައާ މަންފާއަށްޓަކައި، ކަނޑުގެ ދިރުންތައް ދިރުވާ އާލާކުރުމާގުޅޭ މަޝްވަރާތައް ކުރިޔަށް ގެންގޮސް، ހޭލުންތެރިކަން އުފައްދައި، އަދި އެކަމަށް ޤަވާއިދުތައް ހަދަމުންދިޔުމުގެ މުހިންމުކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކޮވިޑް

    ލޮލް ސަބްރާ. މިހާރު ތިކިޔާ އެއްޗަކާ ކުރިން ގޮވި ހަޅޭކާ ދިމާ ނުވޭ، ބަލަ ސަބްރާ މެން ދޯ ޔޫރަޕް ޤައުމުތަކުގަ އާދެސްކޮށް ސަލާންޖެހީ ރާއްޖޭން މަސް ނުގަންނާށޭ ކިޔާ.ފަތުރުވެރިން ނާންނަން ގޮވީ.ތިޔައްކިޔާ ކަން ނޭގެ އުބައްޖެހުން ނުވަތަ ތިމާ ފޭއްސި އިލޮށި ތިމާގެ ލޮލަށް ހެރުން، ނޫނީ ތީ އިބޫރާވައިގެން އަންނިގެ ފެކްޝަން މީހުނަށް ދޭ ލަނޑެއްނޫންބާ؟

    14
  2. ވިސްނާލުމަށް އެދެމޭ

    ހޭހޭހޭ މިމީހުން އިދިކޮޅުގަތިބި އިރުބުނީ ރޔާމީނާ ޔޫރަޕާ ގުޅުންނެތީމަޔޯ މަސް ޔޫރަޕުން ނުގަންނަނީ ތިމަންނާމެންނަކީ ދޮންމީހުން ރުހޭ މީހުންވީމަ ޔޫރަޕުގެ ކަންމަތީފިހާރަޔާ ގާޑިޔާތަ އްވެސް ތިމަންނާމެންގެ ވެރިކަމުގަ ތިބޭނީ ރާ އްޖޭގެމަސް ވި އްކަންށޯ..

    10
  3. އަބްދޫ

    ބޯގޯސް ވާހަކަ ނުދައްކާ . މިހާރުވެސް މަސްވެރިންނަށް މަސް ވިއްކެނި ބޭރުގެ ބާޒާރުތަކުން ދިވެހިގައުގެ މަސްވެރިކަމަށް ފުރުސަތު ދީފަ އޮތީމަ. މިފްކޯއިން މަސްގަނެވެނި ބޜުގެ މާކެޓް ތަކަށް މަސް ވިއްކެން އޮތީމް އަމިއްލަ ފަރާތްތަކުން ބޮޑުކަންނއްޔަ ފަރުމަސް އެކްސްޕޯޓްއެކުރެވެނީ ބޭރުގެ މަކެޓްތަކުން ފުރުސަތު ލިބިފަ ހުރީމަ. މަސްވެރިޔާ އަކަށް މަސްދޯނި ވެރިފަރާތަކަށް އެވިޔަފާރި ނުކުރެވޭނެ. ދެޓަނުމަސް ގަންނަން ބޯޓެއްނާންނާނެ. ތިޔަކަހަލަ ވާހަކަ ދައްކަންފެށީމައެގެނީ ތިމާއަކީ އެއްވެސް ތަޖްރިބައެއް ނުވަތަ ކަމެއްކުރަން އަދި ކުރާނެ ގޮތްވެސް އެގޭމީހެއްނޫންކަން. ސަރުކާރުން ކުރަންޖެހޭ ކަމެއް. މަސްބާނާ ދުވަސްވަރު ބާނާ ހުރިހާމަހެއްގަނެ ފްރިޖް ކުރެވޭފަދަ ކެޕޭސިޓީ އެއް ގާއިމްކޮށްދިނުން، އެކަމަކު ސަރުކާރުން އުޅެނީ މިކަންވެސް ކޮސް ނުދެވިގެން. މިދިޔަ ރޯދަމަހާ ދިމާކޮށް ބޭނިމަހުގެ ބޮޑުބައއެއް އުކާލަންޖެހުން. މަސް ނުކިރިގެން ދެތިންދުވަހު ޖެޓީގަ ތިބެންޖެހޭ، މިކަންކަން ރަނގަޅުކުރެވޭތޯ ބަލާބަލަ ސަޅިބައިސާ އިން ރައޔިތުންގެ ބޯކާލަން ނޫޅެ.

  4. މިތުރާ

    ރާއްޖޭގެ ކަނޑުގަ ނެތް ތިބުނާހާ މަހެއް! ރާއްޖޭގެ ކަނޑަށް ވަންނަ މަސް ޖެހެނީ ޖަޕާނު ދަލުގަ ދަލުން ބޭރުވާ މަދު މަހެއް ރާއްޖޭގެ ކަނޑައް ވަންނަނީ.🤔