ހިޔާ ފްލެޓްތަކުގެ ކުލި އިތުރަށް ކުޑަކުރާނަމަ ސަރުކާރަށް އެކަން ތަކުލީފަކަށް ވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވުމުން ރައްޔިތުން މަޖިލީހުގެ ފަަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފް ފާޑުވިދާޅުވެއްޖެއެވެ.

ހުސެއިން މުހައްމަދު ލަތީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ދަތިޙާލަތުގައި ފައިސާ ޗާޕުކޮށް ގާތްތިމާގެ މީހުންނަށް ބެހި އިރު ދައުލަތައް ބުރަވިކަން އިހްސާސް ނުވެ، ރައްޔިތުންގެ ޖީބަށް ލުއި ވާންވީމަ ދައުލަތައް ބުރަ ބޮޑުވާ ވާހަކަ ދެއްކުމުން ރައީސް ޞާލިހްގެ ފެންވަރު އެނގޭ ކަމަށެވެ.

ރާއްޖޭގައި ވެސް މީގެ ކުރިން ސޯޝަލް ހައުސިން އިމާރާތް ކުރުމަށް ނަގާފައިވާ ލޯނުތަކަށް ފައިސާ ދައްކަމުން ގެންދަނީ ސަރުކާރުން ވެސް ބޮޑު ހިއްސާއެއް ވެގެންނެވެ. ލޯނުތަކަށް ސަރުކާރުން ސަބްސިޑީގެ ގޮތުގައި ފައިސާ ދައްކައެވެ. އެހެންވެ އާއްމު ރައްޔިތުންގެ އަތުން ލޯނަށް ދައްކަން ޖެހޭ ހުރިހާ ފައިސާއެއް ސަރުކާރުން ނުނަގައެވެ.

ހިޔާ ފްލެޓްތަކުގެ މަހު ކުލި 7500 ރުފިޔާއަށްވުރެ ކުޑަ ނުކުރެވޭނެ ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް މާލޭ މޭޔަރު މުހައްމަދު މުއިއްޒު އިއްޔެ ވަނީ ފްލެޓްތައް 5600 ރުފިޔާގެ މަހު ކުއްޔަކަށް ދެވޭނެ ގޮތް ހާމަކޮށްދެއްވާފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ ހިޔާ ފްލެޓްތައް އަޅަން ލޯނު ނަގާފައިވަނީ %8 އިންޓްރެސްޓް ރޭޓްގައި ކަމަށް ރައީސް ސޯލިހް ވިދާޅުވި ނަމަވެސް، އެއީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށެވެ. އޭނާ ވިދާޅުވީ އެ ލޯނު ނަގާފައިވަނީ %3.9 އިންޓަރެސްޓް ރޭޓެއްގައި ކަމަށެވެ.

"އެހެންކަމުން %3.9 އާއި %5 ދޭތެރޭ ހުންނަން ޖެހޭ އިންޓްރެސް ރޭޓެއް މިބޭފުޅުން އަށް ޕަސެންޓަށް މިދިޔައީ. އޭގެން މި ދޭހަކޮށްދެނީ ކޮން ކަމެއްތޯ؟ އެބޭފުޅުން އިތުރަށް %3 މާޖިންއެއް މިއަށް ލާފައި މިއޮތީ. ލުމުގެ ސަބަބުން ވާގޮތަކީ މި ލައިބޯއަކީ ވޭރީވާއެއްޗެއް އެހެންވީމައި ލައިބޯ ކުޑަވާ ވަގުތު އެޗްޑީސީއަށް އެބަ ލިބޭ ވަރަށް ބޮޑު ފައިނޭޝިއަލް ޕްރޮފިޓެއް. އެ ފައިނޭޝިއަލް ބެނެފިޓް މި ހޯދަނީ އޭގެ ބެނެފިޓް ރައްޔިތުންނަށް ޕާސް ނުކޮށް ރައްޔިތުންނަށް ބޮޑު އިންޓްރެސްޓް ރޭޓެއްގައި އަންނަ އަދަދު މަހުން މަހަށް ޗާޖް ކޮށްލާފައި އެޗްޑީސީއަށް ފައިދާވާ ގޮތަށް." މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ މިސަރުކާރުން ހަވާލުވި ފަހުން އެޗްޑީސީގެ އިންޓްރެސްޓް ރޭޓަކީ %6.8 ގައި ކަމަށާއި ޔާމީންގެ ސަރުކާރުގައި އެއަދަދު ހުރީ %4 ކަމަށެވެ. މުއިއްޒު ވިދާޅުވީ އިންޓްރެސްޓް ރޭޓް ކުޑަ ކުރުމަކީ އެޗްޑީސީގެ އަތްމަތީގައި އޮތް ކަމެއް ކަމަށާއި ކުރީ ސަރުކާރުން ނިންމާފައިވާ ގޮތަށް އަމަލު ކުރިނަމަ މަހަކު -/5600 ރުފިޔާއަށް ފްލެޓް ދެވޭނެ ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ކޮވިޑް

    100% ތަކުލީފަކަށް ވާނެ، ހުސެން ވެސް ހާދަ ސިޔާސީ އޭ ، މިސަރުކާރަށް ޙާއްސަކޮށް ރައީސް މީހާއަށް ތަކުލީފަކަށް މިކަން ވާނެ ސަބަބުތައް އެބަހުރި އެއީ ރައްޔިތަކަށް ލުޔެއް، މަންފާއެއް، ހިތްހަމަޖެހުމެއް ، ލިބޭ ކޮންމެކަމަކީ މިސަރުކާރަށް އަދި ރައީސް މީހާ އަށް ތަހަންމަލު ކުރަން ދަތި އުދަގޫ ތަކުލީފަކަށް ވާނީ، ބަލަ ވޯޓަކީ ރައްޔަތުން ދީގެން ހޯދައިގެން އައިސް ކުރާ ވެރިކަމަކަށް ނުވެފަ ވޯޓް ގަންނަން ހޭދަކުރި ފައިސާ ޤައުމު ވިއްކާ ރައްޔަތުން ފެލައިގެން ވިޔަސް ހޯދަން މަޖުބޫރޭ،

    35
    1
  2. ލައިލާ

    ހުސެއިން މުހައްމަދު ލަތީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ދަތިޙާލަތުގައި ފައިސާ ޗާޕުކޮށް ގާތްތިމާގެ މީހުންނަށް ބެހި އިރު ދައުލަތައް ބުރަވިކަން އިހްސާސް ނުވެ، ރައްޔިތުންގެ ޖީބަށް ލުއި ވާންވީމަ ދައުލަތައް ބުރަ ބޮޑުވާ ވާހަކަ ދެއްކުމުން ރައީސް ޞާލިހްގެ ފެންވަރު އެނގޭ ކަމަށެވެ.މޮޅުވާހަކަކޯލެއް

    22
    1
  3. ނަޝީދު

    ހިޔާ ފްލެޓްތަކުގެ މަހު ކުލި 7500 ރުފިޔާއަށްވުރެ ކުޑަ ނުކުރެވޭނެ ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް މާލޭ މޭޔަރު މުހައްމަދު މުއިއްޒު އިއްޔެ ވަނީ ފްލެޓްތައް 5600 ރުފިޔާގެ މަހު ކުއްޔަކަށް ދެވޭނެ ގޮތް ހާމަކޮށްދެއްވާފައެވެ. ޑރ މުއީޒް ގެ ވާހަކަރަގަޅީ ކުޑަކުރަންޖެހެނީ

    28
    2
  4. ޔާމިން

    ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ ހިޔާ ފްލެޓްތައް އަޅަން ލޯނު ނަގާފައިވަނީ %8 އިންޓްރެސްޓް ރޭޓްގައި ކަމަށް ރައީސް ސޯލިހް ވިދާޅުވި ނަމަވެސް، އެއީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށެވެ. އޭނާ ވިދާޅުވީ އެ ލޯނު ނަގާފައިވަނީ %3.9 އިންޓަރެސްޓް ރޭޓެއްގައި ކަމަށެވެ. ސާބަހޭ މުއީޒް

    30
  5. އިބުނު ސަބީލް

    ފައިސާ ބެހީ އެމީހުނަސްވާގިވެރިވާ ރީދޫކުލައިގެ ގެސްޓް ހައުސް ހިންގާމީހުނަށާ ، ރެސްޓޮރަންޓް ހިންގާ ފަރާތްތަކަށް.

    25
  6. ހުއްބުލްވަތަން

    މުއިއްޒުމެން އެބަޖެހޭ މިވަހަކަތަށް ގައުމީ ޓީވީ މެދުވެރިކޮށް ރައްޔިތުންނަށް ސާފުކޮށްދޭން. ގައުމީ ޓީވީއަކީ އެމްޑީޕީ މީހުން ހަންފަތުރަން އޮންނަވަސީލަތަކަށްވެގެންނުވާނެ. ރައީސު އަރާ ދޮގުހެދީމަ އެއަކަށް ދެއްކޭނެވާހަކައެއް ނޯވޭ. އަޖާއިބެއްނޫންމީ...

    "އެހެންކަމުން %3.9 އާއި %5 ދޭތެރޭ ހުންނަން ޖެހޭ އިންޓްރެސް ރޭޓެއް މިބޭފުޅުން އަށް ޕަސެންޓަށް މިދިޔައީ. އޭގެން މި ދޭހަކޮށްދެނީ ކޮން ކަމެއްތޯ؟ އެބޭފުޅުން އިތުރަށް %3 މާޖިންއެއް މިއަށް ލާފައި މިއޮތީ. ލުމުގެ ސަބަބުން ވާގޮތަކީ މި ލައިބޯއަކީ ވޭރީވާއެއްޗެއް އެހެންވީމައި ލައިބޯ ކުޑަވާ ވަގުތު އެޗްޑީސީއަށް އެބަ ލިބޭ ވަރަށް ބޮޑު ފައިނޭޝިއަލް ޕްރޮފިޓެއް. އެ ފައިނޭޝިއަލް ބެނެފިޓް މި ހޯދަނީ އޭގެ ބެނެފިޓް ރައްޔިތުންނަށް ޕާސް ނުކޮށް ރައްޔިތުންނަށް ބޮޑު އިންޓްރެސްޓް ރޭޓެއްގައި އަންނަ އަދަދު މަހުން މަހަށް ޗާޖް ކޮށްލާފައި އެޗްޑީސީއަށް ފައިދާވާ ގޮތަށް." މުއިއްޒު ވިދާޅުވިއެވެ."

    27
    1
  7. އަފީ

    ރައްޔިތުންގެ މާލިއްޔާއިން ރަހުމެއްތެރިންނަށް ބަދަލްގެގޮތު އެތަށް މިލިއަން ރުފިޔާ ދިންއިރު ދައުލަތުގެ ބަޖެޓަށް ބުރައެއްނުވި

    ފައިސާ ޗާޕްކޮށްގެން ރަހުމެއްތެރިންނަށް ބަދަލްގެގޮތު މިލިއަން ރުފިޔާ ދިންއިރު ދައުލަތުގެ ބަޖެޓަށް ބުރައެއްނުވި

    ކޮވިޑްތެރޭ ދައުލަތުން ރަހުމެއްތެރިންނަށް ބޮޑެތި އަދަދުތަކުން ފައިސާ ދިންއިރު ދައުލަތުގެ ބަޖެޓަށް ބުރައެއްނުވި

    ހިޔާފްލެޓް ލިބުނު 7000 އާއިލާގެ ރައްޔިތުންކަމަށް ބެލެވޭ 40000 މީހުން ކަރަށް ފައިން އެރުމަށްފަހު އެމީހުންނަށް އެހީވާންޖެހުނީމަ ދައުލަތުގެ ބަޖެޓަށް ބުރަވީމަ 2023 ގައި ބޮޑުމަންޒަރު ފެނިގެންދާނެ އިންޝާﷲ

    28
  8. ޢާލިމް

    މިއިއްޒު މި ހަދަނީ ދޮގުކަމަށް ވާނަމަ، ރައްޔިތުންގެ މެދުގައި ފިތުނަ އުފެދޭގޮތަށް ވާހަކަ ދެއްކީތީ އަވަހަށް ޖަލައް ލާ. އެއީ ތެދު ކަމުގައި ވާނަމަ ފްލެޓްތައް އަަގު ކުޑަކޮށްދީ އަދި ރައީސްއަށް ދޮގު މަޢުލޫމާތު ދިން މީހުންނަށް ފިޔަވަޅު އަޅާ.

    7
    2
  9. ޢިން

    ތިކުލިބޮޑު ކޮށްގެން އެކަކަށްވެސް ތި ލާރި އެއް ނުދެއްކޭނެ ނުވެސް ދައްކާނެ. ކޮންތާކުން ތިލާރި ދައްކާނީ. ޙިލޭ ދޭންވީނުން

    13
  10. ޙައްވަ

    ވަކިސަރުކާރެ އް ކިޔާނެކަމެ އް ނެތް ހުރިހާސަރުކާރަކުން ވެސް ވޯޓަ އް ފަ އިސާބަހާނެ ހޮވުނީމާ ރަ އްޔިތުން މަތިންހަނދާން ނަ އްތާލާނެ

  11. މުލުވަގު

    މަކަރާ ހީލަތާ އޮޅުވާލުން ނޫންކަމެއް މިސަރުކާރަކަށް ނުކުރެވޭނެ

  12. އަލިބެއްޔާ

    ވޯޓު ދޭންވީމާ އަހަރެމްނަށް ވެސް ވާނެ ތަކްލީފަކަށް

  13. ނޫންތަ

    ސޯލިހަކަށް ތިކަމެއް ނުވާނެ. އެބޭފުޅާއަކީ ގިނަ އަދަދެއްގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ލިބޭތީ އެތަން ތަޅާލަން ނިންމި ބޭފުޅާ. އެބޭފުޅާއަކީ ގިނަ ބަޔަކަށް ބޯހިޔާވަހިކަން ލިބޭތީ 7000 އިން 3000 އަށް މަދުކުރަންވެގެން ފްލެޓްތައް އެއްކޮށްލަން އުޅުނު ބޭފުޅާ. އެބޭފުޅާ ބޭނުމެއް ނުވޭ އަގުހެޔޮ ބޯހިޔާވަހިކަމެއް ރައްޔިތުންނަށް ދޭކަށް. ޔާމީނު ނޫނީ ނަޝީދު ނޫނީ މުއިއްޒު އަރުވައިގެން މިކަންވާނީ. ނަޝީދު ބުނެފައިވޭ އެންމެ ބޮޑު ކުއްޔަކީ މުސާރައިގެން 30% އޭ. ޔާމީނުގެ އަދަދަކީީ ދެކޮޓަރި 5600 އަދި ތިންކޮޓަރި 7000.

  14. ތޭވީސް

    ޕީޕީއެމުން އެބަޖެހޭ 5600 އަށް ކުޑަކުރާނެކަމުގެ ވައުދު އަންނަ އިންތިހާބަށް ވާން

  15. ލާއިދާ

    ދޮގުހަދާ އަދި ތެދުހަދާ މީހެއްނޭންގޭ! ލޯން ނަގާފައިވާގޮތުގެ ތަފްސީލް އެގްރީމެންޓްތަކުގެ އަސްލު އާންމު ކުރަން ފެނޭ.