ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން މީގެ ކުރިން ސިޔާސީ ބައެއް ބޭފުޅުން ހައްޔަރުކޮށްފައިވާ އިރު އެއްވެސް ސިޔާސީ ލީޑަރަކު އެފަދަ ކަމެއްގައި އުޅުއްވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލް ޣަނީ އަބްދުލް ހަކީމް ހުށަހެޅުއްވި ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުން އާޒިމް ވިދާޅުވީ ގާނޫނު އެކުލާވަލަން ވާނީ އޭގެ ސިޔާސީ ނާޖާއިޒު ފައިދާ ނުުނެގޭނެ ގޮތަށް ކަމަށެވެ.

އާޒިމް ވިދާޅުވީ މީގެ ކުރީގައި ޓެރަރިޒަމް ގާނޫނުގެ ދަށުން "ސާބިތު ނުހިފޭ" ތުހުމަތުތަކެއްގައި "ބޭއިންސާފު ޝަރީއަތް" ހިންގައިގެން ހުކުމް ކޮށްފައިވާ ކަމަށެވެ.

އޭނާ އިޝާރާތް ކުރެއްވި ކަމަކީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭރު އިދިކޮޅު ލީޑަރުންގެ ތެރޭގައި ހިމެނޭ އެމްޑީޕީގެ ރައީސް އަދި މިހާރު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް އަދި މިހާރު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހައްޔަރު ކުރި ކުރުމެވެ. އެ ދެ ބޭފުޅުންނަށް ދައުވާ އުފުލީ، ޓެރަރިޒަމްގެ ގާނޫނުގެ ދަށުންނެވެ.

ސިޔާސީ މީހަކު ވެސް ނިރުބަވެރިކަމުގައި ބައިވެރިވި ކަން ޔަގީން ކުރެވޭނަމަ ހައްޔަރު ކުރަން ޖެހޭނެ ކަމަށާއި އެހެންވިޔަސް އެއްވެސް ސިޔާސީ ލީޑަރަކު އެފަދަ ކަމެއްގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ގަބޫލު ނުރައްކާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މި ބުނަނީ ސިޔާސީ މީހަކު ވެސް ބޮމެއް ގޮއްވާލަން އުޅެފިނަމަ ހައްޔަރު ނުކުރާށެކޭ ނޫން، އެހެންވިޔަސް އަޅުގަނޑު ގަބޫލެއް ނުކުރަން ސިޔާސީ މީހަކު، ލީޑަރަކު އެފަދަ ކަމެއްގައި އުޅެދާނެ ކަމަކަށް،" މެދު ހެންވޭރު ދާއިރާގެ މެމްބަރު ކަން ވެސް ކުރައްވާ މެންބަރު އާޒިމް ވިދާޅުވިއެވެ.

އާޒިމް ފާހަގަކުރެއްވީ ކޯޓު އަމުރަކާ ނުލައި މީހަކު ހައްޔަރު ކުރެވޭ ގޮތަށް ބިލުގައި އޮތް އޮތުމާ ގުޅިގެން އާންމުންގެ ކަންބޮޑުވުން މިފަދަ ސަބަބުތަކާ ހުރެ އޮންނާނެ ކަމަށެވެ. އެހެންވިޔަސް ނިރުބަވެރިކަމުގެ ހަރަކާތްތައް ހުއްޓުވަން ގެންނަން ޖެހޭ ކޮންމެ އިސްލާހަކަށް ތާއީދު ކުރައްވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

ޓެރަރިޒަމްގެ ގާނޫނަށް ގިނަ އިސްލާހުތަކެއް ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގައި ގެނެސްފައިވަނިކޮށް، އަނެއްކާ ވެސް އިސްލާހުތަކެއް ސަރުކާރުން ހުށަހެޅީ މަޖިލީހުގެ ރައީސް ނަޝީދު އަވަހަރާކޮށްލަން މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ބޮމުގެ ހަމަލާއެއް ދީފައިވަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ސސ

    އެމީހުން އުޅެނީ ސިޔާސީ ހަށިވިއްކަން ގޮޑީގައި ސޭލް އަޅުވައިގެން ބޮޑު ނީލަން ފިހާރައިގަ މީ މުޅިންވެސް މާލިއްޔަތު ލޫޓުވާ ސިޔާސީ ވަފާތެރި ކެހިވެރި ޗޯރުން !

    11
    • ސިޔާސީ މަގުސަދު ހާސިލު ކުރުން!

      ބަލަ ސިޔާސީ ވެރިން އަތުގައޭ ފައިސާ ހުރީ. އެމީހުން ބޭނުމިއްޔާ ކަސްޓަމަށް އެނގިގެންވެސް މަނާ ތަކެތި އެތެރެ ކުރެވޭ.

      އިން މޯލްޑިވްސް ޕޮލިޓިކްސް އިޒް އަ ޑާރޓީ ގޭމް މޯސްޓްލީ ޕްލެޔްޑް ބައީ ޑާރޓީ ޕޮލިޓީޝަންސް!

  2. ސައިކޯ

    ޓެރަރިޒަމް އޭ ކިޔައިގެން ސިޔާސީ މީހުން ހައްޔަރު ކުރީ އޭރުގެ ސަރުކާރުން ސިޔާސީ މަންފާ ހޯދުމަށް ކަން ނުދަންނަ މީހަކު ނޫޅޭ

    3
    11
  3. މަބޭ

    އެހެންގައުމުތަކުގަ ތަންތާހުޅުޖަހާ ގަސްތުގަމުދަލަށާ މީހުނައްގެއްލުންދޭންގޮވީމަ ވަނީ ޓެރަރިޒަމްގެއަމަލަކައް މިރާއްޖޭގަ ނަސީދު މިފަދަކަންކަމައްގިވާ ހިއްވަރުދިނުމުން ކަލޭމެންތިބުނަނޫ އެއީ ޑިމޮކްރަސީއޭ

    16
  4. ދިޔާ ތަކެތި

    ދީނީ އިލްމުވެރިއަކުވެސް ނިރުބަވެރިކަމުގައި އުޅޭނެ ކަމަކަށް ނުދެކެން.

    13
  5. ލލ

    ސިޔާސީ މީހުން އުޅެނީ ގުރޫޕް ހަދަ އިގެން ސިޔާސީ ހަށި ވި އްކާ މާލިއްޔަތު ލޫޓުވާ ސިޔާސީ ވަފާތެރި ކެހިވެރި ޗޯރުން !

    12
  6. ތަކުރު / ތުރާކުނު

    އަންނި އަކީ ހަމަ ނިބުރުވެރިޔެއް. އިސްތިއުފާ ދީފަ ޖެހިގެން އައި ދުވަހު ކުރީވަކި ކޮންކަމެއް. ކިތައްތާގަ ހުޅުޖެހީ. ހަމަ އެކަނި މީހުންނަށް ހަމަލާ ދިނުމެއް ނޫން ނިބުރުވެރި ކަމަކީ. އޭނަ ބެނުން ވީމަ ޤާޒީންވެސް ހައްޔަރު ކުރެވޭ. އޭނަ ބެނުން ވީމަ ރައީސް ވެސް ހައްޔަރު ކުރާނެ. މިހާރުވެސް އެ ގޮވާލީ ހަމަ ޖެހޭހާ މީހަކު ހައްޔަރު ކުރަން.

    13
  7. އަބްދޫ

    ސިޔާސީ މީހަކު ދޯ ބުނީ ކަނާތުންކުރާކަން ވާތަށް ނޭގޭނެކަމަށް ސިޔާސީމީހަކު ދޯ ބުނީ ޕާޓީ ކުއްޖަކުނަމަ އެދޭކަން ކޮށްދީފަ އެހެން މީހުނަށް ނުލަފާކަންދައްކާލާނެ ކަމަށް ސިޔާސީ މީހަކު ދޯ ބުނީ މަކޮށްފަ ނުކުރާނ ކަމެއް އެކަކަށްވެސް ؛ލަފާކުރަން ނޭގޭނެ ކަމަށް. ސިޔާސަ ވެގެން ގޮސްނޫންތަ ހެންވޭރު ދޯނި އެހިލާތނުގ އާއި ސަލަޓްނަޕާކްގެ ބޮމުގަ ބައިވެރިވީވެސް. ސިޔާސީ ވީމަދޯ އަފްރާސީމާއި ރިޒްވާނުގެ މައްސަލަ ތުހުމަތު ކުރެވެނީވެސް . ސިޔާސީވީމަދޯ ފޯނުންގުޅާފަ ތަންތަނުގަ ރޯކުރަންއެންގެނީވެސް. މިފަދަ މީހަކު ޓެރަރިސްޓަކަށް ނުވާނެގޮތެއް ބުނެދީބަލަ.

  8. ހުސޭނުބޭ

    ހަޤީޤަތުގައި އެންމެ ބޮޑެތި ނިރުބަވެރިންނަކީ ސިޔާސީ މީހުން. ރާއްޖޭގައި ނަމަ އަމިއްލައަށް އިސްތިޢުފާދީފައި ބޮލުގައި ބަޑިޖެއްސީއޭ ކިޔައިގެން ރާއްޖޭގައި ހުޅުޖެހި ނިރުބަވެރިޔާ!

  9. އަބްދޫ

    ދުނިޔޭގަ ގިނަ ނިރުބަވެރިންނަކީ ސިޔާސީ މީހުން ރާއްޖޭގަ ހުރި ސިޔާސީ ނިރުބަވެރިޔަކީ ނަސީދު. ރާއްޖޭގެ ރަށްތަކުގަ ރޯކުރަން ފެބްރުއަރީ 8 ގަ ފޯނުކޮށްފަ އެންގީ ވެސް ނަސީދު އެކަން އޭރުބތިބި ބައެއް ކައުންސިލަރުން ބުނި އެމީހުންބުނީއޭނަ ކޮށްދިންކަމެއްނެތް އިރު ރޯކުރަން ބުންޏަސް ނުކުރެވޭނެ ކަމަށް އަނެއްބަޔަކު އެނަ ބުނީމަ ރޯކުރީ މިވަރުގެ ނިރުބަވެރިޔަކު ހުންނާނެތަ؟

  10. Anonymous

    އާޒިމް ލާރި ލިބޭތަ ތިތަނުން...؟؟؟