ހުޅުމާލެ
ހުޅުމާލެ

ރޭ ދަންވަރުގެ ވަގުތެއްގައި ހުޅުމާލޭ ފިހާރައެއްގެ ތެރޭގައި މީހަކަށް ބިރުދައްކައި މާރާމާރީ އެއް ހިންގައިިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ މި ހާދިސާ ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ ރޭ 00:45 ހާއިރު ކަމަށެވެ. އަދި މި ހާދިސާ ހިނގާފައި ވަނީ ޓާމިނަލް ކައިރީގައި ހުންނަ މެރީނާ ބޭ ފިހާރައިގައި ކަމަށް ވެސް ވިދާޅުވިއެވެ.

ފުލުހުން ބުނީ މި މައްސަލައިގައި މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި އޭނާ ހައްޔަރު ކޮށްފައި ވަނީ މާލެއިން ކަމަށް ފުލުހުން ވަނީ ހާމަ ކޮށްފައެވެ.

ފުލުހުން ވިދާޅުވީ ބިރު ދައްކައި މާރާމާރީ ހިންގާފައި ވަނީ މެރީނާ ބޭގައި އިން މީހަކަށް ކަމަށެވެ. އެހެން ނަމަވެސް  އެމީހާ އަކީ އެތަނުގައި މަސައްކަތް ކުރާ މީހެއްތޯ ނުވަތަ ނޫންތޯ ފުލުހުން ކަށަވަރެއް ނުކޮށްދިނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާގައި ބިރުދައްކާ މާރާމާރީ ހިންގާފައި ވަނީ މެރީނާ ބޭގެ ސޭޓަށެވެ.

ADS BY SHEESHA

ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުަރަމުންދާތީ އިތުރު މައުލޫމާތު ހާމަ ކުރެވެން ނެތް ކަމަށެވެ.

ADS BY ASTERS

1 ކޮމެންޓް

  1. ތިކަމަކީ ޒަމާނުންސުރެ އަންނި ރާއްޖޭގައި ހިންގާ ޖަރީމާތަކެއް. ސަރުކާރުން ކުރާ ކަންކަމުގެ އޮފުކަނޑާލަން ޖަހާމަޅި