ޖުމްހޫރީ ޕާޓީ (ޖޭޕީ) އަދިވެސް އޮތީ ކޯލިޝަނާއި އެކުގައި ކަމަށާއި ޖޭޕީ އާއި ނުލައި އެއްވެސް ބަޔަކަށް ކާމިޔާބު ލިބުމަކީ ނާދިރު ކަމެއް ކަމަށް އެ ޕާޓީން ބުނެފިއެވެ.

އިދިކޮޅު އެހެން ޕާޓީތަކަށް ނިސްބަތްވާ ބޭފުޅުންނާއި އެކު މިއަދު ފެރެޑައިސް އައިލެންޑް ރިސޯޓުގައި ފެށި ޖުމުހޫރީ ޕާޓީގެ ތިންވަނަ ކޮންގްރެސް ހުޅުވައި ދިނުމުގެ ރަސްމިޔާތުގައި ވާހަކަ ދައްކަވަމުން ޖޭޕީގެ ސެކްޓްރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ، ޖޭޕީން އިސްކަންދެނީ ޤައުމުގެ މަސްލަހަތަށް ކަމަށެވެ.

"2018 ވަނަ އަހަރު ކާމިޔާބީ ހަމަޔަށް ވާސިލް ވާނީ ގުޅިފައިވާ ފާޓީތަކާއި އެކު, ގުޅިފައިވާ ޕާޓީތަކުން އެއް ކެންޑިޑޭއަކު ނުނެރެވިއްޖެ ނަމަ ބޭނުން ކުރާނެ އިތުރު ފޯމިއުލާވެސް ހުންނާނެ،" ސަމީރު ވިދާޅުވިއެވެ.

ސަމީރު ވިދާޅުވީ ރާއްޖޭގައި ޖޭޕީގެ ކޮންގްރެސް ބާއްވަންވެސް ސަރުކާރުން ތަނެއް ހަމަޖައްސައި ނުދިން ކަމަށް ބުނެ ސަމީރު ވިދާޅުވީ، އެކަމުން ދޭހަވަނީ ރާއްޖޭގައި މިނިވަންކަން ނެތް މިންވަރު ކަމަށެވެ.

"ޖުމްހޫރީ ޕާޓީއަކީ ހިތްވަރާއެކު ގަދަ ކަނޑުގައި، އަމާޒަށް މަސައްކަތްކުރާ ބައެއް. ކާމިޔާބަށް މަސައްކަތްކުރާ ބައެއް. މިހާތަނަށް ވެރިކަން ހޯދައިދިނުމަށްވެސް ޖޭޕީން ގިނަ މަސައްކަތްތަކެއް ކޮށްފައިވޭ،" ސަމީރު ވިދާޅުވިއެވެ.

ސަމީރު ވިދާޅުވީ ޖުމްހޫރީ ޕާޓީން އަބަދުވެސް އިސްކަންދޭނީ ރައްޔިތުންގެ ބޭނުންތަކަށް ކަމަށާއި ޖުމްހޫރީ ޕާޓީން ދެކޭގޮތުގައި ރައްޔިތުން ނެތްކަމުގައިވާނަމަ ޕާޓީއެއްވެސް ނެތް ކަމަށެވެ.

މިއަދު ފެށި ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގައި އިންތިހާބު ކުރުމަށް ހަމަޖެހިފައިވާ 32 މަގާމަށް 60 އަށްވުރެ ގިނަ ބޭފުޅުން ކުރިމަތިލައްވާފައިވެއެވެ. ކޮންގްރެސް ފެށުމަށް ބާއްވާ ޖަލްސާއަށް ފަހު ފުރަތަމަ ބާއްވާ ސެޝަންގައި ޖޭޕީގެ އައު ދިދަ އާއި ލޯގޯ އިފްތިތާޙް ކުރެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

 1. ބަލާބަލަ

  އިންޑިއާ އާއި ރާއްޖޭގެ ގުޅުން ރަނގަޅު ކުރަން މަތީ ފެންވަރުގެ މަޝްވަރާތަކެއް ބާއްވާނެ ބޭނުމެއް ނެތޭ ދެން ރިޔާސީ އިންތިޚާބު ނިމެން ދެން އިންޑިއާ އާއި ރާއްޖެ އާއި ދެމެދު އޮތް ގުޅުން މިހާރު އޮތް ލެވެލް ގައި ބާއްވަންވީއޭ އިންޑިއާ މިހާރު ދަތުރު ކޮށްފައިވާ ހިސާބުން އިންޑިއާގެ އަސްލު ސޫރަ ވަނީ ދިވެހިންނަށް ދަސްވެ ނިމިފައޭ އެއް ފުޅައް މަތިން ފުންމާލި ބަކަރި އަނެއް ފުޅައް މަތިން ފުންމާލާނެއޭ އިންޑިއާގެ އެކަކަށް ވެސް ރާއްޖޭގެ އެއްވެސް ރިސޯރޓަކުން ވާރކް ވިސާ ދީގެން ނުވާނެއޭ ހަމަ އެގޮތަށް ލަންކާ އެކަކަށް ވެސް ރާއްޖޭގެ އެއްވެސް ރިސޯރޓަކުން ވާރކް ވިސާ ދީގެން ނުވާނެއޭ މިހާރުވެސް އިމިގްރޭޝަން ގެ ވެބް ސައިޓް ގައި ދިވެހިންނަށް ވަޒީފާ ދޭން ރައީސް ބޭނުންވާ ކަމަށް ސިޓީ އެއް އޮވޭ ލިޔެ ޝާއިއު ކޮށްފައި އެކަމަކު ރާއްޖޭގެ ރިސޯރޓްސް ތަކަށް އެއްވެސް ރިސްޓްރިކްޝަނެއް ނެތި މަހަކު 20 ހާސް ޑޮލަރާއި 500 ޑޮލަރާއި ދެމެދުގެ މުސާރައިގެ ވަޒީފާ ތައް ދިވެހިންނަށް ނުދީ ބޭރު މީހުންނަށް ދެނީ އެއީ ކާކު ބުނެގެންތޭ. ރީތިރަށް ބަލާ

 2. ކެރިބަލަ

  އިދިކޮޅު ކޯލިޝަން އިން އެމްޑީޕީ އަށް ކެނެރީގެ ނަޝީދުނޫން އެއްއްޗެއް ނުދެއްކޭނެއެވެ. ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް އޮތީ މިހާރު ޖޭޕީ އަތުގައި ދެން ޑރ. ޖަމީލުގެ ޓީމް އޮތީ ޖޭޕީ އަތުގައި ދެން އަދާލަތު އޮތީ ޖޭޕީ އަތުގައި ދެން އެހެންވީއިރުން އެމްޑީޕީ އެކަނި ވާއިރު އެމްޑީޕީގެ ޕްރައިމަރީ އަކީ އެއީ ރަންރީނދޫ ޓްވިޓަރޭ މެން ވަގު ވޯޓް ލައިގެން ރިޔާސީ ކެންޑިޑޭޓް ހޮވާފައިވާ އިންތިޚާބަކަށް ވާތީވެ އެއިންތިޚާބުގެ ނަތީޖާ އެއް ގޮތަކަށް ވެސް ގަބޫލެއް ނުކުރެވޭނެއޭ އެއިންތިޚާބު ޖެހޭނީ އުވާލަން. އަލުން އެމްޑީޕީން ދެފުށް ފެންނަ ރިޔާސީ ޕްރައިމަރީ އެއް ބާއްވަންވީ ކުށްވެރި އަކާއި ނުލައި. އެނޫން ނަމަ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ކެނެެރީގެ ނަޝީދު އަމިއްލަ އަށް ވެގެން އޭނާ ދެން ދަ ރާއްޖެތެރޭގައި އުޅޭ މޮޔައިން 2008 ގައި ހެއްދި ގޮތަށް މަމެން ހައްދާލާނެ ކަމަށް އޭނާ އަށް ހީކުރެވޭނަމަ އެއީ ގޯހެކޭ ޖޭޕީން ގާސިމް ކެރިގެން ބުނަންވީ ކެނެރީގެ ނަޝީދު ރިޔާސީ ކެންޑިޑޭޓަކަށް ނުވެވޭނެއޭ އޭނާ އަކީ ކުށްވެރިއެކޭ. ކެރިބަލަ.

 3. އޯރބިޓް

  ކޮބާ ކޮބާ ސަލާންޖަހަނީތަ..؟ އަތަށްގޮވީ ދޯ...ސޭޓްގެ ލާރިކޮޅު ފަހަތުން އެނބުރޭ މީހުން ލައިގެން ދުއްވީމަ އުޅަނދު ތިއޮތީ ފަލަކުން ނައްޓަގެންގޮސްސަ..ފަލަކީ ހިސާބުތައްކާގޮތުން ދެން ހަމަޔަކަށް އެޅޭނީ ކުރޫން ބަދަލުކޮއްގެން މުޅިން އާމިޝަނެއްގަ

 4. ނުރަބޯ

  ތިޔައީ މާކުރީގެ ވިސްނުމެއް. ތިޔަ ވިސްނުން ބަދަލުކޮށް ސަރުކާރަށް ތާއީދުކޮށްގެން ކުރިޔަށް ދިޔުން މާ އައުލާކަން ބޮޑު.

 5. ޖޮއްބެ

  އަޅުގަނޑުމެންނަށްވެސް އެހެންމީހުންނާ ނުލާ ކާމިޔާބު ލިބުމަކީ ނާދިރުކަމެއް ދެއްތޯ؟ ސަބަބަކީ އަޅުގަނޑުމެންނަކީ އަބަދު ވެސް އަމިއްލަ އެދުމަށްޓަކައި ސަރުކާރު ބަދަލުކުރަން ފޫގަޅައިގެން އުޅޭ ބަޔަކަށް ވާކަން.

 6. ކުރާތި

  ޖޭޕީގެ ތިން ވަނަ ކޮންގްރެސް ފަށައިފި ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ މަމެން އުއްމީދު ކުރަމޭ މިއަދުން ފެށިގެން ޖޭޕީން އެމްޑީޕީ ފުނޑާލަން މަސައްކަތް ކުރާނޭ ކަމަށް. އެކަމަށް އޮތް އެންމެ ރަނގަޅު ފުރުސަތު މިހާރު މިއޮތީ އައިސްފައޭ އެއީ ޖޭޕީގެ ތެރޭގައި އެމްޑީޕީގެ ގައުމީ މަޖްލީސް އޮތްވާ އެމެން މެދުވެރިކޮށް މަޖްލީހުގެ މެމްބަރުންގެ ގޮތުގައި ނެތް އެމްޑީޕީ ގައުމީ މަޖްލީހުގައި އުޅޭ ހުރިހާ މީހުން ކަހާލަންވީއޭ އެއިރުން ދެން އެމްޑީޕީގެ ސެކްރެޓޭރިއެޓް އަށް ލޮބީ ކޮށްގެން ގަރާރެއް ފާސް ކޮށްލާނީ އެމްޑީޕީގެ އެމްޕީންގެ ގޮތުގައި ތިބި މީހުން އެހެން ޕާރޓީ ތަަކަށް ދާން ބޭނުން ނަމަ 30 ދުވަސް ތެރޭގައި އެކަން ކުރުމަށް. އެކަން ކުރެވިދާނެ ނޫންތޭ އެމްޑީޕީގެ ޗެއަރ ޕާރސަން ސޮއި ކޮށް އަދި އެމްޑީޕީގެ ލެޓަރ ހެޑް ގައި އެމްޑީޕީގެ ތައްގަނޑު ޖަހާފައި ނެރޭ ސިޓީ އަކުން. އަދި ހަމަ އެދަނޑި ވަޅުގައި ކެނެރީގެ ނަޝީދުގެ ސެކްރެޓޭރިއެޓް ވެސް އެމްޑީޕީގެ ސެކްރެޓޭރިއެޓް އިން ސަސްޕެންޑް ކޮށް ހަދާ އޭނާ ކުރާ މަސައްކަތް ވެސް ދެން ކުރާނީ އެމްޑީޕީގެ ސެކްރެޓޭރިއެޓް އިން ކަމަށް ނިންމާނީ އެމްޑީޕީގެ ޗެއަރ ޕާރސަން ސޮއި ކޮށް ނެރޭ ސިޓީ އަކުން. އެއިރުން ދެން އެމްޑީޕީ ފުނޑިގެން ދާނެއޭ. އެއިރުން އެމްޑީޕީގައި ތިބޭނީ ކެނެރީގެ ނަޝީދު އާއި އީވާ އެކަންނޭ އެހެން އެންމެން ތިބޭނީ ޖޭޕީ ގައޭ އެކަން ކުރެވޭނެ ގޮތެއް އޮތް ތޯ ބަލަންވީއޭ. ދެން އެމްޑީޕީގެ މައުތު ޕީސް ކަމުގައިވާ ރާއްޖެ ޓީވީގެ ހިއްސާ ވިއްކަން ރާއްޖެ ޓީވީގެ މާލޭގައި ތިބޭ ހިއްސާ ދާެރުންނަށް ލޮބީ ކޮށްގެން އެމެންގެ ހިއްސާ ގަނެލާ ރާއްޖެ ޓީވީ ވެސް ޕީޕީއެމް އިން ގަނެލީމާ ނިމުނީ އެވެ. ހަމަ އެގޮތަށް ސަންގު ޓީވީގެ ވެސް މެޖޯރިޓީ ޝެއަރ ޕީޕީއެމް އިން ގަނެލީމާ ނިމުނީއޭ. މިކަން ކަން ކުރަން ސަރުކާރުން ފއިސާ ހޯދާނީ ޗައިނާގެ އިންވެސްޓަރުން ގެނެސްގެން އެމެންނަށް އަދި މާލެ ސަރަހައްދުން 20 ފަޅު ވަރު ވިއްކާލާ ނުވަތަ ކުއްޔަށްދީގެން އެމެންނަށް ލޮބީ ކޮށްގެން ލިބޭ ފައިސާ ތަކުންނެވެ. މިކަން ކުރެވޭނެ ސަރުކާރުން ސްޓްރެޓެޖިކް ގޮތެއްގައި މިކަން ކޮށްފިނަމަ..

 7. ދޫނިުދޭތި

  ޖުލައި 15 އިގެ ކުރިން އެއް ކެނޑިޑޭޓެއް ނެތްނަމަ ޖޭޕީއިން މީހަކު ނެރެނީ ނަމަ އެކަމަކީ އެއީ މަމެން އުފާ ކުރާ ކަމެކޭ މަމެން އުއްމީދު ކުރަމޭ އެމްޑީޕީ އާއި ނުލައި ޖޭޕީން ކެންޑިޑޭޓަކު ނެރޭނެ ކަމަށް. އެމްޑީޕީ ފުނޑާލުމުގެ ރޯޑް މެޕް ޖޭޕީން އިއުލާން ކޮށް ހަދާ ސަރުކާރާއި ގުޅިގެން އެމްޑީޕީ އަށް ކޮންގްރެސް ނުބޭއްވޭނެ މަގު ތަނަވަސް ކޮށް ހަދާ އަދި އެމްޑީޕީގެ ސެކްރެޓޭރިއެޓް ތެރެ ރޫޅާލާ އެތަނުގެ ވަޒީފާ ގައި ތިބި މީހުންނަށް ކުއްލި އަކަށް ބޮޑެތި މުސާރަ ދީފައި މުލިއާގޭގައި ހުރި ފަސްޓް ލޭޑީ ކެމްޕެއިން އޮފީހަށް ބަދަލު ކޮށް ހަދާ އެމްޑީޕީ ފުނޑާލަންވީ ޖުލައި މަހުގެ 10 ވަނަ ދުވަހުގެ ކުރިން. އެއިރުން ދެން އިދިކޮޅު ޕާރޓީ އަކަށް އޮންނާނީ ޖޭޕީ އެކަނި އެވެ. އަދާލަތު ދެން އޮވެގެން ނުވާނެ އެޖާ މީހުން މަދު ޕާރޓީ އެއް އެޕާރޓީގެ ބޮޑުން ލައްވާ އެޕާރޓީ އުވާލަން އިލެކްޝަންސް ކަމިޝަނަށް ހުށަައަޅާ އެޕާރޓީގެ ހުރިހާ ބޮޑުން ތައް ވެސް ޖޭޕީ އަށް ކަހާލާނީ އެވެ. ދެން ޖޭޕީން ވަޒީފާ ދޭން ބުނާ މީހުންނަށް މަމެން ވަޒީފާ ދޭނަމެވެ.

 8. މާމިގިލީ މީހާ

  ޖޭޕީ ޕާޓީއަކީ މުޅި ދިވެހިރާއްޖޭގެ ހަލާކު.. ހާއްސަކޮއް ގާސިމް އަކީ ގައުމު ހަލާކު ކުރާ މީހާ.. ވެރިކަމުގެ ދަހިވެތިކަމުގައި

 9. ކެނެރީ ސޮނި މުގާބޭ

  ގެފުޅު އަރިހުގައި ރ.ޔާމީނަށް ބަދުދުޢާ ކުރާ ފޮޓޯ ނެގީ ޖުމުހޫރީ ޕާޓީން ކަމަށް ވަނީ... ބުރުމާ ކާސިމުގެ ކެމްޕޭނު ވީޑިޔޯ ވެސް 5 ދުވަސް ކުރިން ލައިވް ކެނޑި ވީޑިޔޯ ޑިލީޓްވެ ފާޓީތެރެ ފަނިވެ ބަނޑުގަރަގަރަ ޖަހާ މީހުންގެ އިތުބާރު ގެއްލުމަކީ ކާސިމްބެ މެން ކައްޕިތާނު ކޯހެއް ސިޔާސީގޮތުން ނުހަދާ ތިބިކަމުގެ ހެކި... މަގޭ ދުޢާއަކީ ރަސްމީކޮށް ޖުމުހޫރީ ޕާޓީން ގެފުޅު އަރިހުގަ ނެގިފޮޓޯ އަށް އެއްބަސްވެ މާފަށް އެދުމުގެ ކުރީން ދިވެހި ދަރުޔަކު މިކަހަލަ ހައިވާނީ އަމަލުތަށް ހިންގާ ޖުމުހޫރީ ޕާޓީ އަށް ވޯޓް ނުލިބިބާކިވުން.. ވިސްނި މާފަށް އެދިއްޖެނަމަ ކާމިޔާބުވުން

 10. ދިވެއްސެއް

  ސަމީރު 6 ރޯދަވެސް ނިމުނޭ، އަދިވެސް ވެރިކަމުގަ ހުރީ ޔާމިން. ކަލޭ އަނގައިން ބުނީ، ރޯދަ ނިމޭ އިރު ޔާމިން ވެރިކަން ނިމޭނެޔޭ. ދެން ކަލޭ ވާހަކަ ގަބޫލް ކުރާނީ ކިހިނެއް.

 11. މޮންޓް

  ޖޭޕީއިން އިސްކަންދެނީ ގައުމަށްކަމަށް ވާނަމަ އަވަހަޢް ގާސިމު ރައްޔިތުންނަށް ދޭންޖެހޭ ހުރިހާ ފައިސާއެއް ދައްކައި ޚަލާސްކުރޭ! އޭރުން ސެކުޓަރީ ޖަނަރަށްގެ ވާހަކަ ގަބޫލު ކުރެވިދާނެ!

 12. ޕޮފުބާ

  ދެން ޖ ޕ އަށް ކާމިޔާބު ވޭތަ؟ ބަޔަކާނުލާ

 13. ތަރާގަނޑު

  ކަލޭމެންނާ ނުލާ މިގައުމެއްވެސް ނޯންނާނެ މިހާރުވެސް އުދައަރަންފަށައިފި ދެންދާނީ އަޑިޔަށްދޯ ހީހީ ބޯހަލާކު.