ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖްގެ ވޮލެޓް މަގުމަތިން ނަގައި މީހަކު އޭނާ އާއި ހަވާލު ކޮށްފިއެވެ.

ސިރާޖު މިއަދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ، އޭނާގެ ވޮލެޓް މަގުމައްޗަށް ވެއްޓިފައި އޮއްވާ އެފެނުނު ފަރާތުން އޭނާގެ ނަންބަރު ހޯދައިގެން ވޮލެޓް ހަވާލު ކޮށްފައިވާ ކަމަށެވެ.

ސިރާޖުގެ ވޮލެޓް ގެއްލިގެން އުޅެނިކޮށް މީހަކު އޭނާ އާއި ވޮލެޓް ހަވާލު ކޮށްފައިވާއިރު، ވޮލެޓް ގެއްލުނީ ކޮން އިރަކު ކަމާއި ވެއްޓިފައިވަނީ ކޮން ސަރަހައްދަކަށް ކަން ހާމަކޮށްފައެއް ނުވެއެވެ.

އަދި އެއިރު، ވޮލެޓުގައި ކިހާ އަދަދެއްގެ ފައިސާއެއް ހުރިކަނަ ސާފުވެފައެއް ނުވެއެވެ.

“ތިޔަ ކޮއްދެއްވި ހޮޔޮ އަމަލަށް ވަރަށް ބޮޑަށް ޝުކުރުވެރިވަން. މާތްالله ތިބާއަށް ހެޔޮރަހުމަތް ލައްވާށި. آمين” ސިރާޖު ކުރެއްވި ޓުވިޓުގައި ވިދާޅުވިއެވެ.

މިކަމާއި ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް ސިރާޖަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ އިތުރު މައުލޫމާތެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ބޯބުޅި

    އެފަކީރަށް އެއްވެސް ޚައިރާތެއް ކޮށްލިބާ؟ ގައިމު މުސާރައިގެ ގޮތުގައި 80ހާސް ލިބޭމީހަކު ހެޔޮ ދުޢާގެ އިތުރުން ރަނގަޅު އަދަދަކުން ޚައިރާތެއް ކޮށްލުންވެސް ވާނީ އެކަމުގެ އަގު ވަޒަން ކުރިކަމަށް.

    10
    1
    • ަސަސަސަހަރޯ

      ޚައިރާތެއް ކުރިނަމަ ބުނަން ޖެހޭތަ؟

    • ދީދީ

      ދީފަ ކީމަ އަމަލު ބާތިލް ވާނެ

    • މީ

      ޔޫ އަށް އެނގޭ ކަށް ނުޖެހޭނެއެވެ

  2. ރަން ރީނދޫ

    ސިޔާސީ މީ ހުން ވައްކަން ކުރިއެއް ކަމަކު،ރައްޔިތު މީ ހާ ވައްކަން ކުރަން ބޭނުމެއް ނުވޭ.

  3. އިންޑިއާ އައުޓް

    މިރާއްޖޭގަ ހުސްތިބީކީ މަޖިލީސް މެމްބަރުންކަހަލަ ވަގުންނެއް ނޫން އެކަން ވަގުންނައް އެނގިއްޖެ ދެއްތޯ