ބޭރުގެ ނުފޫޒު ތަކުން ދިވެހި މީޑިއާތައް ހިމާޔަތް ކުރުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށާއި، ޑިމޮކްރެސީގެ ހަތަރު ވަނަ ބާރު ތާހަކަށް ލާފަ ތެލުލަން ފުރުސަތެއް ނުދެވޭނެ ކަމަށް ހުޅުމާލެ ދާއިރާގެ ކައުންސިލަރު އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު މިހެން ވިދާޅުވީ، އިންޑިއާ އާ ދެކޮޅަށް ޝުއޫރުފާޅު ކުރާ ނޫސްތަކާއި އަމިއްލަ ފަރުދުންނަށް ފިޔަވަޅު އެޅުމަަށް އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރަށް އެންގުމާއި ގުޅިގެންނެވެ.

ޝުޖާއު ވިދާޅުވީ، ޑިމޮކްރެސީގެ 4 ވަނަ ބާރު ތާހަކަށް ލާފަ ތެލުލަން ފުރުސަތެއް ނުދެވޭނެ ކަމަށެވެ.

"ޑިމޮކްރެސީ ހިމާޔަތް ކުރުމުގެ ބަދަލުގައި ތިޔަ އަޅުވަނީ އަނގާގައި ބޮޑު ތަޅު.އެހެނެއް ނެހެދޭނެ". ޝުޖާއު ވިދާޅުވިއެވެ.

އިންޑިއާއާ ދެކޮޅަށް ޝުއޫރު ކުރާ ފަރާތްތަކަށް ފިޔަވަޅު އިންޑިއާއިން އަންގާފައިވަނީ ރާއްޖޭގަައި ހުންނަ އިންޑިއާ އަމްބަސީން ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް ފޮނުވި ސިޓީއެއްގައެވެ.

"ދިޔަރެސް" ނޫހުން ރިޕޯޓްކޮށްފައިވާގޮތުން، އެ ނޫހަށް ފިޔަވަޅު އަޅަން އެ އެމްބަސީން ވަނީ ދިވެހި ސަރުކާރަށް އަންގާފައެވެ.

ސަރުކާރުގެ އޮފިޝަލަކާއި ހަވާލާދީ ދިޔަރެސް ނޫހުން ރިޕޯޓްކޮށްފައިވާގޮތުގައި، އެ ސިޓީގައި އިންޑިއާ ހައިކޮމިޝަނުން އެދިފައި ވަނީ އިންޑިއާ ހައިކޮމިޝަނާއި، ހައިކޮމިޝަނުގެ އިސްވެރިންނާއި މުވައްޒަފުންގެ އަބުރާއި ކަރާމާތަށް އުނިކަން އަންނަ ގޮތަށް ރާއްޖޭގެ ނޫސްތަކުގައި އާއި، މީސް މީޑިއާގައި ޝުއޫރު ފާޅުކުރަމުންދާކަން މިނިސްޓްރީގެ ސަމާލުކަމަށް ގެންނަން ބޭނުންވާ ކަމަށް ކަމަށެވެ.

އަދި މިއީ ވަރަށް ބޮޑަށް ރޭވިގެން، ޒާތީގޮތުން ދެމުންދާ "ހަމަލާ" ތަކެއްގެ ގޮތުގައި އިންޑިއާ ހައިކޮމިޝަނުން ސިފަކޮށްފައިވާ ކަމަށް އެ ނޫހުގައި ވެއެވެ.

އިންޑިއާ ހައިކޮމިޝަނާއި ހަވާލާދީ ދިޔަރެސް އިން ރިޕޯޓްކޮށްފައިގޮތުގައި، އެ ހަމަލާ ތަކަކީ އިންޑިއާ ސަރުކާރާއި، ރައްޔިތުންނާއި ދެމެދު ދިވެހިންގެ މެދުގައި ނަފްރަތު އުފެއްދުމަށް ކުރާކަމެއްގެ ގޮތުގައި ދެކޭކަމަށެވެ. އަދި މިފަދަ ހަމަލާ ތަކުގެ ސަބަބުން އިންޑިއާ ހައިކޮމިޝަންގެ މަސައްކަތަށް ހުރަސް އެޅޭ ކަމަށާއި އަދި ރާއްޖެ އާއި އިންޑިއާ އާއި ދެމެދު އޮތް ގާތް ގުޅުމަށް ބުރޫއަރާނެކަމަށް ބުނެފައި ވާ ކަމަށް އެ ސިޓީގައިވާ ކަމަށް އެ ނޫހުން ބުނެފައި ވެއެވެ.

އެ ސިޓީގައި އިންޑިއާ ހައިކޮމިޝަނުން އެދިފައި ވަނީ އިންޑިއާ ހައިކޮމިޝަނާއި، ޑިޕްލޮމެޓުން އުޅޭ ތަންތަނުގެ ސެކިއުރިޓީ ވަރުގަދަ ކޮށް އެމީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށާއި، އިންޑިއާ އާއި ދެކޮޅު ހިޔާލާއި ޝުއޫރު ފާޅުކުރާ ފަރުދުންނާއި ނޫސްތަކަށް ފިޔަވަޅު އެޅުމަށް ކަމަށް އެ ނޫހުން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ވައިކިންގ

    އިންޑިޔާ އައުޓް

    14
  2. ކާފަބޭ2020

    # އިންޑިއާއައުޓު# އަހަރުމެންގެރިހާކުރުތެލީގެތެރެއަށް އިންޑިއާއިންއުނދުޅިބާނާނަމަ މިހެންހަމަގޮވާނަން ލިޔަންވެސްލިޔާނަން! ފަލަސްތީނުގަހިނގާކަންތަކަށްވިސްނާލާ އެމީހުންއަތަކުވެސް އިޒުރޭލާކުރިމަތިލާންހުރީ ހިލަކޮޅެއް! އިޒުރޭލުގެކުރިމަތީ ކުޑަކަކޫޖެހިތަ؟ ކަމާގުޅުންހުރިހުރިހާފަރާތްތަކުންވިސްނާލާ! ރައްކާވެތިބިއްޔާ ދަތުރުކުރެވިދާނެކަމަށްބުނެއުޅޭދޯ؟

  3. ޓަކިބެ

    އިންޑިއާ ފުއްޕާނެ ވަރަކަށް ފުއްޕަންވީ. ކިޔާނެ އެއްޗެއް ކިޔާނީ. ލިޔާނެ އެއްޗެއް ލިޔާނީ. އަހަރުމެންގެ އަނގަޔަކު އަތަކު އިންޑިއާއަށް ނުހިފެހެއްޓޭނެ. މި ގައުމަށް ވެރިވެގަނެގެން އުޅޭހާ ދުވަހަކު ކިޔާނަން.

    12
  4. ހާސަރުބޮޑި

    ކަލޯމެން ތިވާހަކަ ދައްކަން ރީއްޗެއްނޫން. އަބުރުގެ ދައުވާއޭކިޔާ އެއްޗެއް ފާސްކުރީ ތިމީހުންގެ ވެރިކަމުގައި، މިހާރުދެން އަންގަ ބޮޑުވެގެން ތިޔަތެޅެނީ. ހަމަލަދުގެ ކަންފުކެއްވެސް ނެތީތަ

    3
    5
  5. ފަޓާސް

    މިކަލޭގެ މިޤައުމުން ބޭރުކޮށްދޭނި ފަހެ ކާކުބާ

  6. ތަކުރުފޭން

    މޮޅެތި އެއްޗެއް މި އިދިކޮޅު މީހުންވެސް ބުނާނެ . ފަހަތުފަޔަށް ބުރަވެތިބެ. ކޮބާތެ ކަލޭމެން އިދިކޮޅީން ގައުމު ވީދައިގެން ތަންތަންކޮޅު އިންޑިއާ އަށް ގެންދާއިރު މިމީހުން ވެސް މިތިބެނީ އަރިމަތީފަޔަށް އެރިފައި.

  7. ސސ

    ތިޔަ އެމްބަސީ އަށް ޑިމޮކްރަސީ ނޭގުނުކަމީ ހެއްވާ ކަމެއް، އެންމެ ބޮޑު ޑިމޮކްރަސީ ޤައުމޭ ކިޔާ ޤައުމަށް !