ހުލުމާލެ އާއި މާލެއާއި ދެމެދު އަޅާ ބްރިޖާއި، އައިޖީއެމްއެޗްގެ 25 ބުރީގެ އާ އިމާރާތް ނުވަތަ ދަރުމަވަންތަ ހޮސްޕިޓަލަކީ، ރައީސް ޔާމީން ހޯއްދެވި ޢާމްދަނީއަކުން ލިބުނު ފައިސާ އިން އަޅާ ތަންތަނެއް ނޫން ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

މިއަދު މުސްތަފާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ބްރިޖާއި އައިޖީއެމްއެޗްގެ އިމާރާތަކީ ދިވެހި ރައްޔިތުންނާއި ޤައުމު މޯގޭޖްކޮށްފައި ނެގި ދަރަންޏަކުން އަޅާ ތަންތަން ކަމަށެވެ.

މުސްތަފާ މިގޮތަށް ވިދާޅުވެފައި މިވަނީ، ބްރިޖްގެ މަސައްކަތާއި ދަރުމަވަންތަ ހޮސްޕިޓަލުގެ މަސައްކަތް މި ސަރުކާރުން އިއުލާން ކުރުމުން، އެއީ ވާނޭ ކަމެއް ނޫންކަމަށް މުސްތަފާ ނިސްބަތްވެވަޑައިގަންނަވާ އިދިކޮޅު ސިޔާސީ ޕާޓީތަކުން މީގެ ކުރިން ދިޔައީ ބުނަމުންނެވެ. ނަމަވެސް އެ މަޝްރޫޢުތަކުގައި ހަޤީޤީ ކުލަ ޖެހި، މަސައްކަތް ނިމެން ގާތްވެފައިވާތީ އިދިކޮޅު ފަރާތްތަކުން އަނގަ ބަންދުވެ ރައްޔިތުންނަށް އޮޅުވާލުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

ސިންގަޕޫރު ޝެންހުއާ ކުންފުންޏަކާ ހަވާލުކޮށްގެން ސަރުކާރުން ކުރިއަށް ގެންދާ ދަރުމަވަންތަ ހޮސްޕިޓަލުގެ މަސައްކަތަކީ ދައުލަތުގެ ބަޖެޓުން 140 މިލިއަން ޑޮލަރު (2.1 ބިލިއަން ރުފިޔާ) ހޭދަކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. އަދި ހުޅުމާލެ އާއި މާލެ އާއި ދެމެދު އަޅާ "ޗައިނާ މޯލްޑިވްސް ޕްރެންޑްޝިޕް ބްރިޖު"ގެ މަސައްކަތަކީ ގާތްގަނޑަކަށް 200 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. އޭގެތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާގެ ހިލޭ އެހީއެވެ.

ބްރިޖާއި ދަރުމަވަންތަ ހޮސްޕިޓަލްގެ މަސައްކަތްވެސް މިއަހަރުގެ ތެރޭގައި ނިމި ޚިދުމަތްދެވެން ފަށާނެ ކަމަށް ކުރިން ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ހުސޭނުބެ

  އަނެއްކާ އަނެއް ކޮސްވާހަކަ، ކާކުބުނީ ޔާމީނުގެ މިލްކިއްޔާތުންނޭ ބުރިޖް އަޅަނީ، މުސްޠަފާ އަކީއަބަދުވެސް ތަސައްރަފުނުފުދޭ ވާހަކަ ދައްކާމީހެއް.

 2. ހުސޭނުބޭ

  އެހެންވިއްޔާ ލަނޑާ ވިއްކައިގެން ހޯދި ލާރިޔަށް އަޅާ ބުރިޖެއް އެއީ!

 3. ކާމިލް

  ދެން މުސްތަފާ މުސްތަފާ އާއި ޖިންނި ހޯދި ލާރިން ކީއްވެ ކުރިން ނޭޅީ...

  ރައީސް ޔާމީން 2018

 4. ނުރަބޯ

  އެމްޑީޕީގެ ރޫޙާނީޑީލަރު ކެރަފާ ނަޝީދު ބުނެފަވަނީ ބްރިޖެއް ނޭޅޭނެޔޭ ބްރިޖެއް ނޭޅޭނެޔޭ. ނަމަވެސް މިއަދު އެއްކަލަ ބްރިޖް މާތްﷲގެ ވާގިފުޅާއެކު އަޅަންފަށާ އެދަނީ ނިމެމުންނެވެ. ހަމަ އެ ޑީލަރުގެ ވެރިކަމުގައި ޞިއްޙީ ނިޒާމު ވިޔަފާރި އުޞޫލަށް ފައްތާލުމުން އެ ނިޒާމު މުޅިން ބޮއްސުންލާ ފެއިލް ވެގެން ދިޔައެވެ. މިއަދު މާތްﷲގެ ވާގިފުޅާއެކު ރައީސް ޔާމީންގެ ޙިކްމަތްތެރި ސިޔާސަތުގެ ސަބަބުން ހަމަ އެހޮސްޕިޓަލަށް ގެނެސްފައިވާ ކުރިއެރުމާ ތަރައްގީ އަމިއްލަ އަށް ތަޖްރިބާކޮށްބަލާށެވެ. އިހަށް އެކަށީގެންވާ ބޭސްފަރުވާ އެއް ލިބެން ނެތް އައިޖީއެމް ހޮސްޕިޓަލުން މިއަދު މަތީފެންވަރުގެ ފަރުވާ އެދަނީ ލިބެމުންނެވެ. މީގެތެރޭގައި ކެންސަރު ގެ ޚާއްޞަ ފަރުވާ އާއި ހިތުގެ ބަލި ތަކުގެ ޚާއްސަ ފަރުވާ ހިމެނެއެވެ. މިފަދަ ކުރިއެރުންތަކެއް ލިބިފައި އެވަނީ މާތްﷲގެ ވާގިފުޅާއެކު ރައީސް ޔާމީން ގެންގުޅުއްވި ޙިކްމަތް ތެރި ހަރުދަނާ ސިޔާސަތުގެ ސަބަބުން ކަމަށްވާއިރު މިކަންކަމުގެ މައްޗަށް ފަސްއަޅާފޮރުވަން ތިމަރަ މުސްތޮފާ ކަހަލަ ނުކިޔަވާހުރި އިގްނޮރަންޓް އަދި ކޮރަޕްޓް ދަރަނިބޮލަކު ތިޔަހެން ދައްކާލާ ވާހަކައަކީ ރައްޔިތުންގެ ތެރޭން ޒާތީ ތަޢައްޞަބުން އެއްކިބާވެފައިވާ ހަމަ ވިސްނޭ މީހުން ގަބޫލު ކުރާނެ ކަންކަމެއްނޫނެވެ.....!!!!

 5. އަފްލާ

  މުސްތަފާބެއަށއ އެނގޭތަ ؟ ކިތަންމެ ފައިސާއެއް ހުއްޓަސް ސިކުޑީގެ ބޭނުން ރަނގަޅު ގޮތުގަ ހިފައިގެން ނޫނިޔާ ހަރުދަނާ މަސައްކަތެއަ ނުކުރެވޭނެ އެކަމުގެ ހެއްކެއްނުންތޯ މުސްތަފާ ބެއަކީ ވ މުސސަނދި ފައިސާވެރިއެއް ކޮބާ ވީކަމެއް

 6. ރަށްދު

  އެމްޑީޕީ ވެރިކަމުގަދޯ ހުރިހާކަމެއް އެކުރަނި

 7. ޑިމޮކްރަޓިސްޓް

  ކަލޯ ފެނޭދޯ މިހާރު ކަންކަން ކުރަންކެރޭ ރައީސުން.. މިހާރު އަވަހަށް ހޮސްޕިޓަލަށާ، ބުރިޖަށް އަރާހިތްވީމަ ރާގު ބަދަލުވީދޯ.. މާލޭ ސިޓީކައުންސިލުން މުސާރަނަގާ ގޮނޑިހޫނުކޮށްފަ މުސާރަ ކަނީ އެއީ ރައްޔިތުންފައިސާއޭ، ރައީސްޔާމީނުގެ ލާރިއެއްނޫނޭ.. ކަލޭ މިކަމަށް ޓްވީޓެއްކޮށްބަލަ ތިހާރައްޔިތުން ވެގެން އުޅޭއިރު..

 8. ކޮސްތަފާ

  ރައީސް ޔާމީން މަސައްކަތް ކޮއްގެން ލާރިހޯަދައިގެން މިކަންކަން ކޮއްމިނިންމަނީ..ރައްޔިތުން ރައީސް ޔަމީން އިންތިހާބު ކުރީ މިކަންކަން ކުރަން..ކަލޭމެންހެން ޕޯޑިއަމްތކަށް އަރާތިބެ ކޮސްގޮވާ ހިސާބުދިމާނުވާ ވާހަކަދައްކާ ގައުމުގަ ހުޅުޖަހާ ގައުމުގެ މައި ދޮރާށި ވިއްކާ ދީނާއި މިނިވަންކަން ކަލޭމެންގެ އަމިއްލަ ފައިދާޔަށް ފުނޑާލާ އުސޫލުން ކަންކުރާކށެއްނޫން...ކަލޭމެންނީ ތިޔާ ކަނޑު ކޮހުން...

 9. ތަރާގަނޑު

  މުސްތަފާ ކަލޭ ސޫފިލަނޑާ ވިއްކައިގެންވެސް ބުރިޖެއްނޭޅުނެއްނު ދެން މިހާރު ބުރިޖު ހުޅުވެން ކައިރިވީމާ ކޮސްގޮވެނީ ބުރިޖަށް ކަލޭ އަރަންނުޖެހޭނެ ކަމަށްދޯ! ނާރަންޏާހުރޭ އިންޑިއާ އިން ކަލެޔަށް ކަޅުއޮއްފުންމި ބަނދެދޭނެ ހުޅުމާލެއަށް ދާން.