ހިތާން ކޭމްޕެއް ބާއްވަން އައިޖީއެމްއެޗުން ނިންމައިފިއެވެ.

އައިޖީއެމްއެޗް އިން ނެރުނު ބަޔާނެއްގައި ބުނީ މިއަހަރުގެ ޚިތާނުކުރުމުގެ އަމަލީ މަސައްކަތް ކުރިއަށްދާނީ އައިޖީއެމްއެޗް ހޮސްޕިޓަލާއި ހުޅުމާލެ ހޮސްޕިޓަލާއި ގުޅިގެންނެވެ. ޚިތާނުކުރުމާއި އެއަށްފަހު އެޑްމިޓްކުރުން ހަމަޖެހިފައިވަނީ ހުޅުމާލޭ ހޮސްޕިޓަލުގައެވެ. ޚިތާނުކުރުން ކުރިއަށް ގެންދާނީ އައިޖީއެމްއެޗް އަދި ހުޅުމާލެ ހޮސްޕިޓަލުގެ ސާރޖަރީ ޑޮކްޓަރުންނެވެ.

ޚިތާނުކުރުން ފެށުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 10 ވަނަ ދުވަހުން އޮގަސްޓްމަހުގެ 05 އާއި ހަމައަށެވެ.

އައިޖީއެމްއެޗް އިން މިއަހަރު ޚިތާނުކުރުމަށް ހަމަޖެހިފައިވަނީ ޖުމްލަ 200 ކުދިންނެވެ. ނަން ނޯޓްކުރުން ކުރިއަށްދާނީ 01 ޖުލައި އިން ފެށިގެން 07 ޖުލައި ގެ ނިޔަލަށް، ހުކުރުދުވަސް ފިޔަވާ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ން މެންދުރުފަހު 3:00 އާއި ދެމެދުއެވެ.

ނަން ނޯޓް ކުރުމަށް ކުއްޖާގެ އައިޑީކާޑާއި އެކު ބެލެނިވެރިޔާ ދުރުވާނީ ދަރުމަވަންތަ ހޮސްޕިޓަލްގެ ތިންވަނަ ފަންގިފިލާގައިވާ ސާރޖަރީ ކައުންޓަރަށެވެ. މި މުއްދަތު ތެރޭގައި ނަންނޯޓުކުރާނީ ހަމަޖެހިފައިވާ ތާވަލުގައިވާ ދުވަސްތަކުގެ ތަރުތީބުންނެވެ. އަދި އެ ދުވަސްތަކަށް ފުރުސަތު ދެވޭނީ ނަން ނޯޓުކުރާ ތަރުތީބުންނެވެ.

ނަން ނޯޓުކޮށްފައިވާ ކުދިން ޚިތާނުކުރުމުގެ އެއް ހަފުތާކުރިން ސާޖަރީ ޑޮކްޓަރަކަށް ދެއްކޭނެ އިންތިޒާމް ހޮސްޕިޓަލުން ހަމަޖައްސައިދޭނެއެވެ. ޑޮކްޓަރަށް ދެއްކުމަށްފަހު، ޚިތާނުކުރުމުގެ ކުރިން ހަދަންޖެހޭ ޓެސްޓުތައް ހެދުމަށް އިރުޝާދުދޭނެއެވެ. ހަދާފައިވާ ޓެސްޓުތަކުގެ ނަތީޖާ ލިބުމާއިއެކު އެ ހަފުތާތެރޭ ހޭނައްތާ ޑޮކްޓަރަކަށް އެޕޮއިންޓްމަންޓް ހަމަޖައްސައިދޭނެއެވެ. ހޭނައްތާ ޑޮކްޓަރު ޕީއޭސީ ފިޓްނަސް ދެއްވުމުން އެޑްމިޓްވުމަށް ދުރުވާއިރު ތައްޔާރުވާންވީ ގޮތާއި ދުރުވާނެ ތަނާއި ގަޑި ބެލެނެވެރިޔާއަށް ކިޔައިދެވޭނެއެވެ.

ޚިތާނުކުރުމަށް އޮޕަރޭޝަން ތިއޭޓަރަށް ގެންދާއިރު 72 ގަޑިއިރު ހަމަނުވާ ކޮވިޑް-19 ނައްސި ރިޕޯޓެއް އޮންނަންޖެހޭނެއެވެ. މި ޓެސްޓު ހެދުމުގެ އިންތިޒާމުވެސް ހޮސްޕިޓަލުން ހަމަޖައްސައިދޭނެއެވެ.

ޚިތާނުކުރާނީ އައިޖީއެމްއެޗް އަދި ހުޅުމާލޭ ހޮސްޕިޓަލުގެ ސާޖަރީ ޑޮކްޓަރުން، ކުރިން ރާވާފައިވާ ތާވަލެއްގެ ތެރެއިންނެވެ. ޑިސްޗާރޖް ކުރުމާއި ފޮލޯއަޕް ކުރުން އޮޕަރޭޝަން ތިއޭޓަރުން ހިތާނީ ވޯޑަށް ގެންދެވި ހަމަޖެހިފައިވާ އުސޫލުގެދަށުން ގެއަށް ދޫކޮށްލުމުގެ ކަންތައް ވޯޑް އިން ކުރިއަށް ގެންދެވޭނެއެވެ. ޚިތާނުކުރުމަށްފަހު ތިން ދުވަސް ފަހުން ޑޮކްޓަރަށް ދެއްކުމަށް އައިޖީއެމްއެޗްގެ ސާޖަރީ ޑިޕާޓްމަންޓްއިން އެޕޮއިންޓްމެންޓް އިންތިޒާމް ކޮށްދޭނެއެވެ.

ޚިތާނުކުރުމާއި ގުޅިގެން އެއްވެސް އިމަޖެންސީއެއް ދިމާވެއްޖެނަމަ އަވަސްފަރުވާ އަށް އައިޖީއެމްއެޗްގެ އެމަޖެންސީ ޑިޕާޓްމަންޓަށް ދުރުވުމުން އައިޖީއެމްއެޗްގެ ސާޖަރީ އޮންކޯލުގައި ހުންނަވާ ޑޮކްޓަރު ބައްލަވާނެ ކަމަށް އެހޮސްޕިޓަލްގެ ބަޔާނުގައި ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސްޓާފުން

    ޢައިޖީއެމްއެޗް ގައި ހުރިހާ ވައްތަރެއްގެ ޕާރޓިވެސް ބާއްވަންވީ، ވެރިން މެޑަލް ޖެހެން އޮތްގޮތަކްށް މެޑަލް ޖަހަން ކުރެވެންހުރި ހުރިހާކަމެއް ކިރަމުން ދާންވީ ހަމަ ބާރަށް ކުރިއައް... ޔުނީފޯރމްލާ ސްޓާފުންގެ ލާރި ކަމުންދަނީ 2019 އިންފެށިގެން، އެކަމަކު ކޮމެ އަހަރަކު ބަޖެޓްގަ ހިމަނާ... ޔުނީފޯރމް ލާ ސްޓާފުންގެ ފަރާތުން ސަލީމް އާއި އާތިފާ އައް ވަރަށް ސަލާމް...

  2. ފި ކުރީ

    ޚިތާނު ބާއްއ އްވަނީ ކޮން ޖިންސެ އް ކަން އއއެ އެނގޭތަ؟