ކޮވިޑް ޖެހިގެން މިރޭ ދިވެހި އަންހެނަކު ނިޔާވެއްޖެއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮވިޑް ޖެހިގެން ނިޔާވީ ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދިޔަ އަންހެނެކެވެ.

ކޮވިޑް ޖެހިގެން މިރޭ އިތުރު މީހަކު ނިޔާވުމުން ކޮވިޑް ޖެހިގެން ރާއްޖެ އިން ނިޔާވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 211 އަށް އަރާފައެވެ.

މާލެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު މަދުވަމުން އައި ނަމަވެސް އަދިވެސް ކޮވިޑް ގައި ނިޔާވާ މީހުންގެ އަދަދު ވަރަށް ގިނައެވެ. ހަމައެކަނި ޖޫން މަހު ނިޔާވި މީހުންގެ އަދަދު އަދަދު ވެސް 50 އަށް ވުރެ ގިނައވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސަކޫން

    މަރުހޫމާއަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާށި
    އާމީން !

    20