ނިރުބަވެރިކަމަށް ހިތްވަރު ނުދޭ ކަމަށާއި، އެފަދަ އެއްވެސް ކަމަކަށް ފަންޑްކޮށްފައި ނުވާނެ ކަމަށް ދީނީ ކަންކަމަށް މީހުން ހޭލުންތެރި ކުރުވުމުގައި ހަރަކާތްތެރިވާ އަލީ ރަމީޒް ވިދާޅުވެއްޖެއެވެ.

އަލީ ރަމީޒް އެގޮތަށް ވިދާޅުވީ އޭނާއަކީ ނިރުބަވެރި ކަމަށް ހިތްވަރުދީ ހަނގުރާމަ އަށް މީހުން ރެކްރޫޓް ކުރާ މީހެއް ކަމަށް ބުނެ ބައެއް މީހުން ދައްކަމުން އަންނަ ވާހަކަތަކާ ގުޅިގެން ރޭ ކްލަބް ހައުސް މެދުވެރިކޮށް މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

އަލީ ރަމީޒް ވިދާޅުވީ ޖަމިއްޔަތުއް ސަލަފުން ހަނގުރާމައަށް މީހުން ފޮނުވާ ވާހަކައާއި، ފަންޑުުކުރާ ވާހަކަތަކީވެސް ދެކެވެމުންދާ ވާހަކަތައް ކަމަށެވެ. ނަމަވެސް އެއީ އެއްވެސް ހަގީގަތެއް އެކުލެވޭ ވާހަކަތަކެއް ނޫން ކަމުގައި ވިދާޅުވެ، އޭނާ ވަނީ އެފަދަ ނިރުބަވެރި ކަމަކަށް ދުވަހަކުވެސް ހިތްވަރު ދީފައި ނުވާނެ ކަމަށް ރައްބު ގަންދީ ހުވާކުރައްވާފައެވެ.

"ސީރިއާއަށް މީހުން ފިނުވުމާއި ފަންޑު ކުރުމާއި މިފަދަ ކަންކަން ދުވަހަކުވެސް ނުކުރަން. ﷲ ގަންދީ ހުވާކުރަން މިފަދަ އެއްވެސް ކަމެއް ނުކުރާ ކަމަށް" އަލީ ރަމީޒް ވިދާޅުވިއެވެ.

އަލީ ރަމީޒް ވިދާޅުވީ އެފަދަ ވާހަކަތައް ދައްކަމުން ދާމީހުން އެ ކުރަނީ ތުހުމަތުތަކެއް ކަމަށެވެ. އަދި އެފަދަ ވާހަކަ ދައްކާފައި އޮތްނަމަ އެ ހުރިހާ ކަމެއްވެސް ބެލެން އޮންނާނެ ކަމުގައި ވިދާޅުވިއެވެ.

އަލީ ރަމީޒް ވިދާޅުވި ގޮތުން އޭނާ ފޯނުން ދައްކާ ހުރިހައި ވާހަކަތަކާއި، މެއިލް މެދުވެރިކޮށް ދައްކާފައި ހުރި ހުރިހާ ވާހަކަތަކަކީ ތަހުގީގީ އިދާރާތަކަށާއި، ދުނިޔޭގެ ޖާސޫސް އިދާރާތަކަށް ބެލެން ހުންނަ އެއްޗެހިއެވެ. އޭނާ ވަނީ އެފަދަ އެއްވެސް އިރެއްގައި ދައްކާފައި ނުވާނެކަން ފާހަގަކުރައްވާފައެވެ.

އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދުގެ ސަން ސިޔާމް ކުންފުނިން ސަލަފް ޖަމިއްޔާއަށް ފަންޑް ކުރާ ކަމަށް ބުނެ ދެކެވޭ ވާހަކަތައް ވެސް އަލީ ރަމީޒް ދޮގު ކުރައްވާފައިވެއެވެ. ސަން ސިޔާމު އަތުން "ބައި ރުފިޔާ" ވެސް ސަލަފް ޖަމިއްޔާއަށް ދީފައި ނުވާނެ ކަމަށް އޭނާ ވިދާޅުވެެެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. އޭކޭ

  ބަލާލީމަވެސްއެނގޭ ތިގުރޫޕު މަސައްކަތެއްނޮކޮށް ލާރިހޯދާގޮއި

  8
  26
 2. ތެދު

  އަލީރަމީޒް އެހަދަނީ ތެދްއް
  އެމީހުންނަކީ ބަންގިގޮވާމީހުން ގުރުއާންއުގެނި އުގަންނައިދޭމީހުން
  ވިޔަފާރިކުރާމީހުން

  10
  1
 3. އަޙްމަދް

  ‎ދީންވެރިވެގެންނެ ނަމުގައި މަޝްހޫރުވީމަ އުޅެނީ
  ‎ ޢިލްމެއްނެތަސްމެ ލިބިފައި ފަތުވާދެމުންނެ ދުވަނީ
  ‎ތަޤްވާ ވެރިންގެ ނަމުގައި ދެއްކެންވެގެންނެ އުޅެނީ
  ‎ ޖޯޝާއި ފޯރިއަރުވައި ސިޔާސަ ވެގެންނެ އުޅެނީ

  5
  12
  • އަހުމަދު ބަފާ

   ފާޑުކިޔުން ނަމުގައި ޒާތީވެގެންނެއުޅެނީ
   ގޯސްކަމެއް ނުދެއްކުނަސް ގޯސްކުރާށެއުޅެނީ
   މައްސޫރު ނުވީމާ ކަންކަން އޮޅުވަން އުޅެނީ
   ވަގަކަށް ވީމާ އެހެންމިހުންވެސް ވަގުންނަށް ހަދަން އުޅެނީ

   1
   1
 4. ހަގީގަތުޖޯ

  އަލީ އަކީ ނިރުބަވެރި ބޭފުޅެއް ނޫން. އިސްލާމް ދީނަށް ހިދުމަތް ކޮށް އާމު ދައުވަތު ދޭ ލޮބުވެތި
  އަޙެށް. ސިޔާސީ ބޭނުމައް ދޮގު ނުފަތުރާ. އަލީ ކުރިއަށް ވަޑާ ގަނަވާ. ސުކުރިޔާ

  3
  3