ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި އިމާރާތް ކުރި ހިޔާ ފްލެޓްތަކުގެ މަހު ކުލީގެ ގޮތުގައި މިހާރު ދައްކަން ކަނޑައަޅާފައިވާ އަގު ކުޑަ ކުރެވޭނެ ހިސާބުތައް މާލޭގެ މޭޔަރު، ޑރ. މުހައްމަދު މުއިއްޒު ސަރުކާރާ ހިއްސާކުރައްވައިފިއެވެ.

މުއިއްޒު މި ހިސާބުތައް ރައީސް އޮފީހާ ހިއްސާކުރައްވާފައި ވަނީ ހިޔާ ފްލެޓްގެ އަގު ކަނޑައެޅުމަށް ސަރުކާރުން ޖެހި ނަންބަރުތައް މާލެ ސިޓީ ކައުންސިލުން ދިރާސާކުރުމަށްފަހުއެވެ.

ފަންނީ މާހިރުންނާ މަޝްވަރާ ކުރުމަށްފަހު ސިޓީ ކައުންސިލުުން އެކުލަވާލި މި ތަފްސީލީ ދިރާސާގެ ރިޕޯޓް ރައީސް އޮފީހަށާއި، ޕްލޭނިންގް މިނިސްޓްރީއަށް ހިއްސާކޮށްފައިވެއެވެ. ހިޔާ މަޝްރޫއުގެ ދަށުން ތަރައްގީ ކުރި ފްލެޓުތަކުގެ ކުލި ކުޑަ ކުރުމާ ގުޅޭގޮތުން ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ މީގެކުރިން މުއިއްޒު މަޝްވަރާ ކުރެއްވިއެވެ.

ހިޔާ ފްލެޓްގެ މައްސަލާގައި ރައީސްއާއި ބައްދަލުކުރެއްވިކަން މުއިއްޒު ހާމަކުރެއްވީ "ގެދޮރުވެރިކަން ހާސިލު ކުރުމުގެ އަމާޒު" ގެ ނަމުގައި ކްލަބްހައުސް މެދުވެރިކޮށް ރޭ ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.

އެ ބައްދަލުވުމުގައި ހިޔާ ފްލެޓުތަކުގެ ދެ ކޮޓަރީގެ އެޕާޓްމަންޓުތަކަށް ކުލީގެ ގޮތުގައި ސަރުކާރުން މިހާރު ކަނޑައަޅާފައިވާ 8500 ރުފިޔާ ކޮންމެ މަހަކު ދެއްކުމަކީ ގިނަ ރައްޔިތުންނަށް ދަތިވެދާނެ ކަމެއް ކަމުގައި ދެންނެވި ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި އެ އަގު ކުޑަ ކުރުމަށް ކުރެވެން ހުރި ކަންކަން ކުރިއަށް ގެންގޮސް ދިނުމަށްވެސް އެދިފައި ވާނެކަން މޭޔަރު ފާހަގަކުރެއްވިއެވެ.

ރައީސް ސޯލިހްގެ ސަރުކާރުން ފުރަތަމަ އިއުލާން ކުރީ ހިޔާ ފްލެޓްތައް ކުއްޔަށް ދެވޭނީ މަހަކު -/11000 ރުފިޔާއަށް ކަމަށެވެ. ނަމަވެސް ފަހުން ވަނީ 25 އަހަރުގެ މުއްދަތަށް ބަހާލައިގެން، އިންސްޓޯލްމަންޓުގެ ގޮތުގައި މަހަކު -/7500 ރުފިޔާގެ ކުއްޔެއް އަދި ފުލެޓުގެ މެނޭޖްމެންޓު ފީގެ ގޮތުގައި ކޮންމެ މަހަކު -/1000 ރުފިޔާ ނަގަން ނިންމާފައެވެ. އެހެންކަމުން، މިހާރު ސަރުކާރުން ކަނޑައަޅާފައިވާ ގޮތުން، ހިޔާ ފްލެޓަކަށް މަހަކު -/8500 ރުފިޔާ ދައްކަން ޖެހެއެވެ.

ހިޔާ ފްލެޓްތަކުގެ ކުލީގެ މައްސަލައިގައި މާލޭ ސިޓީ ކައުންސިލާއި ސަރުކާރާއި ދެމެދު ހިޔާލު ތަފާތުވުން އުފެދިފައި ވާއިރު އަންނަ މަހުގެ 14 ވަނަ ދުވަހު ފްލެޓްތައް ހަވާލު ކުރަން އަންނަނީ ތައްޔާރުވަމުންނެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ހިޔާ ފްލެޓް އަގު ކުޑަ ކުރެވޭނެ"ފޯމިއުލާ" މުއިއްޒު، ސަރުކާރާ ހިއްސާ ކުރައްވައިފި

    19 ސިކުންތު ކުރިން ( ޖުލައި 1, 2021 )

    ކަންކަން ދަންނަ މީހުން ކައިރީ އަހައިގެން އުޅުނުނަމަ ފިފަލީހަތެއް ނުވީހެއްނު.

    ތިހާ މުސްކުޅި އުމުރުގަ ވޮށުފިލާ އަޅަން ވީމަ ލަދ؛ުވެސް ގަންނާނެ.

    އެކަމަކު ކިޔެވުމަކީ ވަކިއުމުރަކަށް އޮތ

  2. އަންނަމަސް

    އަންނަމަސް އަންނަމަސް ކޮންމަސް؟

  3. ޖާބެ

    ހައްހައް ވޮށުފިލާއަޅައިދޭން ދޯ އެއްމެފަހުން މިޖެހުނީ