ޣައްޒާގެ އާއިލާތަކަށް ފެން ރައްކާކުރާނެ ހަމެއް ހަދިޔާ ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އިންޓަނޭޝަނަލް އެއިޑް ކެމްޕޭނުން ހިންގާ މި ހަރަކާތަކީ ޣައްޒާގެ އާއިލާތަަކަށް ސާފް ބޯފެން ފޯރުކޮށްދީ އެ ފެން ރައްކާކުރެވޭނެ ނިޒާމެއް ހަމަޖައްސައިދިނުމަށް އެހީތެރިވާން ބޭނުންވާ ފަރާތްތަކަށް ފައިސާގެ ގޮތުން އެހީތެރިވުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެކެވެ.

މި ހަރަކާތުގައި ކޮންމެ ފަރާތަކުންވެސް 40 ޑޮލަރުގެ އެހީއެެއް ދިނުމަށް އެ ޖަމިއްޔާއިން އެދެއެވެ. އެ 40 ޑޮލަރު ހޭދަކުރާނީ ޢައްޒާގެ ކޮންމެ ގެއަކަށް 2500 ލީޓަރުގެ ހަމެއް ފޯރުކޮށްދިނުމަށް ކަމަށްވެސް އެ ޖަމިއްޔާއިން ބުންޏެވެ.

އަންނަ ޖުލައި މަހުގެ 15 ދުވަހާއި ހަމައަށް ފައިސާ ހަދިޔާކުުރެވޭނެއެވެ.

ލޯތްބާއެކު ފެން ރައްކާކުރާނެ ހަމެއް ހަދިޔާ ކުރެއްވުމަށް:

ބޭންކް: ބީއެމްއެލް އިސްލާމިކް
އެކައުންޓް ނަން: އެހީ ޖަމިއްޔާ

އެކައުންޓް ނަންބަރ (ރުފިޔާ): 7770000014818
އެކައުންޓް ނަންބަރ (ޑޮލަރު): 7770000014817

މީގެ ކުރިންވެސް މި ޖަމިއްޔާއިން ޢައްޒާގެ ރައްޔިތުންނަށް އެހީވުމަށް ހިންގި އެކި ކެމްޕޭންތަކަށް ދިވެހިންގެ ފަރާތުން އެއްބާރުލުން ލިބުނުކަން ފާހަގަކޮށްލަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ދީދީ

    އަޅުގަނޑު ވާނީ 80 ޑޮލަރު ހަދިޔާކޮށްފައި.
    މަންމަގެ ނަންމަތީގައި 40، ބައްޕަގެ ނަންމަތީގައި ސާޅީސް.

  2. ދރނ

    އޭރުން ހުރިހާކަމެއް ފުރިހަމަ ވެ ނިމުނީ

  3. މާމިގިލީ މީހާ

    ކޮންމެވެސް އެއްޗެކޭ ކިޔާގެން މީހުންގެ އަތުން ފޭރޭން ވެގެން ހިންގާ ކަމެއް މީ.. ހުރިހާ ލާރިއެއް ވެސް މިމީހުން ކަޓުވާލާނީ..

    • ކިޔުންތެރިޔާ

      ކޮންމެ ގޮތެއްވިޔަސް ތިބޭފުޅާ އެކަން ކުރެއްވީ ހެޔޮ ހިތުން ބަޔަކަށް އެހީވާން ކަމުގަ ވާނަމަ އެކަމުގެ އަޒުރު އެކަލާންގެ ދެއްވާނެ..އަދި އެމީހުން އެ ރުފިޔާ ހަރަދު ކުރީ އެހެން ބޭނުމަކަށް ކަމުގައި ވާނަމަ އެކަންވެސް އެކަލާންގެ އެމީހުންނަށް ދައްކަވާނެ

  4. ސީމާ

    އޭ ތީގެ ހަމެއް ގެޔަށް ވެސް ބޭނުންވެޔޭ. ކޮންތާކުންތަ ތި އަގުގައި ތީގެ ހަމެއް ގަންނަން ލިބޭނީ. އެނގޭ ކުއްޖަކު ބުނެދީބަލަ

    • މަހީމާ

      ސީމާ، އެއީ ފަލަސްތީނަށް ގެންދާ ހަންތައް ގަންނަން ލިބޭ އަގު. އެވެދާނެ އެތާ ކައިރި އަރަބި ގައުމަކުން ގަނެގެން ގެންދަނީކަމަށް. ދިވެހިރާއްޖެއަށް ގެންނަ ހަންތަކެއް އެއަގުގައި ނުލިބޭނެ. ރާއްޖެ ބޯޑަރުން އެތެރެވާއިރަށް އަގު ތިންގުނަ އިތުރުވާނެ.

  5. ޯޮހަމަ

    ނޭގެ