އެންމެ ފަހު ވަގުތާއި ހަމަޔަށް ކޮމަން ކެންޑިޑޭޓް އެއް ނެރެން މަސައްކަތް ކުރާނަން ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

މިއަދު ފެރެޑައިސް އައިލެންޑް ރިސޯޓުގައި ފެށި ޖުމުހޫރީ ޕާޓީގެ ތިންވަނަ ކޮންގްރެސް ގައި ވާހަކަ ދައްކަވަމުން އަލީ ހުސެއިން ވިދާޅުވީ އުފާވަނީ ޖުމުހޫރީ ޕާޓީއާއި ގުޅޭ ގޮތުސް މީސް މީޑިއާގައި ތަފާތު އެކި ވާހަކަ ދައްކާތީ ކަމަށެވެ.

"ޖުމުހޫރީ ޕާޓީއާއި ގުޅޭގޮތުން ތަފާތު އެކި ވާހަކަ ދައްކަމުންދާތީ އުފާވޭ. ނަމަވެސް އެންމެ ފަހު ވަގުތާއި ހަމަޔަށް ކޮމަން ކެންޑިޑޭޓް އެއް ނެރެން މަސައްކަތް މި ޕާޓީން ކުރާނެ" އަލީ ހުސެއިން ވިދާޅުވިއެވެ.

އަލީ ހުސެއިން މިހެން ވިދާޅުވި އިރު އިއްޔެ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ވީޑިއޯ މެދުވެރިކޮށް ދެއްކެވި ވާހަކައިގައި ވިދާޅުވީ އަންނަ މަހުގެ 10 ގެ ކުރިން އިދިކޮޅު ކޯލިޝަން ކެންޑިޑޭޓެއް ނުދެއްކިއްޖެ ނަމަ ޖުމްހޫރީ ޕާޓީން ވަކި ކެންޑިޑޭޓެއް ކަނޑައަޅާނެ ކަމަށެވެ.

އަލީ ހުސެއިން ވިދާޅުވީ ހިޔަނި ކެބިނެޓާއި ގުޅޭގޮތުން އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ދެއްކެވި ވާހަކަ އަކީ "ހައިޕަތެޓިކަލް ސިޓުއޭޝަން"އެއްގެ ވާހަކަ ކަމަށެވެ.

އަލީ ހުސެއިން ވަނީ ގިނަ އަދަދެއްގެ ކައުންސިލަރުން އެއްފަހަރާ ސަންޕެންޑް ކުރުމުން އެކަމާއި ކަންބޮޑުވުން ފާޅުކޮއްފައެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބު އާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އަލީ ހުސެއިން ވިދާޅުވީ މިނިވަން އިންސާފުވެރި އިންތިހާބެއް ލިބޭނީ މިނިވަން ފަޑިޔާރުގެއެއް އަދި މިނިވަން އިލެކްޝަން ކޮމިޝަން އެއް އޮވެގެން ކަމަށެވެ.

"އިރާދަ ކުރެއްވިޔާ މި އިންތިހާބުން ރައީސް ޔާމީން ބޮޑުތަނުން ބަލި ކުރާނަން" އަލީ ހުސެއިން ވިދާޅުވިއެވެ.

މިއަދު ފެށި ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގައި އިންތިހާބު ކުރުމަށް ހަމަޖެހިފައިވާ 32 މަގާމަށް 60 އަށްވުރެ ގިނަ ބޭފުޅުން ކުރިމަތިލައްވާފައިވާ ކަމަށެވެ. ކޮންގްރެސް ފެށުމަށް ބާއްވާ ޖަލްސާއަށް ފަހު ފުރަތަމަ ބާއްވާ ސެޝަންގައި ޖޭޕީގެ އައު ދިދަ އާއި ލޯގޯ އިފްތިތާޙް ކުރެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކޯޅޭޝަން

    ޖޭޕީ ހަދަންވީގޮތަކީ ކޯޅޭސަނުން ވަކިވެ ޕީޕީއެމް އާއެކު ކޯލިޝަން ހަދަންވީ..އޭރުން ގައުމަށްޓަކާ ދީނަށްޓަކާ އިގްތިސާދީ ކުރިއެރުމަށްޓަކައި އެކުރެއްވުނީ އެންމެ ހެޔޮކަމެއް...ޖޭޕީ ގިނަ މެމް ަރުން އެދެނީ މިގޮތްް..!ފަނާކުރަނިވި ވިސްނުންތަކާއި ދުރަށް ޕާޓީގެންގޮސް ރަނގަޅު ފެށުމަކުން ފަށައިގަތުމަށް މިއޮތީ ރަނގަޅު ފުރުސަތެއް...އެއްބުރުން ކޯޅޭޝަނުގަ ކޮޅުފައިންޖަހާ ވައްޓާލާ....

  2. އެއްކަޅި

    ތިވެސް ހުސް އަނގަތަޅާ މީހެއް

  3. ....

    ރިޔާސީ އިންތިހާބު ނިމިގެންދާއިރު ވެސް ކޯލިމެޝިނަކަށް ކެޑިޑޭޓެ ނެރެވޭ ކަމަކަށް ނުވާނެ. އަދި ނެރެވިުނަސް އެމީހަކީ ކެނެރީގޭ ނަޝީދަށް ނުވެެޖިއްޔާ އެއީ ސައްހަ ކެޑިޑޭޓެ ކަމަށް ނުވެސް ބެލޭނެ.