ހއ. ދިއްދޫ އިން އިތުރު 16 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއާއެކު މިހާރު އެރަށުން ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 64 އަށް އަރައިފައެވެ. މި ބަލި ޖެހިގެން އެ ރަށުން އެކަކު ނިޔާވިއެވެ.

ދިއްދޫން މިފަހަކުން ކޮވިޑް ފެންނަން ފެށީ ބިދިޔަ ބުރާސްފަތި ދުވަހުން ފެށިގެންނެވެ، އެ ދުވަހު އެރަށުން ފައްސިވީ ފްލޫ ކްލިނިކަށް ދެއްކި ބިދޭސީއެކެވެ. އެ މީހާއަކީ ސެލޫނެއްގައި މަސައްކަތް ކުރާ މީހެކެވެ. އަދި ހުކުރު ދުވަހު އެރަށުން ކުއްލި ގޮތަކަށް ނިޔާވި ބިދޭސީއަކުވެސް ވަނީ ކޮވިޑަށް ފައްސިވެފައެެވެ. އެއީ އެރަށު ފަހާތަނެއްގައި މަސައްކަތް ކުރަމުންދިޔަ މީހެކެވެ. އެ މީހާއާ ގާތުން އެއްތާވި އެތަނުގައި މަސައްކަތް ކުރާ މީހަކުވެސް ވަނީ ކޮވިޑަށް ފައްސިވެފައެވެ.

ދިއްދޫން ކޮވިޑް ފެންނަން ފަށާފައި ވަނީ،އެރަށުން މީގެ ދުވަސްކޮޅެއް ކުރިން ކޮވިޑް ފެނި ބަންދުކޮށްފައި އޮންނަތާ އެތައް ދުވަހެއް ފަހުން، ރަށް ހުޅުވާލާފައި ވަނިކޮށެެވެ.