ލ. އިސްދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 90 އިންސައްތަ މަސައްކަތް ނިންމައިފިއެވެ.

އެމްޓީސީސީން މިއަދު ވިދާޅުވީ މި މަޝްރޫއުގެ ދަށުން ބަނދަރުގެ ވޯކްވޭ ބްރިޖު ކޮންކްރީޓް މަސައްކަތްތައް އިއްޔެ ނިމިފައިވާ ކަމަށެވެ. އަދި ހާބަ ޕޭވްމަންޓް ހެދުމުގެ މަސައްކަތުގެ 72 އިންސައްތަ ނިމިފައިވާ ކަމަށް އެމްޓީސީސީން ވިދާޅުވިއެވެ.

މި މަޝްރޫއުގެ ދަށުން 27,129 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 230 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 208 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމާއި، 98 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނެއެވެ.

އަދި ބަނދަރު ބައްތި ހަރުކުރުމާއި، 1,560 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނެއެވެ.

ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލު ކުރި މަޝްރޫއުގެ އަގަކީ 34.7 މިލިއަން ރުފިޔާއެވެ.