އިއްޔެ ރައްޔިތުންގެ މަޖިލީހުން ފާސްކުރި ކުއްލި ހާލަތުގެ ގަރާރަށް އަމަލު ކުރުމަށް ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރެފިއެވެ.

ސުޕްރީމް ކޯޓުން މިގޮތަށް އަމުރު ކުރީ، އެކޯޓުގެ ލަފައަކަށް ރައްޔިތުންގެ މަޖިލީހުން ހުށަހެއޅުމުންނެވެ. އެ އަމުރުގައިވާ ގޮތުގައި އެކޯޓުގެ ލަފައަކަށް މަޖިލީހުން އެދިފައިވަނީ، ކުއްލި ހާލަތުގެ މުއްދަތު އިތުރު 15 ދުވަހަށް އިތުރު ކުރުމަށް އިއްޔެ މަޖިލީހުން ނިންމި ނިންމުމާމެދު މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ބައެއް މެމްބަރުން ސުވާލު އުފައްދަވާފައިވާތީއެވެ. އަދި މިއަދު އެކޯޓުން ނެރުނު އަމުރަކީ މަޖިލީހުގެ ނިންމުމާމެދު ލަފާ ދެވެން ދެން ވަގުތީ ގޮތުން ނެރުނު އަމުރެއް ކަމުގައިވެސް އަމުރުގައިވެއެވެ.

ކުއްލިހާލަތު އިއުލާން ކުރުމާއި ގުޅޭ ރައިސުލްޖުމްހޫރިއްޔާގެ ނަންބަރު 2018/3 ޤަރާރު (އެ ޤަރާރު އިސްލާހު ކުރެއްވުމަށް އިއުލާން ކޮށްފައިވާ ދެ ޤަރާރު ހިމެނޭގޮތުން) ގައި ހިމެނިފައިވާ ޤާނޫނު އަސާސީގެ 100 ވަނަ މާއްދާއާއި 101 ވަނަ މާއްދާއާއި 113 ވަނަ މާއްދާއާއި 228 ވަނަ މާއްދާ އުނިކޮށް، އެޤާރާރުގެ މުއްދަތުގެ އިތުރަށް، 30 ދުވަހުގެ މުއްދަތެއް އިތުރުކުރުމަށް 20 ފެބްރުވަރީ 2018 ވަނަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ 2018 ވަނަ އަހަރު ދައުރުން ބޭރުގައި ބޭއްވި ދެވަނަ ޚާއްސަ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ނިންމުންތަކަށް ޢަމަލުކުރަމުން ގެންދިޔުމަށް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 141 ވަނަ މާއްދާއާއި 144 ވަނަ މައްދާގެ (ށ) އާއި 145 ވަނަ މާއްދާގެ (ނ) ގެ މައްޗަށް ރިޢާޔަތްކޮށް، ރައްޔިތުންގެ މަޖިލީހާއި، ކަމާބެހޭ އެންމެހައި ފަރާތްތަކަށް އަންގާ އަމުރު ކޮށްފީމެވެ.

ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން އިއްޔެ ބޭއްވި ޖަލްސާގައި މަޖިލީހަށް ހާޒިރުވެވަޑައިގަތް 38 މެމްބަރުންގެ އިއްތިފާގުން އެގޮތަށް ނިންމާފައިވާއިރު، އިއްޔެގެ ޖަލްސާގައި ވަނީ އިތުރު ދެ ގަރާރެއްވެސް ފާސްކުރައްވާފައެވެ. އިއްޔެގެ ޖަލްސާގައި އިދިކޮޅު އެއްވެސް މެމްބަރަކު ބައިވެރިވެފައި ނުވެއެވެ.

އިދިކޮޅު ފަރާތްތަކުން ބުނަމުން އަންނަ ގޮތުގައި އިއްޔެގެ ނިންމުން ގާނޫނު އަސާސީއާ ޚިލާފުވަނީ، އެފަދަ މައްސަލައެއްގައި ވޯޓަށް އަހާ ނަމަ މަޖިލީހުގެ މެމްބަރުންގެތެރެއިން 43 މެމްބަރުން މަޖިލީހުގެ ޖަލްސާއަށް ހާޒިރުވާން ޖެހޭތީއެވެ. ނަމަވެސް އިއްޔެގެ ޖަލްސާ ފެށީ 38 މެމްބަރުންނާއެކު ކަމަށްވުމުން އެ ނިންމުން ބާތިލް ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޒީރޯ

    ހަހަހަހަ، މަށައް ހެއްވައީ ތިހުރިހާބޭކާރު ކަމެއްވެސް ކުރާތީ. ސުޕްރީމް ކޯޓު އޮތީ އަތްދަށުވެފަ؛ ދެން އެހެންވީމަ ޔަގީނުންވެސް ފާސްވާނު؛ ސޯޓު ބާލަން ބުންޏަސް.

  2. މިނިވަންމީހާ

    ތީ ސީދާ އުފެދުމުގަވެސް ބާތިލް،ވޮއިޑު އެންޑު އިނިސިޔޯ އޭކިޔާ ދައިތަގެ ހުކުމެއްކަން ތިހުކުމް ކިޔާލުމުން އެނގިގެން ހިނގައްޖެ.އެހުކުމްގަހުރީ މިލީގަލް އެފަޔާޒް މިނިސްޓަރޭކިޔާމީހާގެ ބަސްމަގު، ފަނޑިޔާރުން ސޮއިނުކުރަނީ އެހެންވެގެންކަމަށްބުނުމުގެ ޖާގައެބައޮތް

  3. ރެކިބެއްޔާ

    ﷲ އަކްބަރު ޝުކުރު ﷲ

  4. ޙުސެން.

    ސްޕްރީމް ކޯރޓެއް ގެ އަމުރެއް ނެރެވޭނީ އުއްތަމަ ފަނޑިޔާރު ހުންނަވައިގެންނެވެ. ސިފައިން ރަހީނުކޮށްގެން ގެންގުޅޭބަޔަކު ނެރޭބަޔާނަކަށް ސްޕްރީމް ކޯރޓްގެ އަމުރެކޭ ނުކިޔޭނެއެވެ.

  5. Anonymous

    ށާބަހޭ

  6. އައިއެފް

    ތިޔައީ ގާނޫނުއަސާސީގައި ބުނާ އެސްސީއިން ނެރުނު އަމުރެއްނޫން. ސައްހަ ކަމާމެދު ސުވާލުއުފެދޭ. މިއީ އަޝްކަރީ ކޯޓުން ނެރުނު އަމުރެއް. އެސްސީ ވަނީ އަޝްކަރީ ބާރުގެދަށުގައި. އެހެންނޫނަސް މިމައްސަލާގައި އެސްސީއަށް ލަފައެއްވެސް ނުދެވޭނެ. މަސްލަހަތު ފުށުއަރާ. އެއީ ކުއްލިހާލަތު އިއުލާނުކުރީ 5ފަނޑިޔާރުން ނެރުނުއަމުރަކާ ގުޅިގެން. ގާނޫނީގޮތުން ބޮޑުސުވާލުގެތެރޭގައި މިއޮތީ. ލަފާދެއްވިއިރު ވަގުތުފާއިތުވެއްޖެ. އެސްއޯއީ މިހާރުވަނީ އުވިފައި.
    ތިބުނާ ދާއިމީ ލަފާ ދެވޭވަރުވާނީ 30ދުވަސް ފަހުން.

  7. މަގޭ ހިޔާލު

    ތިހެން ވީރުން ކުރީގެ އަމުރު ތަށް ވެސް ތަންފީޒު ކުރޭ!

  8. ތުއްތަފާ

    މިހާރު ތި ކޯޓު އެހާ ސުޕްރީމްއެއްނޫން ވީމާ ބޮލެއް ނުލަބާނަން

  9. .މަލަކުރި

    .މަޖިލީހުގެ ނިންމުމާމެދު ލަފާދެވޭނީ ގަރާރުގެ މުއްދަތު ހަމަވާފަހުން. .ވަގުތީ އަމުރަށް އަމަލުކުރަން އެންގުމުން ސުވާލު ހުސްވީތާ.

  10. ގުރާފުޅު

    ލަދުގަނެބަލަ
    ޤަުމު ފުނޑާލަނީ ނުބައި ނުލަފާ އަނިޔާވެރިއެއްގެ އަތްދަށުވެ ވަގުތީ އުފަލަށް މާއްދިއްޔަތަށް ހެއްލި އަނިޔާވެރިކަން ނިމެނީ ފިލްމު ނިމޭނީ ނުބައިބައިގެ ބޮސް ހަޔޔަރުވާ ހިސާބުން