ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލައި ރަހީނުކުރި ގޮތުގެ މައްޗަށް ކުރިން ވެސް ހުރި މައުލޫމާތުތަކާއެކު ވިޑީއޯއެއް ތައްޔާރުކޮށް މަރުތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަނުން އާންމު ކުރުމުން ކޮމިޝަނުން މިހާރު ކުރާ ކަމަކީ "ފިލްމު ކުޅުން" ކަމަށް ބުނެ ގިނަ ބަޔެއްގެ ފާޑުކިއުންތައް އަމާޒުވެއްޖެއެވެ.

ރިޔާސީ ކޮމިޝަނުން "ރީއެނެކްޓްމެންޓް ވީޑިއޯ" އެއްގެ ނަމުގައި އާންމު ކުރި އެ ވީޑީއޯއިން ދައްކައިދެނީ ރިލްވާން ގެއްލުނު ދުވަހުގެ ރޭ އޭނާގެ ހަރަކާތްތަކެވެ. އެއީ މީގެ ކުރިން ވެސް ފުލުހުންގެ ތަހުގީގަށް ހޯދިފައިވާ ސީސީޓީވީ ކެމެރާތަކުގެ ފުޓޭޖްތަކެވެ.

ދެން އޭނާ ކާރަކަށް ލައިގެން ގެންދިއުމަށް ފަހު އޭނާ ދޯންޏަކަށް އެރުވި ކަމާއި އެ ދޯނީގައި އޭނާ މަރާލިކަން ކޮމިޝަނުން ކުރި ހާމަކުރި މައުލޫމާތު ހިމެނެއެވެ. އެ ނޫން އިތުރު އާ މައުލޫމާތެއް މި ކަމުގައި ނުހޯދި ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެގެން ދިޔައީއެވެ.

ރިޔާސީ ކޮމިޝަނުން ދެން އެދިފައިވަނީ އެ ކަމާ ގުޅޭ މައުލޫމާތު އެނގޭ އާންމުންގެ ފަރާތެއްވާނަމަ އެ މައުލޫމާތެއް އެ ކޮމިޝަނާ ޚިއްސާ ކޮށްދިނުމަށެވެ. އަދި އެ ކޮމިޝަނަށް މައުލޫމާތު ޚިއްސާ ކޮށްދެވޭ ފަރާތަކަށް ފަސް ލައްކަ ރުފިޔާގެ އިނާމެއް ދިނުމަށް ވެސް ހުށަހަޅާފައިވާ ކަމަށް އޭގައިވެއެވެ.

މަރު ކޮމިޝަނުން އާންމު ކުރި ވީޑިއޯ ޓްވިޓާގައި ޚިއްސާ ކުރަމުން އަބްދުﷲ ވާރިޝް ނަމަކަށް ކިޔާ މީހަކު ލިޔެފައިވަނީ ރިލްވާންގެ މަރު "ވިއްކައިގެން" ބާރުތަކާ ހަމައަށް އާދަވެގެން އޮތް ހިސާބަކަށް މި ސަރުކާރުގެ އިސް ވެރިންނަށް އާދެވިފައިވާ ކަމަށެވެ. ރިޔާސީ ދައުރުގައި ބާކީ އޮތީ އެންމެ ދޮޅު އަހަރު ކަމާއި ދެވުނީ ކޮން އިންސާފެއްތޯ ސުވާލު އުފައްދައި އޭނާ ބުނީ މި ސަރުކާރު ފެއިލްވެފައިވާ ކަމަށެވެ.

އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އައިޝަތު ޖެނިފާ ވެސް މި ކަމަށް ފާޑުވިދާޅުވިއެވެ. އޭނާ ކުރެއްވި ޓްވީޓެއްގައި ވަނީ "ކަސޯޓީ ސިލްސިލާގެ އެޕިސޯޑެއް" ގޮތުގައި މަރު ކޮމިޝަންގެ ވީޑިއޯ ސިފަކުރައްވައިފައެވެ. އަދި ކޮންމެ ކަމެއްގެ ވެސް އިހުމާލުތައް ފެންނަނީ ފުލުހުންގެ އިދާރާއިން ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.

އިދިކޮޅު ޕީޕީއެމްގެ ކައުންސިލް މެންބަރު ޒާހިދު ރަމީޒް ކުރެއްވި ޓްވީޓެއްގައި ވަނީ އެ ކޮމިޝަނަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އުފެއްދެވި "ފިލްމު ސްޓޫޑިއޯ" އެއްތޯ ސުވާލު ކުރައްވައިފައެވެ. މި ވެރިކަން އައި ފަހުން މި މައްސަލައިގެ ތަހުގީގުގައި ހޯދުނު އެއްވެސް ކުރިއެރުމެއް ނެތް ކަމަށް ޒާހިދު ލިޔުއްވާފައިވެއެވެ.

އަކްރަމް މުސްތަފާ ނަމަކަށް ކިޔާ މީހަކު ކުރި ޓްވީޓެއްގައި ވަނީ ކޮމިޝަނުން އެ ތަހުގީގު ހިންގާތާ ތިން އަހަރެއްހާ ދުވަސް ވާން އުޅޭއިރު ހޯދުނީ ކޮން ކުރިއެރުމެއްތޯ ސުވާލުކޮށްފައެވެ. އަދި "ޑްރާމާ" ކުޅެން ރައްޔިތުންގެ ޓެކްސް ފައިސާއިން އިތުރު ޚަރަދުތައް ނުކޮށް އެ ކޮމިޝަން އުވާލަން ޖެހޭ ކަމަށް ވެސް އޭނާ ލިޔެފައިވެއެވެ.

ގެއްލިފައިވާ ރިލްވާންއާއި، މަރަލާފައިވާ ބްލޮގަރު ޔާމީން ރަޝީދުއާއި، އަަވަހާރަކޮށްލާފައިވާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަދި ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީލް އަލީގެ މަރު ފަދަ ހަގީގަތް އަދިވެސް ސާފުނުވާ ބޮޑެތި މަރުތަކުގެ ހަގީގަތާ ހަމައަށް ވާސިލް ވުމަކީ ރައީސް ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ. އެ ކަމަށް ކޮމިޝަނެއް އުފައްދައިގެން މިހާތަނަށް ވެސް ކުރިއެރުމެއް ނުލިބޭތީ އާންމުންގެ ގިނަ ފާޑުކިއުންތަކެއް ވަނީ އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ކޮވިޑް

  މިހާރު މިކަން މި ވައިގަ ހިފުވީ މޫދުގައި މަރާލާފައި އޮތް ކުޑަ ކުއްޖާގެ ވާހަކަ އޮއްބާލަންތޯ ރައީސްމީހާ؟

  14
  • ޔޭސް

   ތި އެންމެންގެ ގާތިލުން ފްރީކުރެވޭނީ ހެކިވެރިންނާ އާންމުންނާ އާއިލާ ހަނދާންނައްތާލައިގެނެންނުދޯ. ޖެންޑަރ، ޕޮލިސްގެ ފެއިލްވުން ފޮރުވުންބޭނުމީ. ގާޒީންނާ ލޯޔަރުންތިބެނީ ކުޅުދިޔާވެފަ ގާތިލުންދޭނެ ލާރިގިނަކަމުން. ބަލާ އެންމެންކުރިމަތީ ރޯމާދުވާލު މަރާލި ނަދީމްގެ ކޭސް. 4އަހަރުފަހުން. ޢެންނެން ފޮރގޮޓް. ފެމިލީ ތިބޭ ރޯލަރޯލާ.ސަރުކާރު ވިލް ނޮޓް ހެލްޕް ޔޫ.ގެޓް އިޓް

 2. ހުސޭނުބޭ

  އެމީހުންނަށް ނުކުޅެވި އޮތް ފިލްމަކީ ވެބްކެމް ކީ ކަހާނީ 2. އެ ފިލްމުގެ ޜެކްނީޝަން އެމީހުންގެ ތެރޭގައި އުޅޭނަމަ މިހާރު ސިނަމާގައި އަޅުވާފީސް

  11
 3. އުސްމާނުބެ

  ކޮބާ ޑަކްރެއިން ނޫނީ ނަހުލާ ލައްވާ ނިކަން މޮޅު ފިލްމެއް ކުޅެލަން ރާވަވަން ވީނުންތޯ ، އޭރުން މި ވެގެން އުޅޭ ގޮތެއް އިގޭނީ.....................

  10
 4. ހުސައިން

  އަސްލުވެސް މީ އެ ކޮމިޝަނުން ކުޅެ އާންމު ކުރަންޖެހޭ ކަމެއް ނޫން......
  މީ އެއް ނޫން ބޮޑު މުސާރަ ދީފައި ހަވާލު ކުރެވުނު މަސްއޫލިއްޔާތަ ކީ

  16
 5. އައްތަވާޅި

  ހަތްއަތްތަވާޅިން ގާ ނަގަމުން ނަގަމުން ގޮސް ހުސްވާއިރުވެސް ހުންނާނީ ހުސްގާ. މިވަނީ މިކަހަލަ ގޮތެއް. ނަގަމުން ނަގަމުން ގޮސް ހުސްވާއިރު ފެންނާނީ އެއްކަހަލަ ވީޑިއޯކޮޅުތައް. ވީޑިއޯ ކޮޅުތައް އެއްކޮށްލާފައި ރާގެއް އަޅާފައި ލިޔުންކޮޅެއް ހިއްޕާލާފައި ނެރުނީމާ އެއޮތީ ތަހްގީގުވެފައި. ދެން މިހާރު ނުވެ އޮތް ކަމަކީ މަރު ކޮމިޝަނުގެ ނަން މަރު ފިލްމު ކޮމިޝަނުގެ ނަމަށް ބަދަލުކުރުން. އެކަންވެސް މުޅި މަރު ފިލްމު ނިމޭއިރު ކުރާނެކަމަށް މިހާރު މިދާގޮތުން ބެލެވިދާނެ. އޭގެ ފަހުން ކުރިން އެއްކަލަ ބަދިވަރާއި ފަތިވަރު ފޮނުވި ފީބާ ރޭޑިޔޯގެ ނަން ފީބާ ޓީވީ ޗެނަލަކަށް ހަދާފައި ރީބްރޭންޑް ކޮށްފައި ދައްކަން ފެށީމާ ހުންނާނީ ހަތަރެސްކަން ހަމަވެފައި.

 6. ބަރުގޮނު

  ކުޑަކުދިން ވެލިބަތް ކައްކަނީ ބޮޑެތިމީހުން ބަތް ކައްކާތީ ކައްކާ ގޮތް ދައްކާލަން. މިއީ ނުލާހިކު ބޮޑު ޚަރަދު ހިގާ ކޮމިޝަނެއް. އެހެންވީމާ ކަމެއް ކުރާ ގޮތް އަބަދުވެސް ދައްކަން ޖެހޭ.