މިދިޔަ 28 އަހަރު ވަން ދެން އެއް ލައްކަ ރުފިޔާގެ ގޮތުގައި ކަނޑައަޅާފައިވާ މަރުގެ ދިޔަ އެއް މިލިއަން ރުފިޔާއަށް ބޮޑުކޮށް އާ އިސްލާހުތަކެއް ހިމަނައިގެން ޝަރީއަތުން އަދަބު ކަނޑައެޅުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު މިއަދު އާންމުކޮށްފިއެވެ.

އިސްލާމީ ޝަރީއަތުގައި އޮންނަ ގޮތަކީ މަރުގެ ދިޔައިގެ ގޮތުގައި ކޮންމެ ފުރާނައަކަށް 100 ޖަމަލުގެ ނިސްބަތް ދިނުމެވެ. މިހާރު އިސްލާމީ ގައުމުތަކުގައި އަމަލު ކުރާ އާންމު އުސޫލަކީ 100 ޖަމަލުގެ ނިސްބަތުގެ އަގު ހަވަމާ ވަރަށް ފައިސާ ދިނުމެވެ.

ރާއްޖޭގައި ޝަރުއީ ކަންކަން ޖަސްޓިސް މިނިސްޓްރީއެއްގެ ދަށުން އޮތްއިރު، 1993 ގައި އެ މިނިސްޓްރީން ވަނީ މަރުގެ ދިޔައިގެ ގޮތުގައި އެއް ލައްކަ ރުފިޔާ ކަނޑައަޅައިފައެވެ.

ފަހުން މިހާރު އަމަލު ކުރާ ގާނޫނު އަސާސީގެ ދަށުން، ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން އުފައްދައި ޝަރުއީ ހުރިހާ ކަމެއް އެ އިދާރާއަށް ބަދަލު ކުރި ފަހުން މިއަދާ ހަމައަށް ވެސް އެ ގަވާއިދު އޮތީ އެއްވެސް އިސްލާހެއް ނުގެނެސް އެ ގޮތަށެވެ.

މަރުގެ ދިޔައިގެ ގޮތުގައި އެއް ލައްކަ ރުފިޔާ ކަނޑައަޅާފައި އޮތަސް މިދިޔަ މުއްދަތުގެ ތެރޭގައި ވެސް ޝަރުއީ ކޯޓުތަކުން އިސްލާމީ ޝަރީއަތަށް ރިއާޔަތްކޮށް އެއަށް ވުރެ މަތިން ނަގާ ގޮތަށް ވެސް އަމަލު ކޮށްފައި އެބަވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ނޭނގޭތީ އަހާލީ

    މުސްލިމެއްގެ މަރުގެ ދިޔައަކީ ސަތޭކަ ޖަމަލު ނުވަތަ ސަތޭކަ ޖަމަލަށް ވާ އަގެއް ނޫންތަ؟

    6
    2
    • ދޯދި

      ނަޝީދު ފަދަ މީހުން ގެ މަރުގެ ދިޔަ ބޮޑުވާނެ ދޯ...ޕޮލިޓިކަލް މީހެއްވީމަ ދޯ

  2. އުސްމާނުބެ

    ތިވެސް ތަންފީޒުކުރަން ކެރޭނެ ފެންވަރެއް އަދި ހިއްވަރެއްވެސް ނުހުންނާނެ ، ބޭކާރު ވާހަކަ ނުދައްކާ ދިބިއްޔާ ދެންވެސް ރައްޔިތުން ކިޔާއެއްޗެހި ތަންކޮޅެއް މަދުވާނެ......

  3. ނަސީ

    މަރައްމަރު ހިފަން ވީއޭރުން ތިކަންތައް އެއްފަހަރުން ހައްލުވީ

  4. މޮޔަ ސަރުކާރު

    ބަލަގަ މަރުގެ ދިޔަ އަކާ ހަމަޔަށް ދެވޭނީ އެއިން ކުއްވެރިއެއްގެ މައްޗަށް ކުއް ސާބިތުވެގެނެއް ނު. ރީނދޫ ޕާޓީގަ އުޅޭ ވަކީލުން ކުއްވެރިން ސަލާމަތް ކުރާނެ

  5. ޢބްދުއްﷲ

    އެއް ލައްކަ ރުފިޔާއިން މިލިއަން ރުފިޔާއަށް މަރުގެ ދިޔަ ބޮޑުކޮށްފި

    2 ގަޑިއިރު ކުރިން ( ޖުލައި 1, 2021 )

    މީއިސްލާމީ އަދަބެއްތޯ؟ ނޫނީ ކާފަރު އަނިޔާވެރި ޖީބައްބަރު ބޭއިންސާފެއް ތޯ؟