ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ އެސިސްޓެންޓް ޕްރޮފެސަރުކަމުގެ ވަޒީފާއިން ދީނީ އިލްމްވެރިޔާ ޑރ. މުހަންމަދު އިޔާޒް އަބުދުލްލަތީފު ވަކިކުރީ ބޭއިންސާފުން ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޒް ވަޒީފާއިން ވަކިކޮށްފައި މި ވަނީ އަންހެން ކުދިން ހިތާނު ކުރަން ޖެހޭ ކަމަށް ބުނެ އެކަމަށް ހިތްވަރުދީ ވާހަކަ ދެއްކި މައްސަލަ ފެންމަތިވެފައިވަނިކޮށެވެ.

އޭނާ މަގާމުން ވަކިކޮށްފައިވާއިރު، އެ ޔުނިވާސިޓީން މީގެ ކުރިން އޭނާއަށް އިންޒާރުވެސް ދީފައި ވެއެވެ.

"ވަގުތު" އާއި ވާހަކަދައްކަވަމުން އިޔާޒް ވިދާޅުވީ އޭނާ އެމަގާމުން ވަކިކުރީ ސިޔާސީ ގޮތުން ދެބަސްވެގެން ކަމަށެވެ. އަދި ނިމިދިޔަ މަަހުގެ ނިޔަލަށް އެ މަގާމުން އޭނާ ދުރުކުރަން ވައިސް ޗާންސެލަރު ވައުދުވެފައިވާ ކަމަށް ތުހުމަތު ކުރެއްވިއެވެ.

މިކަމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައި އޭނާ އިތުރަށް ވިދާޅުވީ ވަޒީފާއިން ވަކިޔަސް އޭނާއަށް ނިކަމެތިކަމެއް ނާންނާނެ ކަމަށެވެ. އަދި އޭނާ އެމަގާމުން ވަކިކުރުމާއި ގުޅިގެން ވަރަށް ގިނަ ފަރާތްތަކުން އޭނާގެ ބަހެއް ހޯދުމަށް ގުޅަމުން ގެންދާކަން ފާހަގަކުރައްވަމުން ވިދާޅުވީ، އެފަރާތްތަކަށް ދޭނެ ޖަވާބަކީ ފިރުއައުނާއި މުޚާތަބުކޮށް ސިހުރުވެރިން ދިން ޖަވާބު ކަމަށެވެ.

"ތިޔަބައިމީހުންނަށް ޙުކުމްކޮށް އަދަބު ދެވޭނީ މިދުނިޔެމަތީގައެވެ. الله އިރާދަކުރެއްވިއްޔާ އަޅުގަނޑަށް ނިކަމެތި ކަމެއް ނުލިބޭނެ." ޑރ.އިޔާޒް ވިދާޅުވިއެެވެ.

ޑރ. އިޔާޒް ވަޒީފާއިން ވަކިކޮށްފައި ވަނީ މީސް މީޑިއާ ގައި ކުރައްވާ ޕޯސްޓްތަކާއި ގުޅިގެން ތަކުރާރުކޮށް ނަސޭހަތް ދީގެންވެސް އެކަންކަން އިސްލާހުކޮށްފައި ނުވުމުން ކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. އަހުމަދު

    ނޫނޭ ނޫނޭ!!.. މިސަރުކާރުން ބޭއިންސާފުން އެއްވެސް ކަމެއް ނުކުރާނެއްނު!

    17
    1
  2. Anonymous

    އަލާ ފިލާފި ދޯ! ދެންވެސް ހިމޭނުން ހުރޭ

    4
    1
  3. ގައުމީ ލޯބި

    ﷲ ގެ މަގުގައި ސާބިތުވެ ހުންނެވުމަކީ ވަރަށް މަދު މީހަކަ ނޫނީ ނުވާނެ ކަމެއް..

    ތީބާޔަށް ﷲގެ މަދަދާއި ކުރިއެރުން ދެއްވާށި.. އާމީން

    4
    1
  4. ޢަޒު

    އެހެރަ ތިލަފަތުން ެންނަނީ ވ ސާފްކޮށް އިންސާފް ލިބޭތަން އެހެންނޫންތޯ؟

  5. ލލ

    މައްސަލަ ވަޒީފާއާއި ބެހޭ ޓުރެބިއުނަލް އަށް ވައްދާ ،

  6. އިބިރިހިމް ބެއްޔާ

    ތިޔަ މީހާގެ ވާހަކަ ހުންނަނީ ސީދާ ވަކަރު ގޭ ދަރިން ގެ ވާހަކަ ހުންނަ ގޮތަށް! ދޮން ކަލޯ އަށް ސީދާ މަގު ދައްކަވާށި

    4
    1
  7. ސެލީނާ

    އަންހިންކުދިންޙިތާނުކުރަންހިތްވަރުދީފައިވެސްސަރުކާރުބަދުނާމްކުރަނީ..ވަޓްއިޒްދިސް

  8. ބަކުރުބެ

    ޑރ. އިޔާޒު ދެއްވި ޖަވާބަކީ ހަމަ 100 ކައިގެ ޖަވާބެކެވެ އެއީ މިސަރުކާރަކީ ލާދީނީ ކަންތަކަށް ހތްވަރުދޭ ސަރުކާރަކަށް ވާތީއެވެ

    2
    2
  9. ޖަމީލާ

    މަނިކުފާނު ވެސް ދީނީ ޢިލްމުވެރިއެއްގެ ގޮތުގައި ހުންނެވިނަމަ މިހެން ނުވީސް. ބައެއް ފަހަރު ސިޔާސީ ތާކިހާ އަޅުއްވައިގެން އިބޫ ސާލިޙްގެ ވެރިކަން ދިފާޢުކުރަން އުޅުއްވާތީ ވީގޮތް. ޢިމްރާނު ވަރަށް މޮޅު.

  10. އިނާ

    އިންސާފެއްނެތް ގޮތުގައި ޤައުމުން ވަކިވެ ބާރުކަނޑުވާލީ ދީނީލީޑަރެއް އިޔާޒަކީ ވަރުގަދަ ދީނީ ލީޑަރެއް

  11. ރަޝާ

    ހެޔޮވެރިކަން

  12. ނީނާ

    ހުރިހާ އެންމެންވެސް ދުއާ ކުރޭ މިއަނިޔާވެރި ސަރުކާރުން މިންޖުވޭތޯ ، އިސްލާމް ދީންވެސް ނެތިދަނީ

    1
    1
  13. ފަހީ

    ރ ޓީވީ އިން ޔާމީން އަކީވަގެކޭ ކިޔައިގެން އަބަދަާ އަބަދު އެހެން ކިޔައިގެން ރައްޔިތުންގެ ބޯ ކާލައިގެން ވެރިކަމަށް އައިސް ގައުމު އިދަޖައްސާލައިފި ވ މަކަރު ވެރި ބަޔެއް އިންޝާﷲ އަހަރުމެން މި އަނިޔާވެރިކަމުން ސަލާމަތް ކުރައްވާތޯ އެންމެން ދުއާ ކުރުމަކީ ވާޖިބެއް

  14. ނ

    ޢެހެންވީއިރު ޔާމިން ރަނގަޅުތާ ...އެވަރަށް ފާޑު ކީ އިރުވެސް ހޭ ވެސް އަހާނުލާ...ވަޒީފާގައި ބެހެއްޓި...ޑރ. ހަސަންގެ އިންސާފު...ސަރުކާރުގެ އިންސާފު

  15. ޙ

    ޢިޔާޒުވެސް ބުނުއްވި މިސަރުކާރަށް ތާއީދުކުރަނީ ކުރާ ގޯސްކަންތަކަށްވުރެ ރަނގަޅުކަންތައް ގިނަވީމައޭ. ޢިސްލާމްދީން ނައްތާލުމަށްވުރެ ގޯސްކަމެއް އިސްލާމަކަށް އޮންނާނެތަ. ނަސީދުގެ ރައުޔާ އެއްގޮތައްނޫނީ އިބްރާހިމަކަށް ކަމެއް ނިންމާކަށް ނުކެރޭނެ. ޢެއީ ފަހަތުފައި.

  16. ޒަބާދުކުޑޭ

    ރައީސްޔާމީނުގެ ޝަރީއަތް ވަރަށް އިންސާފު. ތިމާއާ ޖެހުނީމާ ބޭއިންސާފު.

  17. އަރިކަށި ފިކުރު

    ބޭނުންވާ ލަނީ ގޮތް ގައުމީ ޔުނިވަރސިޓީގައި ފެތުރުމަށް ހުރި އެންމެ ބޮޑު ހުރަހަކީ ޑރ.އިޔާޒްއަށް ވީމާ އޮންނާނީ ވަކުކުރުން. ޓްވީޓަކީ އުފެއްދި ސަބަބު. ވަރަށްސަލާން