ގައުމީ ޔުނިވާސިޓީގެ ލެކްޗަރާގެ ވަޒީފާއިން ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވަކިކުރީ އިންސާފުވެރި ގޮތަކަށް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އެމްއެންޔޫގެ އެސިސްޓަންޓް ޕްރޮފެސަރުގެ މަގާމުގައި ހުންނެވި އިޔާޒު ވަޒީފާއިން ވަކިކުރި ކަމުގެ އެންގުން ފޮނުވީ މިއަދެވެ. އޭނާ މަގާމުން ވަކިކުރީ މީސްމީޑިއާގައި ކުރާ ބައެއް ޕޯސްޓްތަކާ ގުޅިގެން ގައުމީ ޔުނިވާސިޓީން އޭނާއަށް އެ ކަން ނުކުރަން ތަކުރާރުކޮށް ނަސޭހަތް ދިނުމަށް ފަހުގައެވެ.

މީސް މީޑިއާގައި ކުރާ ބައެއް ޕޯސްޓްތަކާ ގުޅިގެން އިޔާޒަށް ގައުމީ ޔުނިވާސިޓީން ނަސޭހަތް ދީފައިވާއިރު، އެންމެ ފަހުން އެ ޔުނިވާސިޓީންނާއި އިސްލާމިކް މިނިސްޓްރީން ވެސް ވަނީ އަންހެނުން ޚިތާނު ކުރަން ހިތްވަރުދީ އިޔާޒު ކުރާ ޓްވީޓްތަކުގެ މައްސަލަ ބަލަން ފަށައިފައެވެ.

އެމްއެންޔޫއިން އިޔާޒު ވަޒީފާއިން ވަކިކޮށްފައިވަނިކޮށް، އިޔާޒު ވެސް ނިސްބަތްވާ އަދާލަތު ޕާޓީގެ ރައީސްގެ މަގާމުގައި ހުންނެވި އިމްރާން ކުރެއްވި ޓްވީޓޭއްގައި ވިދާޅުވީ ދީނީ ރައުޔަތަކާ އިޔާޒާއި އޭނާއާ ޚިޔާލު ތަފާތުވުންތަކެއް ހުއްޓަސް އެ ފިޔަވަޅަކީ އިންސާފުވެރި ފިޔަވަޅެއް ނޫން ކަމަށެވެ.

އިމްރާން ވަނީ އިޔާޒަށް ތައުރީފް ކުރައްވައިފައެވެ. އޭނާ ވިދާޅުވީ އިޔާޒަކީ ރާއްޖޭގައި އިސްލާމީ ޝަޚްސިއްޔަތު ހަރުދަނާ ކުރުމަށް ދީނީ އިލްމުވެރިއެއްގެ ހައިސިއްޔަތުން ގިނަ ޚިދުމަތްތައް ކުރެއްވި ބޭފުޅެއް ކަމަށެވެ.

އިމްރާން ވަނީ ގައުމީ ޔުނިވާސިޓީގެ ނިންމުން މުރާޖާ ކުރުމަށް ގޮވާލައްވައިފައެވެ.

ވެރިކަން ކުރާ ކޯލިޝަންގެ އެއް ލީޑަރު ކަމުގައިވާ އިމްރާން ވިދާޅުވީ ގައުމީ ޔުނިވާސިޓީގެ ނިންމުންތައް މިއަށް ވުރެ ހަރުދަނާ ގޮތެއްގައި ނިންމެން ވާނެ ކަމަށެވެ.

އިޔާޒަކީ އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ މެންބަރު އަދި އަދާލަތު ޕާޓީގެ ދީނީ އިލްމުވެރިންގެ ކޮމިޓީގެ ނައިބު ރައީސެވެ. އިމްރާނަކީ އެ ޕާޓީގެ ރައީސެވެ. އިޔާޒާއި އިމްރާން މިހާތަނަށް ސިޔާސީ މަސައްކަތް ކުރެއްވީ ވަރަށް އެކުގައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. އަލިބިޔާއްކަލޯ

  މަނި ކުފާނުގެ ވަގުވެސް މާދުރެއްގައެއްނޫން މިހާރު އޮތީކީ ސަމާލުވެލައްވާ
  ސޯލިހު މިނަން ނިސްބަށްވެދާނެ ކިތައްމެބޮދު ގައްލާދަ ކައްވެސް ޙާއިނަ ކަށްވެސް ފާސިގަ ކަށްވެސް އެމީހަ ކުގެ ނަމަ ކުންނޭގޭނެ................................. ޥ ސަލާމް 😭

  13
  1
 2. ލޫޓުވާ

  އެބަ ރަނގަޅުވޭ. ނުރަނގަޅު ކަންތައްތަކުގަ ބަސް ބުނެވެންވާނެ. އެހެން ސިޔާސީ ޕާޓީތަކުގަ މީހުނާމެދު ސަރުކާރުން ކުރާ ކަންތައްތަކުގަވެސް އިމްރާން ބަސްބުނާނަމަ.

  14
  1
 3. ޖަމީލާ

  މަނިކުފާނު މިކަމުގަ އެއްޗެއް ބުނުން ރަނގަޅެއް ނޫން. މިނިސްޓަރުކަން ދީ، ޗާލު ކުއްޖަކު ދިނީމަ ދެން އަނގަމަޑުންލައިގެން ހުރުން ރަނގަޅުވާނެ.

  16
  1
 4. އުގުރި

  ޕާޓީ މީހާ ވީމަ، ގުރޫޕް މީހާ ވީމަ އެބަ އަސަރު ކުރޭދޯ ، އެކަމަކު ދީނަށް ޕުރައްސާރަ ކުރީމަކާ ނުކެރޭ ތިހެން ބަހެއް ބުނާކަށް.
  ..ފިޑި އިމުރާނު..

  23
  1
 5. އަސްޤަރު ސިއްދީޤް

  ބަލަ އަންހެނުން ނާއި ފިރިހެނުންނާއި ހަމަހަމަ ކުރެވޭނީ އަންހެނުން ހިތާނު ކުރެވިގެންތާދޯ! އިޔާޒު އެބުނަނީ އެވާހަކައޭ!

  11
  3
 6. އިނާ

  ތިބޭފުޅާ އަފުރާޝީމްގެ މަރާބެހޭގޮތުން ހެކިދެއްކީ އިންސާފުންތޯ ދޮގުވެރިންނަކަށް އިތުބާރެއްނެތް

  22
  2
 7. ހަސަން

  އިމްރާން އަކަށް ކަމަކު ނުދާނެކަން އެނގޭ އިމްރާން ގެ މައުތު ޕީސް ވިއްޔަ އިޔާޒް އަކީ

  18
  2
 8. ޒަބާދުކުޑޭ

  ތިމާ ނުރުހޭ ކަމެއްވީމާ އިންސާފެއްނޫން. ޔާމީނުހައްޔަރުކުރަން ތިމާ ރުހޭތީ ޔާމީނުގެ ޝަރީއަތް އިންސާފު.

  5
  1
 9. ޢބްދުއްﷲ

  އިޒާޔަށް އެޅި ފިޔަވަޅު އިންސާފުވެރިއެއް ނޫން: އިމްރާން

  2 ގަޑިއިރު ކުރިން ( ޖުލައި 1, 2021 )

  ﷲގެ ރަސޫލާ ދުއާދެންނެވި ފަދަ ޞޯލިހުން ގެ ވެރިކަމުގަ ވެސް އިންސާފު ވެރިނޫން

  ފިޔަވަލު އަޅާތަ؟

  4
  1
 10. ރައްޔިތު މީހާ

  ޢެއްވެސް ބޭފުޅަކު އެބޭފުޅެއްގެ ޕާޓޭ އަށް ދެރަގޮތެއް ވެއްޖިއްޔާ ހިމޭނަކުން ނުހުންނާނެ.. ލައްލާ ލާލަލަ

  3
  1
 11. ރިވެތި

  އިމުރާނޫ ދުލުންގޮވިހާތަކެތި ވިސްނާލަން ގޭގާ މަޑުކޮއްލާ ވަރައްކައިރި ތިތުރައް ބަސްބުނާނަމަ ވަޒީފާވެސް ގެއްލޭނެ ދެން ލަލަލަ