ގައުމީ ޔުނިވާސިޓީގެ ވަޒީފާއިން ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވަކިކުރަން އެ ޔުނިވާސިޓީން ނިންމި ނިންމުން މުރާޖާ ކުރަން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ.

އެމްއެންޔޫގެ އެސިސްޓަންޓް ޕްރޮފެސަރުގެ މަގާމުގައި ހުންނެވި އިޔާޒު ވަޒީފާއިން ވަކިކުރި ކަމުގެ އެންގުން ފޮނުވީ މިއަދެވެ. އޭނާ މަގާމުން ވަކިކުރީ މީސްމީޑިއާގައި ކުރާ ބައެއް ޕޯސްޓްތަކާ ގުޅިގެން ގައުމީ ޔުނިވާސިޓީން އޭނާއަށް އެ ކަން ނުކުރަން ތަކުރާރުކޮށް ނަސޭހަތް ދިނުމަށް ފަހުގައެވެ.

އިޔާޒު ދާދި ފަހަކުން އަންހެނުން ޚިތާނު ކުރަން ބާރު އަޅައި ދައްކާ ވާހަކައަށް ބައެއް މީހުންގެ ފާޑުކިއުން އަމާޒުވެފައިވަނިކޮށް، އެ މައްސަލަ ގައުމީ ޔުނިވާސިޓީންނާއި އިސްލާމިކް މިނިސްޓްރީން ވެސް ބަލަން ފެށިއެވެ.

އަދާލަތު ޕާޓީގެ އިލްމުވެރިންގެ ކޮމިޓީގެ ނައިބު ރައީސް އިޔާޒްގެ ދިފާއުގައި ނުކުންނަވައި އެ ޕާޓީގެ ރައީސް އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިޔާޒު ވަޒީފާއިން ވަކިކުރަން އެޅި ފިޔަވަޅަކީ އިންސާފުވެރި ހަމަތަކުން އެޅި ފިޔަވަޅެއް ނޫން ކަމަށެވެ.

އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ވެސް ހުންނެވި އިޔާޒަކީ ރާއްޖޭގައި އިސްލާމީ ޝަޚްސިއްޔަތު ފުޅާ ކުރުމުގައި ދީނީ އިލްމުވެރިއެއްގެ ޚައިސިއްޔަތުން ނުހަނު ގިނަ މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށް އެ ޕާޓީގެ ރައީސް ކަން ދެވަނަ ދައުރަކަށް ކުރައްވާ އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ ދީނީ ގޮތުން އުފެދޭ ޚިލާފްތަކަށް ހައްލު ހޯދަން ޖެހޭނީ ދީނީ އިލްމުވެރިންނާއި އިލްމީ މުއައްސަސާތައް މެދުވެކޮށް ފުޅާ ދާއިރާއެއްގައި ބަހުސްކޮށްގެން ކަމަށެވެ. އެއީ މިހާ ހަރުކަށިކޮށް ފިޔަވަޅު އަޅަން ޖެހޭ ސަބަބެއް ނޫން ކަމަށް އިމްރާން ވިދާޅުވިއެވެ.

"ރާއްޖޭގެ އެންމެ ބޮޑު ޔުނިވާސިޓީން އެ ދޮރު ބަންދުކޮށް ހަރުކަށި ކަން އިސް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން، ނިންމުން މުރާޖާ ކުރަން ގޮވާލަން،" އިމްރާން ލިޔުއްވާފައިވެއެވެ.

އިޔާޒަކީ ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ އިސް މަގާމެއްގައި ހުންނެވި ބޭފުޅަކަށް ވާއިރު، ވެރިކަން ކުރާ މައި ޕާޓީ ކަމުގައިވާ އެމްޑީޕީގެ ގިނަ ބަޔެއްގެ ފާޑުކިއުންތައް އަބަދުވެސް އިޔާޒަށް އަމާޒުވެއެވެ.

މިކަމާ ގުޅިގެން އިޔާޒު ވެސް ވިދާޅުވެފައިވަނީ އޭނާ ފިޔަވަޅު އަޅާފައިވަނީ ބޭއިންސާފުން ކަމަށެވެ. އަދި އެއީ ސިޔާސީ ގޮތުން އުފެދުނު ދެބަސްވުމަކާ ގުޅިގެން އެޅި ފިޔަވަޅެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަލީ ރަމީޒް ބިން ސައީދު ޤާސިމް

    އަަޅުގަނޑު މަނިކުފާނަށް ދަންނަވަން އޮތީ، ޢަދާލަތުގެ ސްލޮޓެއްގައި މަނިކުފާނު މި ސަރުކާރު ނަގަހައްޓަން މަސައްކަތް ނުކުރައްވާށޭ ހައްޤުބިސް ބުނުމުން ވަޒީފާން ވަކިކޮށް އަދަބު ދޭއިރު މަގާމާ ފައިސާގެ ބޭނުމުގައި ތިޔަ ހުންނަވަނީ ކީއްވެތޯއޭ؟

    *މި ކޮމެންޓަކީ އަޅުގަނޑުގެ އަމިއްލަ ހައިސިއްޔަތުން ކުރި ކޮމެންޓެއް، ސަލަފްގެ ފަރާތުން ނެރުނު ރައުޔީ ޚިޔާލެއް ނޫން)
    -ޢަލީރަމީޒު-

    3
    2
  2. އައްޝޭއިޚް މުޙައްމަދު މޫސާ / ނައިފަރު

    ވަރަށްވެސް ކަމުނުދާ ކަމެއް މީހަކު ދީނުގޭ އޮންނަ ގޮތެއް ބުނެދިނީރުން ޗަހެން ވަޒީފާއިން ކަނޑޭލުމަކީ
    والله اعلم

    2
    1
  3. ހަނޫނު ސޯ /ނައިފަރު

    މަޖުލީހުގޭ އވގރ ގޮވޭ މީހުން މަރާން ގޮވިޔަކަސް އެމީހަކަށް އެޅޭ ފިޔަވަޅެއް ނެތޭ އެކަމަކު ދީނީ އިލްމުވެރިޔަކު ހުރިއްޔާ އެބަ ހޭ އަރުވޭލޭ
    މީ ހަމަ ސީދާ ލާ ދީނީ ސަރުކާރެއް

    އިމުރާނު އިސްތިއުފާ ދީ ހަމަ މިހާރު

    4
    1
  4. ނައިފަރު ކަސީރު މަހޭ

    އަޅާއަޅާ މުރާޖައާ ކޮށްގެންވެސް ހިތާނީ ޝެއިޚު ބަހައްޓޭ ޗަތާ، ނުނީ މިރަށަށް ފޮނުވޭ ބަދީ މިއޮއް އަންނަ ބޮޑު އީދު ކުދިން ކުދިން ނަކަތްގެ ލައްވޭދޭން 😂😂😂😂😂👏👏👏

    2
    2
  5. އުގުރި

    ތިގޮތަށް ވެސް އެމްޑީއެންގެ މައްސަލަ ބަލަން ގޮވާލަބަލަ.
    ފިޑި އިމުރާނު

    4
    1