މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު ނިޔާވިތާ 7 ގަޑިއިރަށްވުރެ ގިނަ އިރުވިއިރުވެސް އަދިވެސް ކުއްޖާ ބަނޑުން ނުނަގާ ކަމަށް އެއަންހެން މީހާގެ އާއިލާއިން ބުނެފިއެވެ.

"ވަގުތު" އަށް މައުލޫމާތު ދެމުން އެ އަންހެން މީހާގެ ބޭބެ ބުނީ، އަންހެން މީހާ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ވިލިނގިލި ސިއްހި މަރުކަޒަށް ދެއްކުމުން ދަރިފުޅު ނުތެޅޭތީ މިއަދުގެ މެންދުރު 10 ޖަހާކަންހާއިރު، ކަމަށާއި ދަރިފުޅު ނިޔާވެފައިވާކަން އާއިލާއަށް އަންގާފައިވަނީ 12:30 އެހާކަންހާއިރު ކަމަށެވެ.

އޭނާ ބުނީ ކުއްޖާ ނިޔާވިއިރު، މައިމީހާގެ ބަނޑަށް 9 މަސްވެފައިވާ ކަމަށެވެ. އެހެން ނަމަވެސް ކުއްޖާ ނިޔާވެފައިވަނީ ކޮންކަމަކާއި ގުޅިގެން ކަމެއް އާއިލާއިން ހާމަ ކޮށްފައެއް ނުވެއެވެ.

ދަރިފުޅު ސިޒޭރިއަން ހަދައިގެން ނުވަތަ ވިއްސައިގެން ވެސް އަދިވެސް ނުނަގާތީ އާއިލާއިން ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ.

"އަޅުގަނޑުމެން މި އެދެނީ ވީހާވެސް އަވަސް ކުރަން. އެކަމަކު އަދިވެސް އޮތީ ވޯޑުގައި ބާއްވާފައި" އެ އަންހެން މީހާގެ ބޭބެ ބުންޏެވެ.

އޭނާ ބުނީ، ދަރިފުޅު ނަގަން އޮތީ ވިއްސައިގެން ކަމަށާއި އެހެން ނަމަވެސް މަންމަގެ ކޮވިޑް ނަތީޖާ ނުލިބޭތީ ވިއްސާ ކޮޓަރިއަށް އެމީހުން ނުވައްދާ ކަމަށާއި މިވަގުތު އޮތީ ކޮންމެ ވެސް އެހެން ކޮޓަރިއަކަށް ވައްދާފައި ކަމަށެވެ.

"ކޮވިޑްގެ ސުންކު މެންދުރު ނެގީ. އެވެސް އަދިވެސް ނުލިބޭ. އާއިލާއިން މިތިބީ ދެން ކަންތައް ކުރަންވާ ގޮތެއް ނޭނގިފައި. މަންމަގެ ހާލު ރަނގަޅަސް ދަރިފުޅު ބަނޑަށް ނިޔާވުމުން ހިތަށް އަސަރު ކުރާނެތާ" އޭނާ ބުންޏެވެ.

ކޮވިޑް-19 މިދިޔަ އަހަރު ފެތުރެން ފެށިފަހުން ރާއްޖޭގައި މާބަނޑު މީހުންގެ ބަނޑަށް ދަރިފުޅު ނިޔާވުމުގެ ހިތާމަވެރި އެތައް ހާދިސާއެއް ހިނގާފައި ވެއެވެ. މިފަދަ ގިނަ ހާދިސާތައް ހިނގާފައި ވަނީ އެކަށީގެންވާ އަވަސް މިނުގައި ސިއްހީ ފަރުވާ ނުލިބުމުންނެވެ. ސިއްހީ ފަރުވާ ލިބުން ބައެއް ރަށްރަށުގައި ލަސްވީ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ދަތުރު ނުކުރެވިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ޟނ

  އާސަންދާ އެޕްރޫވް ވަންދެން ކަންނޭނގެ މީދެން ކިހާ ބޮޑު ވެއްޖެކަމެއް ނިކަމެތީން ނަށް ނިކަމެތި ގޮތް އާސަހަރާ މަތީފަނޑިންނަށް ގަލޮޅު ސަހަރާ

  21
  6
 2. ެަރަތްބޯ

  ތި އައިޖީއެމްއެޗް ތީ ޔުނިވަރސިޓީއެއް،އުޅޭނީ 70ޕަސެނޓް ދަސްކުރާކުދިން،ސަރުކާރުން ނުބަލާނެ ކޮންމެހެން ސިއްހީ ދާއިރާއެއް އެހެން ދާއިރާއަކު؛ުންވިޔަސް ރައްޔިތުންނަކަށް،ހަމަސީދާ ހަރާންކޯރު ވަގު ސަރުކާރެއް،2023 ގައި މިހާރު 500 ޕަސެންޓް ޔަގީން އެމްޑީޕީ އަލްވަދާއު ކިޔާނެކަން، އެކަމާ މިހާރު ބިރުން އެމީހުންނަށް 2023 ގެ ފަހުން ވާނޭ ގޮތްނޭނގޭތީވެ މިހާރު ރައްޔިތުންނަށް ނުބަލާ އަތުޖެހުނު ތާކުން ނަގާ ރައްކާކުރަނީ،ހުރިހާ މުއައްސަސާއެއް ބޮއްސުންލާފަ، އެމީހަކާ އެމީހެއް،

  25
  5
 3. އައިސަ

  މިހަބަަރު ލިޔުނުކުއްޖާއަށް މިގޮތަށް ކަންތައް ދިމާވުން ކަންކުރާގޮތް ނޭންގެނީ ކަމަށް ވެދާާނެ. ބަނޑަށް ދަރިފުޅު މަރުވީމަ މަސައްކަތް ކުރާނީ ވިއްސަން. މާނައަކީ ދުވަހުން ދުވަހަށް ވިއްސާނެއެކޭނޫން. ވޭންވަރު ނަގަންދެން ޖެހިދާނެ ތިންހަތަރު ދުވަހުވެސް ކެތްކޮށްލަން. އިންޖެކްޝަން ޖަހައިގެންވެސް ވިއްސޭތޯ ބަލާފަ އެހެންގޮތެއް ނެތިގެންނޫނީ ސިޒޭރިއަން ނަހަދާނެ.

  3
  1