މިހާރު ކަރަންޓީންގައި ތިބި ކުރިން ކޮވިޑް ޖެހުނު މީހުން ދޫކޮށްލަން އެޗްޕީއޭ އިން ކައުންސިލްތަކަށް އަންގައިފިއެވެ.

އެޗްޕީއޭ އިން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނީ ކޮވިޑަށް ފައްސިވާ ތާރީޚުން ފެށިގެން (ސާމްޕަލް ނަގާދުވަހުން ފެށިގެން) 60 ދުވަސް ހަމަވެފައި ނުވާ ފަރާތްތަކުގެ ތެރެއިން ރަށްރަށަށް ދަތުރުކޮށް ކަރަންޓީނުގައި މިހާރު ތިބި ފަރާތްތައް ކަރަންޓީނުން ދޫކޮށްލުމަށް އަންގާ ކަމަށެވެ.

ރަށްރަށަށް ދަތުރުކޮށް ކަރަންޓީނުގައި ތިބި، ބަލިޖެހި ރަގަޅުވެފައިވާ މީހުންގެ ތެރެއިން ބަލިޖެހުނުތާ 60 ދުވަސް ހަމަނުވާ މީހުން ކަރަންޓީނުން ދޫކޮށްލުމުގެ ކަންތައްތައް ސިޓީ އަދި ރަށު ކައުންސިލުގެ ފަރާތުން ނުވަތަ ރަށުގައި ޤާއިމުވެފައިވާ ކޮވިޑް-19 ގެ ޓާސްކްފޯސްއިން އިންތިޒާމު ކުރައްވައިގެން ކުރިއަށް ގެންދެވުމަށް ސާކިއުލާގައި ވަނީ އަންގާފައެވެެ.

އަދި މިގޮތުން ދޫކޮށްލެވޭ ފަރާތްތަކުގެ މައުލޫމާތު އެޗްޕީއޭ އާއި ޙިއްސާކޮށްދެއްވުމަށް ވެސް ސާކިއުލާގައި ވަނީ އަންގާފައެވެ.

ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު މަދުވާން ފެށުމުން މިއަދުން ފެށިގެން ލުއިތަކުގެ ތެރޭގައި ވެސް ކޮވިޑަށް ފައްސިވެ 60 ދުވަސް ހަމަނުވާ މީހުން ރަށްތަކަށް ގޮސް ވެސް އަދި ފައްސިވާ މީހަކާއި ގާތުން އެއްތާވިޔަސް ކަރަންޓީން ވާން ނުޖެހުން ހިމެނެއެވެ.

ނަމަވެސް ރާއްޖެ އިން ބޭރުން އަންނަ ދިވެހިންނާއި ވޯކްޕާމިޓް އޮންނަ މީހުން ކޮވިޑަށް ފައްސިވިތާ ދެމަސް ދުވަސް ފުރިހަމަ ނުވިޔަސް ކަރަންޓީން ވާން ޖެހޭނެއެވެ.

ބައްޔަށް ފައްސިވި މީހަކާ ގާތުން އެއްތާވި ދުވަހުން ފެށިގެން 14 ދުވަހުގެ ތެރޭގައި އެ މީހާގެ ކިބައިން ބަލީގެ އަލާމާތެއް ފެނިއްޖެ ނަމަ ޕީސީއާރު ޓެސްޓު ހަދައި ނަތީޖާ ލިބެންދެން މަޑުކުރަންޖެހެނޭ އެވެ. އެ މީހަކު ދިރިއުޅޭ ގެ މޮނިޓަރިންގެ ހާލަތުގައި ހުރިނަމަ، ބަލިން ފަސޭހަވިތާ 60 ދުވަސް ހަމަނުވިޔަސް ކަރަންޓީނުގައި ހުންނަންޖެހެ އެވެ.

މިހާރު ކަރަންޓީންގައި ތިބި ކުރިން ކޮވިޑް ޖެހުނު މީހުން ދޫކޮށްލަން ކައުންސިލްތަކަށް އެޗްޕީއޭ އިން އެންގިރު ސްކޫލް ޗުއްޓީ އާއި ދިމާކޮށް ގިނަ ބަޔަކު މިދުވަސްވަރު ވަނީ މާލެ އިން ރަށަށް ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ޙބވވ

  ޢެބޭބެ އަށް ހެދޭ ނެހެދޭނޭގޭ ބޮލެއްހުރިތޯ ބޮލުގަ އަތަލާބަލަ ހުރިހާ ރިސޯޓް ތަކަކީ 100ޕަސެންޓް ވެކުސިން ޖަހާފަ ތިބި ފަރާތްތައް ބަލިނެތް ރައްކާތެރި ރިސޯޓް ތަކުން އަބިދަރިން ކައިރިޔަށް ދިޔުމުން އެތަކެއް ދުވަހެއް ގެއްލުވާލާ

  4
  1
 2. މަނ

  ޢެބޭބެ އަށް ހެދޭ ނެހެދޭނޭގޭ ބޮލެއްހުރިތޯ ބޮލުގަ އަތަލާބަލަ ހުރިހާ ރިސޯޓް ތަކަކީ 100ޕަސެންޓް ވެކުސިން ޖަހާފަ ތިބި ފަރާތްތައް ބަލިނެތް ރައްކާތެރި ރިސޯޓް ތަކުން އަބިދަރިން ކައިރިޔަށް ދިޔުމުން އެތަކެއް ދުވަހެއް ގެއްލުވާލާ

  4
  1
 3. ސަމްސު

  އަޅެދެން ވެކްސިން ފުރިހަމަ ނުރި މީހުންނަށް ކަރިންޓީނުގެ މުއްދަތު ކުރުކޮށްދީބަލަ..