22:12

މާލެ އިން 26 މީހުންނާއިއެކު ޖުމްލަ 143 މީހުން ފައްސިވެއްޖެ.

20:09

ގދ. ތިނަދޫން މިއަދު 20 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

17:45

ގދ. ތިނަދޫގެ ކޮވިޑް-19ގެ ހާލަތު އިތުރަށް ގޯސްވެފައިވާތީ ފުލުހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސިފައިންގެ އެހީތެރިކަމަށް ތިނަދޫ ކައުންސިލުން އެދިއްޖެ

17:43

ރ. އަތޮޅު މީދުން އިތުރު ހަ މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

13:28

ނުރައްކާތެރި ކޮވިޑް-19 އިން ދިފާއުވުމަށް އިންޑިއާއިން އުފައްދާފައިވާ ކޮވިޝިލްޑް ވެކްސިން ޖަހައިގެން ޔޫރަޕްގެ ނުވަ ޤައުމަކަށް ދަތުރުކުރެވޭ ގޮތް ހަދައިފި


ކޮވިޑް-19 އާއި ދެކޮޅަށް ދިވެހިން ކުރަމުން އައި މަސައްކަތް "އެކޮޅުކޮޅުން ޖެހި" ހާލަތު ގޯސްވީ އޭޕްރީލް މަހު ދިން ލުއިތަކާއި ކައުންސިލް އިންތިހާބަށް ފަހިކޮށްދިން ފުރުސަތުތަކުގެ ސަބަބުންނެވެ. އޭޕްރީލް މަހުގެ 17 ވަނަ ދުވަހުން ފެށިގެން މައްޗަށް އުފުލެން ފެށި ފައްސި އަދަދުތައް މަތިވަމުން ގޮސް މެއި މަހު ހާލަތު ކޮންޓްރޯލުން ނައްޓާލިއެވެ.

ހަރުކަށި އެތައް ފިޔަވަޅުތަކެއްގެ ސަބަބުން މިއަދު އަނެއްކާވެސް މިވަނީ ހާލަތު ގޯސްވިއިރު އޮތް އަދަދާއި ދާދި ގާތައް އަދަދުތައް މަދު ކުރެވިފައެވެ. މިއަދު 133 މީހުން ކޮވިޑަށް ފައްސިވިއެވެ. މިއަދަކީ އޭޕްރީލް މަހުގެ 16 ވަނަ ދުވަހަށް ފަހު ރާއްޖެ އިން އެންމެ މަދުައަދަދެއްގެ މީހުން ކޮވިޑް-19 އަށް ފައްސިވި ދުވަހެވެ.

ކޮވިޑް-19 އަށް ރާއްޖެ އިން ފައްސިވާ މީހުންގެ އަދަދު އޭޕްރީލް މަހުގެ ދެވަނަ ހަފްތާ އިން ފެށިގެން އިތުރުވަމުން ގޮސް މެއި މަހު އަދަދުތައް ކޮންޓްރޯލުން ނައްޓާލިއެވެ. މާލޭ ސަރަހައްދުގެ އެނދުތައް ގާތްގަނޑަކަށް ފުރި، ފަރުވާ ދޭން ތިބި ޑޮކްޓަރުންނައި ނަރުހުންގެ ދަތިކަން ވެސް ކުރިމަތިވިއެވެ. ނަމަވެސް މެއި މަހުގެ 12 ވަނަ ދުވަހު އެޅި ބައެއް ފިޔަވަޅުތަކުންނާއި އަދި މެއި މަހުގެ 26 ވަނަ ދުވަހު އެޅި ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން އަދަދުތައް ވަނީ ދަށަށް ދާން ފަށާފައެވެ.

މިއަދު އިތުރު ލުއިތަކެއް ލިބުނު ނަމަވެސް ކޮވިޑްގެ ނުރައްކާ ކުޑައެއް ނުވެއެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް ޖެހިގެން ތިން މީހުން ނިޔާވެއްޖެއެވެ. އެހެންކަމުން ކޮވިޑުން ސަލާމަތްވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް މަތިން ކުޑަކޮށްވެސް ހަނދާން ނައްތާލައިގެން ނުވާނެއެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަބޭ

    ފަތުރުވެރިންނޭކިޔާފަ އަނެއްކާ ރައްރަށައް އިންޑިޔާމީހުންގަނޑުއަރުވާ އޭރު3ވަނަ ރާޅެއް އަވަހައް އަންނާނީ

  2. މަރިޔަމް މޫސާ

    އީދު ފަހުނ ތިޔަ އަދަދުތައް މައިމޫނާ އިތުރުކޮށްލާނެ. 2023 އާ ހަމައަށް މި ޑްރާމާ ދަމަހައްޓާނެ.