ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި އިތުރު ފަރުވާ ހޯއްދަވަން އިނގިރޭސިވިލާތަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށް އާއިލާއިން ބުނެފި އެވެ.

މެއި މަހުގެ 06 ވަނަ ދުވަހުގެ ރޭ ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާ ގައި އެމަނިކުފާނަށް ލިބިވަޑައިގެންނެވި ޒަހަމްތަކަށް މިހާރު ފަރުވާ ހޯއްދަވަމުން ގެންދަވަނީ ޖަރުމަންވިލާތުގައެވެ. ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ސިއްހީ ހިދުމަތް ލިބޭ ގައުމު ކަމަށްވާ ޖަރުމަންވިލާތުގައި ނަޝީދު ފަރުވާ ހޯއްދަވަމުން ގެންދަވަނީ މެއި މަހުގެ 13 ވަނަ ދުވަހުން ފެށިގެންނެވެ. ޖަރުމަންވިލާތުގައި އެމަނިކުފާނުގެ ބައެއް އޮޕަރޭޝަންތައް ކުރައްވާފައި ވެއެވެ. އަދި އަންނަ ނޮވެމްބަރ މަހު ވެސް އިތުރު އޮޕަރޭޝަނެއް ކުރަން ހަމަޖެހިފައިވާ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ނަޝީދުގެ ފަރުވާ އަދި ނުނިމުނު ނަމަވެސް މިހާރު އެމަނިކުފާނު ވަނީ ރަސްމީ މަސައްކަތްޕުޅު ފައްޓަވާފައެވެ. މިދިޔަ ހުކުރު ދުވަހު ޖަރުމަނުގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ ރައީސް ވުއަލްފްގަންގް ޝުއައިބުލައާ އެމަނިކުފާނު ރަސްމީކޮށް ބައްދަލުކުރެއްވިއެވެ. އެއީ ހަމަލާއަށް ފަހު ނަޝީދު ބައިވެރިވެ ވަޑައިގެންނެވި ފުރަތަމަ ރަސްމީ ބައްދަލުވުމެވެ.

މިމަހުގެ 06 ވަނަ ދުވަހުގެ ރޭ ނަޝީދު ވަނީ އާއްމުންނަށް ސުވާލު ކުރެވޭ ގޮތައް މަޖިލީހުން އިންތިޒާމް ކުރާ ޓީވީ ޕްރޮގްރާމެއްގައި ބައިވެރިވާން ނިންމަވާފައެވެ.

ނަޝީދުގެ ހާލުކޮޅު ރަނގަޅުވަމުން އައި ނަމަވެސް އެމަނިކުފާނު އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ދުވަހެއް އަދި ނޭނގެއެވެ.

ނަޝީދަށް ދިން ހަމަލާ އާއި ގުޅުން ހުރި އަށް މީހަކު މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި އެބަތިއްބެވެ. އޭގެ ތެރެއިން ފަސް މީހެއްގެ ވަނަވަރު ފުލުހުން ވަނީ ހާމަކޮށްފައެވެ.

ނަޝީދަށް ދިން ހަމަލާ އާއި ގުޅިގެން ހަތަރު މީހެއްގެ މައްޗަށް ދައުވާ ކުރުމަށް މިހާރު އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް ފުލުހުން ވަނީ އެމްޑީޕީ އަށް މައުލޫމާތު ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. Anonymous

  ތީ ނަޝީދުގެ ފުޓޯއެއް ނޫނޭ.

 2. ފައްޔާޒު

  އަހަންނައްކީ އޭނަ ކޮންމެތާކައް ގެންދިޔަޔަސް.
  ނަޝީދުގެ ސަބަބުން މިގައުމައްވާ 1 ފައިދާއެއްނަމެސް ނިކަން ބުނެލަބަލަ.

  18
 3. Anonymous

  އެތާކަށް ނުތޮރު އޭނާއަކަށް ހިތްހަމަޖެހުމެއް ނުލިބޭނެ

  12
 4. ލޫޓުވާ

  ތިއޮތީ ކަމެއްވެފަ. ދައުަތުގެ ޚަރަދުގަ ހެދުނު އެއްޗެއްހަދާތި. މޮޅު ކަމެއްވެފަ ތިއޮތީ. ތިކަމާހުރެ ދައުލަތް ފުނޑާލާތި. ބޭސް ފަރުވާއަށް ހުރިހާ ގައުމަކަށް ދަތުރުކުރާތި. ތީ ދައުލަތުގެ ޚަރަދުގަތޯ އަމިއްލަ ޚަރަދުގަތޯ ބަލަން އެބަޖެހޭ. ސަރުކާރުގެ މަޤާމެއްގަ ހުރި މީހެއްވީމަޗުއްޓީ ލިބެނީ ކިހިނަކުންތޯ. ޑޮކްޓަރުގެ ސިޓީތައް ފުނިފުންޏަށް ހޯދާފަތަ ހުންނަނީ. މިއީ އުފެދޭ ސުވާލުތައް އަދައިގެ ރައްޔިތަކަށް ތިފަދަ ކަންތަތަކެއް ދައުލަތުކުން ނުކުރޭ.

  14
 5. ސައީދާ

  އިނގިރޭސީންގެ ހޮހޮޅައިގައި ރާއްޖޭގެ މިނިވަންކަމައް އަރައިގަންނަން އަދި ވެރިކަން ގަޑުބަޑުކުރަން ރޭވުންރާވަން ސައްލާކުރުމުގެ ޕުރޮގުރާމު އަނެއްކާވެސް ފެށީހެން ހީވަނީ. ފަސާދަ ކުރަން ރާވާ ރޭވުންތައް މާތް ރަސްކަލާނގެ ކަލޭމެން ހީވެސް ނުކުރާގޮތްގޮތައް އިންޝާ ﷲ ނާކާމިޔާބު ކުރައްވާނެ.

  15
 6. ރަބަރޭ

  ދެން ރާ އްޖެނަ އިސް ތިޔަ ތާގަ އި ހުރޭ އޭރުން މާރަގަނޅު ތިޔަބޭފުޅާ އަށް

  12
 7. ޤާދިރު

  ދައުލަތުގެ ހަޒާނާއޮތީ ތި ޚާއިނުގެ ދަތުރުތަކަށް ހުޅުވާލާފަ ކޮބާތަ މައްސަލައަކީ

 8. ލާބަ

  އިތުރު ފަރުވާ އަށް.! ދިވެހިން މީ ގުނބޯލުން ދޯ؟ ސަޅި

 9. ޖ

  މީނަގެ ކަމަކީ މުސާރަކާލަ އިގެން އެ އްގަ އުމުން އަނެ އްގަ އުމަ އް ދަތުރުކުރުން.

 10. ކަނބާ

  އެންމެ ފަހުފަރުވާ އަކީ ގޮނޑިދު އްވުން.

 11. ޓޯހާ

  ތީ ފަރުވާ އެއ އް ނުނިމުނު ދޮ

 12. ބަރަނި

  ރަނގަޅު.ސަރުކާރުގެ ޚަރަދުގަ ހުރިހާކަމެއްވޭ ވިއްޔާ އެއްކޮށް ރަނގަޅުވެގެން ނޫނީ ނާންނާތި.އުޅޭނެހާ ދުވަހަކު އުޅެފަ އަންނާނީ ރަނގަޅުވެގެން.