އިންޑިއާގެ ޑިޕްލޮމެޓުންގެ ކަރާމާތައް ދިވެހިން އަރައިގަންނަ ކަމަށް އިންޑިއާގެ ހައިކޮމިޝަނުން ބުނާ މައްސަލަ ރާއްޖޭގެ މޯލްޑިވްސް މީޑިއާ ކައުންސިލަށް ހުށަހަޅައިގެން އެމައްސަލަ ބަލަމުންދާ ކަމަށް ދުނިޔޭގެ މީޑިއާތަކުން ވެސް ރިޕޯޓް ކޮށްފިއެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނާއި އެ ތަނުގެ އިސްވެރިންގެ ކަރާމަތަށް ރާއްޖޭގެ ބައެއް މީޑިއާތަކުންނާއި މީސް މީޑިއާ ޕޯސްޓްތަކުން "ހަމަލާ ދޭ" ކަމަށް ބުނެ، އެކަން ހުއްޓުވަން ފިޔަވަޅު އަޅައިދޭން އިންޑިއާ ހައިކޮމިޝަނުން ވަނީ ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް ފޮނުވި ސިޓީއެއްގައި އެދިފައެވެ.

އަދި އެމައްސަލަ ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީގެ ސަމާލުކަމަށް އައުމުން އެކޮމެޓީން ވަނީ މިހާރު އެމައްސަލަ މީޑިއާ ކައުންސިލަށް ހުށަހަޅާފައެވެ.

އިންޑިއާގެ މަޝްހޫރު ނޫސްތައް ކަމަށްވާ "ދަ ހިންދޫ" އާއި "އޭއެންއައި" އިން ވަނީ އިންޑިއާ ހައިކޮމިޝަނުން އުފުލާފައިވާ ޝަކުވާތަކާއި ގުޅިގެން މީޑިއާ ކައުންސިލުން އެކަން ބަލަމުންދާ ކަމަށް ރިޕޯޓް ކޮށްފައެވެ. އޭގެ އިތުރުން "ދަ ވަޔާ" އާއި "ޔަހޫ ނިއުސް" ގައި ވެސް ވަނީ މީޑިއާ ކައުންސިލުން މިމައްސަލަ ބަލަމުންދާ ކަމަށް ރިޕޯޓް ކޮށްފައެވެ.

މިއީ 2018 ވަނަ އަހަރު ރާއްޖޭގެ ވެރިކަމަށް ރައީސް ސޯލިހް ވަޑައިގެންނެވި ފަހުން ރާއްޖޭގެ ނޫސްވެރިންނަށާއި މީސް މީޑިއާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ހިޔާލު ފާޅުކުރުމުގެ ހައްގަށް އުނިކަމެއް އަންނަ ގޮތައް ރާއްޖޭގެ އިދާރާއަކުން އަމަލު ކުރަމުންދާ ކަމަށް ބައިނަލްއަޤުވާމީ މީޑިއާގައި ރިޕޯޓް ކުރި ފުރަތަމަ ފަހަރެވެ.

އިންޑިއާގެ ޑިޕްލޮމެޓުންގެ ކަރާމާތައް ދިވެހިން އަރައިގަންނަ މައްސަލަ ފުލުހުން ބަލަން ވެސް ފަށައިފިކަމަށް ރައްޔިތުން މަޖިލީހުގެ ފޮރިން ރިލޭޝަން ކޮމެޓީގެ މުގައްރިރު މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) ރޭ ވަނީ ވިދާޅުވެފައެވެ.

އިންޑިއާ ހައިކޮމިޝަނުން ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް ފޮނުވި ސިޓީ އާއި ގުޅިގެން ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ. އިންޑިއާ ހައިކޮމިޝަނުން ފޮނުވި ސިޓީ އަކީ ވިއެނާ ކޮންވެންޝަން އިން ލިބޭ ހައްގުތަކަށް ހަވާލާދީ ފޮނުވި ސިޓީއެއް ނަމަވެސް ވިއެނާ ކޮންވެންޝަނުން ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް ނާޅާކަން ގިނަ ބަޔަކު އަންނަނީ ފާހަގަ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ....

    އިންޑިޔާ އިން ދޭ ހުރިހާ ފައިސާ އަށްވުރެ އަހަރެމެންނަށް އެންމެ ދިވެއްސެއްވެސް މުހިންމު....މިގޮތަށް ނުދެކޭ ވެރިން ގެއަށްދޭ އިސްތިއުފާ ދީފަ....ފައިސާ ނޫޓުގެ ކަނުގަ އެލިގެން އޮވެ އަހަރެމެންނަށް ކޮށދެވޭނެ އެއްވެސް ވެރިކަމެއް ނޯންނާނެ

    26
  2. ޙެހެ

    ބައެއް ދިވެހިންނަކީ ޒާތީ ވެއްޖެއްޔާ މީހުނައް ކިތައްމެ ބޮޑު ގެއްކުމެއް ދޭންވެސް ފަސްނުޖެހޭނެ. ހަގީގަލުގައި ބައެއް ނޫސްތަކުން އެފަދަ ހަބަރު ލިޔަޔީ ގަޓު ހުރިކަން ދައްކަން. އެކަމު ނޫސްވެރިންނަކީވެސް މިނިވަނުންނެއް ނޫން ހިތައްއެރި އެއްޗެއް ލިޔާކައް. ހަހަހަ

    5
    16
  3. ޒުބޭ

    ވިއެނާ ކޮންވެންޝަން ރާއްޖޭގައި ހުންނަ އިންޑިޔާގެ އެމްބަސެޑަރަށް ކިޔައިދޭންވީތާދޯ؟ ނޭގޭ މީހުންނަށް އެގޭނީ އަންގައިދިނީމާ.

    22
  4. ދެންހަމަ

    ޑިޕްލަމެޓުން ރަށައްދިޔައިމާ ދެން އެވާހަކައެއް ނުދައްކާނެދޯ ބޮކައްވުރެން އަނގަބޮޑުވީމާ ހުރިހާކަމެއްވެސް ވާނެތާ؟

    19
  5. ޑައެލޯގް

    އިންޑީޔާގެ ނޫސްތަކުން އެގައުމުގެވެރިންނަށް ފާޑުކިޔާ ކާޓޫނުކުރަހާ ވައްވައްޖަހާއިރުވެސް އިންޑިޔާ ސަރުކާރަކަށް ނުކެރޭއެގައުމުގެ ނޫސްތަކަށް ފިޔަވަޅުއަޅާކަށެއް. އެކަމަކު ރާއްޖޭގެ ނޫހަކުން ރާއްޖޭގެ ކަންކަމާ އިންޑިޔާއިން ބެހޭތީ އެކަމާ ރާއްޖޭގެ ނޫހަކުން ފާޑުކިޔާތީ އެމައްސަލަ އިންޑިޔާގެ އެދުމަކަށް ރާއްޖޭގެ ސަރުކާރުން ބަލުމުންދާތީ ދޭހަވަނީ ރާއްޖެ އިންޑިޔާއަށް އަޅުވެތިވެފައިވާވަރެވެ.

    28
  6. ާއައުޓް

    އިންޑީއާ ސިފައިން އައުޓް، ހެލްކޮޕްޓަރ އައުޓް، ސުދީ އައުޓް، "އެއްމެ ފުރަތަމަ ޤަޢުމު".

    21
  7. ހަސަން

    ވިއެނާ ކޮންވެންޝަންގެ އުސޫލުތަކާ އެއްގޮތަށް ސަަފީރުމެން ކަންކަން ކުރައްވާނަމަ ދޯ. އެއްވެސް ގައުމެއްގެ ދާޚިލާ ކަންކަން މިވެނިގޮތަކަށް ކުރާށޭ އެއްވެސް ގައުމެއްގެ ސަފިރަކަށް ނޭނގޭނެ. ބަލަ ދިވެހިންނަކީ ވެސް އަމިއްލަ މިނިވަންކަމެއް އަމިއްލަގޮތްކަކަށް އުޅޭ މިނިވަންބައެއް. ހާދަހާ ބޮޑުވެއްޖެކަމެކޭ ދޯ.

    22
  8. ޚާލިދު

    ނަމުގަ ދިވެހިންގެ ސަރުކާރު އިސްތިޢުފާ

    22
  9. ނަސީ

    މޮޅެތި ކޮންވެންސަނޭ ކިޔާއިގެން ރައްއިތުން ބިރުދައްކަކާނެޮަމެއް ނެތް ބިރު އަންނި އައިފަހިން ވަނީ ގޮއްސަ

  10. މީރާއަލިފް

    ސަންޖޭ މުދީރު އައުޓު ސަންޖޭ ލިފުޓު އައުޓު ސަންޖޭ ހޭރޭ އައުތު ސަންޖޭ ގޮނޑި ދުއްވާ އައުޓު. މީމަގޭވެސް ގައުމު، މިގައުމުގެ ނޫސްވެރިން ލިޔާނީ މިގައުމުގެ އެތެރޭގަ ހިނގާ ކަންކަން އެއީ އަހަރުމެންނަން އެގެންޖެހޭތީ، އެއްވެސް ނޫސްވެރިޔަކާ ނުބެހޭތި ހަނދާން ކުރާތި

  11. މަމޮޅު×

    އެއްވެސް މީހެއްގެ ޒާތަށް އުނިކަމަށް އަންނަގޮތަށް ހިޔާލުފާޅުކުރުމުގެ ނަމުގައިވެސް އެއްވެސް ބާވަތެއްގެ އަމަލެއް ލިޔުމެއް ކުރެހުމެއް ސުއޫރެއް ފާޅުކުރުމަކީ ބަލައިގަނެވޭނެ ކަމެއްނޫން. " އަޒާން" ގަޓު ހުރިކަމަަށް ދައްކަންވެގެން މީހުން އިއްޒަތުން ނަފުސައް އަރައިގަނެ ޖެއްސުމުގެ ބަސްތައް ފާޅުކުރުމަކީ ޒިންމާދާރު ގޮތެއް ނޫނެވެ. "މިނިސްޓަރު ކެރެފާ އަހުމަދު ނަސީމް ފެއިލްވި ކަމަށް ގަބޫލުކުރަންތޯ؟" މިއީ ލައިވް އިވެންޓެއްގަ ކުރެވުނު ސުވާލެކެވެ. މިއަށްވެސް ކިޔަންވީ މިނިވަން ނޫސްވެރިކަމޭތޯ؟

    2
    1
  12. އިބްނި މުހަންމަދު

    ޢިންޑިއާ އައުޓް

  13. ހައިޖަންޕު

    މޑޕ އިން އިދިކޮޅު ގައިތިބިއިރު ގޮވިހާއެއްޗެހި ހަނދާންނެތުނީތޯ.

  14. ސާބަސް

    އިންޑިޔާ މީހުން ރާއްޖެ ހިފުމަށް ގޮވީމަވެސް ދިވެހިން ތިބީ އަނގަ ހުޅުވިފަ ބަލަހައްޓައިގެން. އެކަމާ އެއްޗެއް ސަރުކާރަކުން ނުބުނޭ...!