ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަން ގޮއްވާލާނެ ކަމަށް ބުނެ ޓްވީޓްކުރި މީހެއްގެ އެކައުންޓް ސަސްޕެންޑްކޮށްފިއެވެ.

ކާކުކަން ނޭނގޭ ރޯޔަލް ހަސަން ތަކުރު ކިޔާ އެކައުންޓަކުން ކުރި ޓްވީޓެއްގައި ބުނީ، އިންޑިއާގެ ހައިކޮމިޝަން ގޮއްވާލަން ބާރުގަދަ ގޮވާޒާތުގެ، "އާރްޑީއެކްސް" ބޭނުންވާ ކަމަށެވެ.

އެކަން ވަރަށް އަވަހަށް ކުރާނެ ކަމަށްވެސް އޭނާގެ ޓްވީޓްގައި ބުންޏެވެ.

ޓްވީޓް ކުރިތާ މާގިނަ އިރުތަކެއް ނުވަނީސް، އެމީހާގެ އެ އެކައުންޓް ވަނީ ސަސްޕެންޑްކޮށްފައެވެ.

އިންޑިއާގެ ހައިކޮމިޝަން ގޮއްވާލާނެ ކަމަށް ބުނެފައިމިވަނީ، އެ ތަނުގެ އިސްވެރިންގެ ކަރާމަތަށް ރާއްޖޭގެ ބައެއް މީޑިއާތަކުންނާއި މީސް މީޑިއާ ޕޯސްޓްތަކުން "ހަމަލާ ދޭ" ކަމަށް ބުނެ، އެކަން ހުއްޓުވަން ފިޔަވަޅު އަޅައިދޭން އިންޑިއާ ހައިކޮމިޝަނުން ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް ފޮނުވި ސިޓީއެއްގައި އެދިފައިވާ ދަނޑިވަޅެއްގައެވެ.

އެމައްސަލަ ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީގެ ސަމާލުކަމަށް އައުމުން އެކޮމެޓީން ވަނީ މިހާރު އެމައްސަލަ މީޑިއާ ކައުންސިލަށް ހުށަހަޅާފައެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، ރާއްޖެއާއި ބޭރުގެ ގައުމުތަކާއެކު އޮންނަ ޒަމާންވީ ގުޅުންތަކަށް ނޭދެވޭ އަސަރުކޮށް، ދިވެހިރާއްޖެއާއެކު ޒަމާންވީ އެކުވެރި ގުޅުންތައް އޮތް ޤައުމުތަކާ ދޭތެރޭ ދިވެހި ރައްޔިތުންގެ ހިތްތަކުގައި ނަފުރަތު އުފެދިގެން ހިނގައިދާނެ ކަމަށެވެ.

އަދި އެ ލިޔުންތައް އަމާޒުވާ ޑިޕްލޮމަޓުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސްއެޅި އެ ޑިޕްލޮމަޓުންގެ ޒިންމާ އެންމެ ފުރިހަމައަށް އަދާކުރުމަށް ހުރަސްއެޅިގެން ހިނގައިދާނެކަމެއް ކަމުގައިވެސް ދެކޭކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ދުރުމި

    ތިޔަ ހުރިހާ ކަންކަމަކީ އަންނިއާއި އިންޑިއާ ހައިކޮމިޝަް ގުޅިގެން ކުރިއަށް ގެންދާ ގޭމްތަކެއް. ބޭނުންވަނީ ބޮޑު ވަޒީރު ކަން ހޯދަން.

    55
    4
  2. ޒަމީރު

    މިއީ ފުރަތަމަ ފަހަރައް ރާއްޖޭގައި ހުރި ބޭރު ގައުމެއްގެ އެމްބަސީއަށް ތިޔަފަދަ އިންޒާރެއް ލިބުނު ފަހަރު އަޅުގަނޑުމެން އަޑުއަހާތާގަ. މިތާ އެހެން ގައުމުތަކުގެ އެމްބަސީވެސް ތިބި ހިނދު އިންޑިޔާ އެމްބަސީއަށް ތިފަދަ އިންޒާރެއް ލިބިގެން އުޅޭނީވެސް ސަބަބުތަކެއް އެކަނުގެ ފަހަތުގައި އޮތީމަކަމައް ގަބޫލު ކުރެވޭ.

    45
    6
  3. Anonymous

    އިންޑިއާ އެމްބަސީ ގޮއްވާލާނެ ކަމަށް ޓްވީޓްކުރި އެކައުންޓް ސަސްޕެންޑްކޮށްފި

    1 ގަޑިއިރު ކުރިން ( ޖުލައި 2, 2021 )

    ހާދަ ވައްތަރޭ ރޯއިންގެ އަމަލަކާ .

    34
    2
  4. އަހުމަދު ނީޒް

    ތަނެ އް ގޮ އްވުން މީހުން މަރަން ގޮވުން މީ ވަރަށް ނާތަހްޒީބު ވާހަކަ. އަހަރެމެން ހިތް ނުރުހޭ މީހަކު މަރާފަ އެތަނެ އް ގޮ އްވީމަ ވާނީ ކޮން ކަމެ އް. ހަމަ އަނެ އްކާ ދެން ތިބި ބަޔަކު ލަ އްވަ އެތަން ހަދާ ހިންގާނެ. ތިމާ އޮންނާނީ ޖަލުގަ. ޚިޔާލް ފާޅުކުރާ އިރު އަނިޔާގެ ވާހަކަ ދަ އްކަ އިގެން ނުވާނެ. ސީދާ މަ އްސަލާގެ ވާހަކަ ދަ އްކާ.

    17
    4
  5. ހަސީނާ

    ވައްތަރީ ކުޅޭ ގޭމަކާ. ތަންތަން ގޮއްވާށާ، މީހުން މަރަން ގޮވާގެން ނުވާނެ.

    20
    4
  6. ލައްލާ

    ބަލަދިވެހިން ނައް ޖެންސުންކުރަން ނާވަނީތިހެން

    10
    2
  7. ޏަަޖ

    އަހަންނަށް ބޮޑަށް ބެލެވެނީ ރައްޔިތުންގެ އަންގައިގަ ޓޭޕްއަޅަން ވެގެން އެމް.ޑީ.ޕީ މީހުން ކޮށްގެން އުޅޭ ޓުއިޓެއް ކަމަށް. މިހާތަނަށް ކަން ކަން އެމް.ޑީ.ޕީ ތެރޭގައި ހިނގާފަ ހުރީ އެގޮތަށް. މިސާލަ ކަށް ބަލަންޏާ މިހާރުވެސް އެގޮތަށް ކިތަންމެ އެ ކައުންޓެ ވަނީ ރައްޔިތުންނަށް ފަޅާ އަރާފަދޯ.

    24
    2
  8. ރާވިއްކާގާސިމް

    ޓެރަރިޒަމަށް ވާގިދޭ އެކައުންޓެއް ވިއްޔާ ޓުވިޓާއަށް އަންގާލަނިކޮށް ވަގުތުން އެމީހުން ހޯދާލާނެ ތިމީހެއްގެ އަނހެނުންގެ ފައްޓަރުބަޔަށް ދާންދެން. ޓެރަރިޒަމް ގެ ވަބާ ވަރަށް ސީރިއަސް ކޮށް ހުރިހާ މީޑިޔާ ޖަޔަންޓެއް ނަގާނެ. ތިމީހަކު ހޯދާފަ އުލުބައިންދަންފެނޭ

    6
    2
    • ޙިންނަވަރުސޮރު

      މައްސަލަ ޖެއްސިއްޔާ ދޯ ބަލާނީ

  9. އަޙްމަދު

    ކޮބާ ތިޔަ ޓްވީޓް؟ ނެތް ދޮގޭ!
    ވީމާ ތިޔައީ އިންޑިއާ އެމްބަސެޑަރ ނޫސްތަކަށް ފިޔަވަޅުއެޅުމަށް ސިޓީ ފޮނުވުނީމާ އެކަން ބޮޑުވެގެން ސޯޝަލް މީޑިއާ އުތުރި އަރަން ފެށުމުން، އެ ކަން އޮއްބާލަން އިންޑިއާ އެމްބަސީ އަޑީގަ އޮވެ ފެތުރި ޚަބަރެއް.
    އިންޑިއާ އެމްބަސީން އުފައްދާ ފިތުނައެއް ތީ.
    ތިރައީ ހޭޓް އުފެއްދުން. ،
    ތިޔައީ ފިތުނަ އުފެއްދުން.

  10. ކިހާ

    އެ ޓުވީޓެއ ކުރި މީހަކު ހައްޔަރު ކުރެވން ޖެހޭނެ ދޯ މަޖިލީސް ގޮއްވާލަން ބުނި މީހާ ހައްޔަރު ކުރި ގޮތަށް.. ސަސްޕެންޑު ކުރުމަކުން ނުފުދޭ..