މާލޭގައި ދިވެހި އަންހެނަކު ފިރިހެނަކަށް އަނިޔާ ކުރާ ވީޑިއޯއެއް މީސްމީޑިއާގައި އާއްމުވެއްޖެއެވެ.

ރޭގެ ވަގުތެއްގައި މީސްމީޑީއާގައި އާއްމުވި މި ވީޑިއޯގައި ފެނިގެން ދަނީ އަންހެނަކު ފިރިހެނެއްގެ އިސްތަށިގަނޑުގައި ހިފައި ޒުވާބު ކުރަމުންދާ މަންޒަރެވެ. އެ ޒުވާބުގެ ތެރެއިން އޭނާގެ އަތުން އަތުލާފައިވާ އެއްޗެއް ދިނުމަށް ތަކުރާރުކޮށް ދޭން ވެސް އޭނާ ވަނީ އެދިފައެވެ.

އެމަންޒަރު ބަލަން އެތަނުގައި ގިނަ އަދަދެއްގެ ބަޔަކު ތިބިއިރު، އެއްވެސް މީހަކު އެމީހުން ހުއްޓުވުމަށް މަސައްކަތް ކޮށްފައިވާ ތަނެއް ނުފެނެއެވެ. އެހެން ނަމަވެސް އާދައިގެ ހެދުމުގައި ހުރި ފުލުހުންގެ މީހަކު އައިސް އޭނާގެ ކާޑު ދައްކައި އެމީހުން ހުއްޓުވާފައިވާ މަންޒަރު ފެނެއެވެ.

މި ވީޑީއޯ އާއްމު ވުމާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް "ވަގުތު" އަށް ވިދާޅުވީ، އެ މައްސަލައާއި ގުޅިގެން އެމީހުންގެ މައްޗަށް ޖިނާއީ ދައުވާ ނުކުރާ ކަމަށާއި އެތަނުން އެތަނަށް ދެމީހުން ވާހަކަ ދައްކައި މައްސަލަ ހައްލު ކޮށްފައިވާ ކަމަށެވެ.

މީސްމީޑިއާގައި މީގެ ކުރިން ވެސް މިފަދަ ވީޑިއޯ ވަނީ އާއްމުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ޗަކޮއި

    ޗަކޮއި ކޮބައި ވީޑިއޯ

    46
    • اکف

      ހަހަހަ

      6
      1
  2. އަޖައިބުވާންވީކަމެއް ނޫން

    ލާދީނީ ވެރިކަމެއްގައި މިކަހަލަ މަންޒަރުތައް ފެނުމަކީ އަޖައިބުވާންވީކަމެއް ނޫން. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، "އެ މައްސަލައާއި ގުޅިގެން އެމީހުންގެ މައްޗަށް ޖިނާއީ ދައުވާ ނުކުރާ ކަމަށް"، އަދި ފަހަރެއްގައި ނުވެސް ކުރާނެ.

    37
    13
    • ސާސް

      މެދު އުޑުގަ ފިޔަޖަނީ .

      2
      1
  3. ދިދަ ދަނޑި

    ހުއްޓުވަން ބޭނުން ވިޔަސް މިހާރު ނުކެރޭނެ ކައިރިވާކަށް.. ދުރުކޮށްފަ ގެއަށް ނުދެވެނީސް ބުރަކަށްޓަށް ތިން ހަތަރު ވަޅި ހަރާ ހިސާބުގަ މިހާރު ރާއްޖެ މިއޮތީ...

    27
    1
  4. ސަމީ

    ކޮބާ ޖެންޑަރ މިނިސްޓްރީ ނދާފަތަ މިފަހަރު

    21
    1
  5. ފަރުދީ ޒިންމާ

    ފުލުސް މީހާއަށް މަގޭ ޝުކުރު! 👏

    20
  6. ޖާބެ

    މިޤަޢުމުގަ ހޯމް މިނިސްޓަރަކައް ހުރީ ދީނީ ޝޭޙްއެއް މީނަޔަކައް މުޖްތަމަޢުގަ ވާކަންކަމެއް ނޭންގޭ ހައްލުކުރާކައްވެސް ނޭންގޭ މީނަ އެކްޓިވޭޓްވަނީ މީނަގެ ގުރޫޕްގެ މީހަކު ވަޒީފާއިން ސަސްބެންޑްކުރުން މިކަހަލަ ކަންކަމުގަ... ކޮބާބާ ކަރުބުޑުން ނާރުނަގާފަ ދެއްކިވާހަކަ .. ނާޤާބިލް ވީމަ ވާނެގޮތް ތިޔައީ ހަޤީޤީ ސިޔާސަތެއްވެސް ނޭންގޭ.. މުޖްތަމައެއްގެ ސަލާމަތާ ރައްކާތެރިކަން އަންޑަސްޓޭންޑްވެސް ނުވޭ... މުސާރަކައިލައިގެން ފަލަވަނީ އިތުރުކަމެއް ނުވޭ... ދިނީ އިލްމު ފޮތުގެ ބަންޑޭރެގަނޑުބާ ކީ...

    17
    2
    • ކަރެކްޝަން

      ދީނީ ޝޭޚެއްނޫން. ސިޔާސީ ބޭފުޅެއް. ނުވަތަ ސިޔާސީ 'ޝޭހެއް'. ެ

      11
      • ޗ

        ދީނީޝޭޚެއްނޫން. ސިޔާސީސޭކެއް.

  7. ހުސޭނުބޭ

    އަންހެނުން ބާރުވެރިވެއްޖެކަމުގެ ސެޓްފިކެޓް ދީ!

    23
    1
  8. ސަޓޯ

    ކޮބާ ފިރިހެނުންގެ ހައްގުތައް

    12
    2
    • ""

      މާބާރު ގަދަ ބަޔަކަށް ކޮން ހައްގުތަކެއް ނުރޮއެ ތިބޭ.

  9. އަހައްމަދޫ

    ޢޭޖެންޑާ 19 ތަފާތުވާނެ

    10
    1
  10. ޅޮލް

    އެއީ އަންހެނަކަށް އަހަރެ މެން ނުކިޔަން

    7
    2
  11. ހަމައެކަނި އޮންނަނީ ޢަންހެނުންގެ ހައްގުތައި

    ކޮބާފިރިހެނުންގެ ހައްގުތައް،

    10
  12. ޙަބީބު.

    އިންސާފު ގާއި މުކުރަން އައިސް ހުރިހާކޯޓެއްގަ ބަގުޑިބައްދައިގެން އިންޑިޔާ އަޅުވެތި ކަ މައް ރާއްޖެ ހިބަކޮއްދީގެން މިކުރަނީ ވެރިކަ މެއްތަ؟

  13. ސީނު

    މިނުވޭބާ ހަރުކަށި ފިކުރަކަށް...އަންހެންމީހާ ހަރުކަށށިކަމުން ދޯ އަނިޔާކުރާނީ