ގދ. ތިނަދޫގެ ކޮވިޑް-19ގެ ހާލަތު އިތުރަށް ގޯސްވެފައިވާތީ ފުލުހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސިފައިންގެ އެހީތެރިކަމަށް ތިނަދޫ ކައުންސިލުން އެދިއްޖެއެވެ.

ތިނަދޫގައި ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވެ، ބަލި ފެތުރުން ކޮންޓްރޯލުން ނެއްޓިފައިވާތީ އެ ރަށް ފުރަބަންދު ކޮށްފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ. އެރަށް ފުރަބަންދު ކުރި ނަމަވެސް، އަދިވެސް ބައްޔަށް ފައްސިވާ މީހުންގެ އިންސައްތަ ދަށްވެފައެއް ނުވެއެވެ.

ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީ "ވަގުތު" އަށް ވިދާޅުވީ، ރަށު ތެރޭގެ މޫމެންޓްތަށް މަދު ކުރުމަށް ދަތިތަކަކާއި ކުރިމަތިލާން ޖެހިފައިވާތީ ފުލުހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސިފައިންގެ އެހީތެރިކަމަށް އެދިފައިވާ ކަމަށެވެ.

ސައުދު ވިދާޅުވީ، ސިފައިންގެ އެހީތެރިކަމަށް އެދި ސިޓީއެއް ޑިފެންސް މިނިސްޓަރ މާރިޔާ ދީދީއަށް ފޮނުވާފައިވާ ކަމަށާއި އުއްމީދު ކުރަނީ ވީހާވެސް އެކަމަށް ގޮތެއް ނިންމައި ސިޓިގެ ޖަވާބު ލިބުން ކަމަށެވެ.

"ސިފައިންގެ އެހީއަށް އެދުނީ ރަށު ތެރޭގެ ވޭދަނަތައް މަދުނުވެ ކުރިއަށް ދާތީ އެކަމުގައި ފުލުހުން ކުރަމުން އަންނަ މަސައްކަތްތައް އިތުރަށް ސަޕޯޓް ދިނުމަށް" ސައުދު ވިދާޅުވިއެވެ.

ކޮވިޑް-19 އެންމެ ގަދަޔަށް ފެތުރިފައިވާ މާލޭ ސަރަހައްދުގައި ވެސް ސަރުކާރުން ވަނީ ފުލުހުންނާއި ސިފައިންގެ އެހީތެރިކަމާއި އެކީ މިވަގުތު ބަލި ކޮންޓްރޯލް ކޮށްފައެވެ. އެހެން ކަމުން ސައުދު ވިދާޅުވީ، މާލޭގައި ކޮންޓްރޯލް ކުރެވުނު ގޮތަށް ތިނަދޫގައި ވެސް ބަލި ކޮންޓްރޯލް ކުރުމަކީ އެދޭ ކަމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ސޮއި

    ރައްޔިތުން ހޭލުންތެރި ނޫނީ. ތަންދޮރު ނޭނގެނީ. ވާނުވާ ނޭނގޭ ބަޔަކު ކައުންސިލްގައި

    4
    2
  2. ހަސީ

    ތިނަދޫ މީހުން ކޮންޓްރޯލްކުރެވޭނީ ހަމައެކަނި ރައީސް ނާސިރަށް.

    12
    4
  3. Anonymous

    ސިފައިން ކީއްކުރަންވީ؟ ރައްޔިތުން ހައްމަތަ ކުރަންވީ؟ ބަލަ ރަށް އާންމު ހާލަތަކަށް ބަދަލުވާކަށް ތިރަށު މީހުން ބޭނުމެއް ނުވެޔޭ. ވާނަމަ ގަވާއިދުތަކަށް ބޯލަނބާނެ. ނާތަހުޒީބު ބަޔަކު އުޅޭ ރަށެއް ތިނަދޫއަކީ. މީގެ ކުރިންވެސް އެކަން އޮތީ ސާބިތުކޮށްދީފަ. ދެން ސިފައިންނާ ފުލުހުން ނިކުމެ ވަކި ކޮންކަމެއްތަ ކުރާނީ؟ ރާއްޖޭގެ އއެހެން ރަށްރަށް އާންމު ހާލަތަށް ބަދަލުވަމުން އެދަނީކީ ފުލުހުންނާ ސިފައިން ނިކުމެ ރައްޔިތުންނާ ހަނގުރާމަ ކޮށްގެނެއް ނޫން.

    7
    1
  4. ގދ

    މިކަންކުރަންވާ ގޮތަށް އަދި ނުކުރެވޭ.

    2
    1
  5. ގދ...000

    މިކަންކުރަންވާ ގޮތަށް އަދި ނުކުރެވޭ.

    2
    1
  6. އަން

    މިއުޅެނީ ރައްޔިތުންގެ މައްސަލައެއް ނޫންހެން ހީ ވަނީ.
    ފިޔަވަޅު ތަކުގެ ނަތީޖާ ފެންނަން ފަށާނީ ދިހަ ދުވަސް ފަހުން ކަން އެނގެން ޖެހޭނެ.
    ފުރަތަމަ ފުރަބަންދުގަ ގެއަކަށް ދެފާސް ދޫކޮށްގެން ތިންދުވަސް ވާއިރަށް ހާލަތަކަށް ބަދަލެއް ނާދެއޭ ކިޔާފައި ފިޔަވަޅުތައް ވަރުގަދަ ކުރި މީހުންނަށް ވެސް އެނގޭނެ ނަތީޖާ ފެންނަން ފަށާނީ ދިހަ ދުވަސް ފަހުން ކަން. ހަމަ ރައްޔިތުންނަށް އުދަގޫ ކުރުން ވެގެން.

  7. ލޯބިވާ ވަޠަން

    އައއ އްޑޫސިޓީ ހިތަދޫ އަކީ ބިމުގެ ގޮތުންނާ އާބާދީގެ ގޮތުން ތިނަދޫއަށްވުރެ އެތައް ގުނަ ބޮޑު ތަނެއ އް. އެރަށުގެ ރަށު ތެރެ ވެސް ބަލަހަ އްޓަނީ ފުލުހުން. ސިފައިންނެއް ނޫން. ތިނަދޫ މީހުން ރަގަޅުވެގެން ވާނީ. ބުރަކަށީގަ ހަންމުށި އަޅާކަށް ނުޖެހޭ.

    3
    2
  8. ސަމީ

    ކޮބާ މުޢުނީ މެމްބަރ. ޢޭނަ ތިކަމާ އެއ އްޗެ އް ނުބުނޭތަ. އޭނަ ބުނި އިދިކޮޅަށް ކޮވިޑްޖަ އްސާފަ އިންތިޚާބު ކާމިޔާބު ކުރާނަމޭ . ޙީވަނީ ބަލި ޖަ އްސާ މީހަކީ މީނަހެނއ ލަދެ އްނެތް ބަ އެ އް.
    ތިނަދޫ ރަ އްޔިތުންނާ މުޅި އިސްލާމީ އުންމަތް މި ބަލިން ސަލާމަތް ކުރަ އްވާނދޭވެ. އާމީން

  9. ޔާޓޭ

    ލަދުން ބޯހަލާކު.. ސަޢުދު އަލީގެ އަމި އްލަ މަސްލަހަތަ އް ރަށުގެ ވިޔަފާރިން ބުނާގޮތަ އް ކަންތަ އް ކުރީމަ ވީގޮތެ އްމީ . މިހާރު ރަށުގެ ހާލތު ކޮންޓްރޯލް ނެ އްޓި އްޖެ. ދެން އެންމެން ޖެހެންދެން މަޑުކޮ އްލާ. މަރުވާމީހާ މަރުވާން ދޫކޮ އްލާ. ޓެސްޓް ހެދޭނެ މެށިންގަޑެ އް ހޯދަން ސިޓީ ފޮނުވި އްޔާ މާތާހުރުވާނެ.ސަ އުދު އިސްތި އުފާ

    3
    1
  10. އަލިފް އަލިފް ހާ

    ކައުންސިލަށް ނޭނގެނީ ތޯ ފުލުހުންނަކީ އެމީހުންގެ ދަށުގައި ތިބި ބައެއް ނޫންކަމެއް. ސިފައިންގެ އެހީ އަށް އެދެން ޖެހޭނީ ފުލުހުން. ޢެހެން ނޫނަސް ފުލުހުންނާ ސިފައިން ދެމުވައްސަސާ އަކަށް ބަދަލުކޮށްފައިވަނީ ފުލުހުން މަދަނީ ޚިދުމަތް ދިނުނަށް. މިލިޓަރީ ނުޖެހޭނެ ނެރެން. މިގައުމު މިއިތީ ހަނގުރާމައިގެ ހާލަތެއްގައި ނޫން. ތި ރިކުއެސްޓަކީ ރަނގަޅަށްވިއްޔާ މާރިޔާ ދީދީ ބުނެގެން ފުލުހުން އަގުވައްޓާލަން ތިނަދޫ އެމްޕީން ބުނެގެން ކައުންސިލަރު ސައުދު ކޮށްފައިވާކަމެއް. ތެދެއް ތިނަދޫ މައިތިރި ކުރެވޭނީ ރައީސް ނާސިރަށް. ތިނަދޫ މީހުންގެ އަމިއްލަ ޒިންމާ ކޮބާ ؟ ތިނަދޫ އަށް ވުރެ ބޮޑު އާބާީ އެއް އޮތް ރަށްތަކެއް ކުޅުދުއްފުށީ، އައްޑުޫ ހިތަދޫ، ފުވައްމުލަކު އެއީ އެތަނަށް ވެސް ސިފައިން ފޮނުވައިގެން ނޫން ފުލުހުން ޚިދުމަތް ދިނީކީ.

    1
    1
  11. ބުލް ބުލް

    އަދި ތަންކޮޅެއް އަވަސް.އެހެން ރަށެއްގެ ބަޔަކު އައިސް ކޮވިޑް ކޮންޓްރޯލް ކުރާނެ ގޮތްތައް ދަސްކޮށްދޭންވީ.ތިނަދޫ ނޫނީ ދިވެހި ރާއްޖޭގަ ވަސީލަތް ހުރަމެ މިކަމުން އަރައިނުގަނެވި އެއްވެސް ކޮންޓްރޯލެއްނެތި ވާނުވާއެއްނޭގި ދާ ރަށެއް.

  12. ލާމު

    ބަސްނާހާތީ ވާގޮތް.