ވިދިވިދިގެން ތިން އަހަރު ވޮޗްލިސްޓުގައި އޮތުމަށްފަހު، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ކޮންމެ އަހަރަކު ނެރުއްވާ ޓްރެފިކިންގ އިން ޕަރސަންސް (ޓިޕް) ރިޕޯޓުގެ ދެ ވަނަ އަށް ރާއްޖެ ޖެހިލައިފިއެވެ.

އެމެރިކާ ސަރުކާރުންވަނީ، 2017 ވަނަ އަހަރު، ރާއްޖޭގެ ޓްރެފިކިންގ ރެކޯޑަށް ބެެލުމަށްފަހު، ޓްރެފިކިންގ ވޮޗްލިސްޓުގައި ހިމަނާފައެވެ. 2020 ވަނަ އަހަރު ރާއްޖެއިން ވަނީ، ހިއުމަން ޓްރެފިކިންގާ ދެކޮޅަށް އާ އެކްޝަން ޕްލޭނެއް އެކުލަވާލައި، ނެޝަނަލް އެންޓި-ހިއުމަން ޓްރެފިކިންގ ސްޓިއަރިންގ ކޮމިޓީގެ އޮނިގަނޑާއި ހިންގުން ހަރުދަނާކޮށް، ޓިއަރ 3 އަށް އޮޓޮމެޓިކުން ޑައުންގްރޭޑު ވިޔަ ނުދީ ސަލާމަތްވެފައެވެ.

ޓިއަރ 3 އަށް ވެއްޓުމަކީ، އެމެރިކާ ސަރުކާރުން ރާއްޖެއަށް ދޭ ނޮން-ހިއުމެނިޓޭރިއަން އެހީ ކަނޑައިލުމަށް މަގުފަހިވާނެ ކަމެއްކަން ފާހަގަ ކޮށްލެވެއެވެ.

އެމެރިކާ ސަރުކާރުން ވިދާޅުވީ، ޓިޕް ރިޕޯޓުގައި ރާއްޖެއިން މަތީ ގިންތިއަކަށް ޕްރޮމޯޓުވެފައިވާ ކަމުން ރަމްޒުކޮށްދެނީ، ނުހަނު ދަތި އުނދަގޫ ޙާލަތުގައި ވެސް، އިންސާނީ ވަގުފާރިއާއި ދެކޮޅަށް، މިދިޔަ އަހަރުގެ ތެރޭގައި ދިވެހި ސަރުކާރުން އެޅުއްވި ފިޔަވަޅުތަކުގެ ސަބަބުން ބޮޑު ކުރިއެރުމެއް ޙާސިލްވެފައިވާކަން ކަމަށެވެ.

ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ ވަނީ، ކޮވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި އެކުގައިވެސް، އިންސާނީ ވަގުފާރިއާ ދެކޮޅަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހްގެ ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަމާއި ހާއްސަ އިސްކަން ފާހަގަކުރައްވައި، އެމަނިކުފާނަށާއި ދައުލަތުގެ ކަމާބެހޭ ހުރިހާ މުއައްސަސާތަކަށް ޝުކުރު އަދާކުރައްވާފައެވެ.

މިނިސްޓަރ މާރިޔާ ވަނީ 2019 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން، ޑިފެންސް މިނިސްޓްރީން ރިޔާސަތު ބަލަހައްޓަމުން ގެންދާ، ނެޝަނަލް އެންޓި-ހިއުމަން ޓްރެފިކިންގ ސްޓިއަރިންގ ކޮމިޓީގެ ރައީސް އަދި ޑިރެކްޓަރ އޮފް އެންޓި-ހިއުމަން ޓްރެފިކިންގ ޢަލީ ޖައިޝަން އާމިރާއި ކޮމިޓީގެ ހުރިހާ މެންބަރުންގެ ބުރަ މަސައްކަތްކޮށް ފާހަގަކުރައްވައި، ޝުކުރު އަދާކުރައްވާފައެވެ.

އިންސާނީ ވަގުފާރިއާ ދެކޮޅަށް ސަރުކާރުން އެކުލަވާލައްވާފައިވާ އެކްޝަން ޕްލޭންގެ ދަށުން މިދިޔަ އަހަރުގެ ތެރޭގައި ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ވަނީ ހާސިލްކޮށްފައެވެ.

އޭގެ ތެރޭގައި އިންސާނީ ވަގުފާރީގެ ޝިކާރައަކަށްވާ ފަރާތްތަކަށް ޚާއްޞަ ޝެލްޓަރެއް ގުޅީފަޅުގައި ޤާއިމް ކުރުމާއި، ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގާ ގޮތަށް އެންޓި-ޓްރެފިކިންގ އިން ޕަރސަންސް (އެންޓި-ޓިޕް) އޮފީސް ޤާއިމް ކުރުމަށާއި އެކްޝަން ޕްލޭން ތަންފީޛު ކުރުމަށް ދައުލަތުގެ ބަޖެޓުން ފައިސާ ހަމަޖެއްސުމާއި، މީހުން ޓްރެފިކް ކުރުން ހުއްޓުވުމާ ބެހޭ ޤާނޫނު، އ.ދ.ގެ ޓިޕް ޕްރޮޓޮކޯލްއާއި އެއްގޮތް ކުރަން ޤާނޫނަށް ބަދަލުގެނައުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޟޜ

    ހަގީގަތަކީ ތިޔެއްނޫން އ2013 ފެށިގެން ސްޓޭޓްޑޕާޓްމަންޓުން މަސަތްކަތްކުރީ ވީއައިއޭގަ އެމެރިކާމީހަކުބަހައްޓަން ނަމަވެސް ޔަމީންއެފުރުސަތެއް އެމީހުނަކައްނުދިން 2018 ވެރިކަންބަދަލުވުމާއެކު މިހާރު އެމެރިކާބޭނުންވާކަންކަން ކުރަން ވީއައިއޭ އެއާޕޯޓްގަ އެމީހުންގެމީހަކު އެބަހުރޭ އެކަމުގެބަދަލުގަދިން ހަދިޔާއެއްތީ

    16
    2
  2. ޙސހސ

    ޕަޕެޓްސް

  3. ހިޔަޅު

    ރާއްޖޭގަ ކުޑަކުދިން ރަހީނުކޮށް މަރާ ކަނޑު ފަެްތަމުން ދާއިރުގަވެސްތަ