ދެ މީހުނާއިއެކު ދަތުރުކުރަމުންދަނިކޮށް ހާލުގައި ޖެހުނު ޑިންގީގައި ތިބި މީހުން މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެއެވެ.

މިއަދު މެންދުރުފަހުގެ ވަގުތެއްގައި ހިނގި މި ހާދިސާގައި ހާލުގައި ޖެހިފައިވަނީ ދެމީހެކެވެ. އެމީހުން ކަނޑުމަތީގައި ހާލުގައި ޖެހިފައިވަނީ ޑިންގީއެއްގައި ދަތުރުކުރަމުން ދަނިކޮށެވެ. އެމްއެންޑީއެފް އިން ވިދާޅުވީ، މި ޑިންގީ އޮތީ އަރިއަތޮޅުގެ ހުޅަނގުން 60 ނޮޓިކަލް މޭލު ބޭރުގައި ކަމަށެވެ. ޑިންގީ ފެނިފައިވަނީ، އއ. ރަސްދޫ ރަންދުވެލި ނަމަކަށްކިޔާ މަސްވެރިކަންކުރާ ދޯންޏަކަށެވެ. އެއާއިއެކު އެ ދޯނީގެ ފަރާތުން ކޯސްޓް ގާޑަށް ވަނީ އެކަން ރިޕޯޓްކޮށްފައެވެ. އެމްއެންޑީއެފް އިން ވިދާޅުވީ، މި ހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިއަދު މެންދުރުފަހު 2:04 ގައި ކަމަށެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، އެ ޑިންގީގައި ތިބި ދެ މީހުން މާލެ ގެނައުމަށް ލޯންޗުގައި ފުރުވާލާފައިވާއިރު، އެއީ ދެ ބިދޭސީން ކަމަށެވެ. ދެމީހުންގެ ހާލުވެސް ރަނގަޅުކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ. މި ދެމީހުން މާލެގެނައުމަށް ފަހު ފުލުހުންނާއި ޙަވާލު ކުރުމަށް ނިންމާފައިވާއިރު، ހާދިސާގެ ތަހުޤީޤު ކުރުމުގެ މަސައްކަތް ފުލުހުން މިހާރު ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މާމިގިލީ މީހާ

    މިހާރު ބަންގާޅީންނައް ވެސް ކަނޑުގެ ލައިސަންސް ދިނީތަ.. އެއްލަކިން..

  2. އައްޓަމަސް

    މިހާރުބޭރުމީހުން އެކަނި ޑިންގީތަކުގައި ދަތުރުކުރަންވެސް ފެށީތަ؟ ތިޔަޑިންގީގެ ވެރިފަރާތްހޯދާ، އޭނަޖެހޭނެ ހޫނުފެނަށްލާ ދޮވެލަން!