ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ)ގެ ލެކްޗަރާ އަދި އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ މެންބަރު އައްޝައިހް އަލީ ޒައިދަށް ވެސް އެ ޔުނިވާސިޓީން ފިޔަވަޅު އަޅައިިފިއެވެ.

ޝައިހް ޒައިދަށް އެމްއެންޔޫއިން ފިޔަވަޅު އަޅާފައިވަނީ އޭނާ ކޮށްފައިވާ ޓުވިޓުތަކާއި ގުޅިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެން ނަމަވެސް އެއީ ކޮން ޓްވީޓްތަކެއްކަން އޭނާ ހާމަކޮށްފައެއް ނުވެއެވެ. އޭނާ ވިދާޅުވީ، އެ ޔުނިވާސިޓީން އޭނާއަށް ދެ ފިޔަވަޅެއް އަޅާފައި ވާ ކަމަށެވެ.

މިއަދު ކުރެއްވި ޓުވިޓެއްގައި ޒައިދު ވިދާޅުވީ، އެމްއެންޔޫގައި އޮންނާނީ ފަސް ފިޔަވަޅު ކަމަށާއި އެއީ އަނގަބަހުން ނަސޭހަތް ދިނުމާއި، ލިޔުމުން ނަސޭހަތް ދިނުމާއި. އިންޒާރު ދިނުމާއި ސަސްޕެންޝަން އަދި ކަނޑާލުން ކަމަށެވެ.

އޭނާ ވިދާޅުވީ، އޭނާ ކުރި ޓްވީޓްތަކަކާއި ގުޅިގެން ދެ ފަހަރެއްގެ މަތިން ޔުނިވާސިޓީން އޭނާ އާއި މެދު ދެ ފިޔަވަޅެއް އަޅާފައިވާ ކަަމަށެވެ. އެ ފިޔަވަޅުތައް އެޅީ ވަރަށް ބާރު ސްޕީޑްގައި ކަމަށް ވެސް އޭނާ ވިދާޅުވެއެވެ.

"ވަކީލު ކުރަނީ މާތްﷲ އަށް. ބިރުވެތި ވަނީވެސް އެކަލާނގެ އަށް،" ޒައިދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.

ޒައިދަށް ފިޔަވަޅު އެޅީ ކޮން އިރަކުކަމާއި، އެޅި ކޮން ފިޔަވަޅުތަކެއް އޭނާ ހާމަކޮށްފައެއް ނުވެއެވެ.

ޒައިދަށް ފިޔަވަޅު އަޅާފައި މިވަނީ ގައުމީ ޔުނިވަސިޓީގެ އެސިސްޓެންޓް ޕްރޮފެސަރުގެ މަގާމުގައި ހުންނެވި ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް، އެ ޔުނިވާސިޓީން ވަކިކޮށްފައިވާ ދަނޑިވަޅެއްގައެވެ. ޑރ. އިޔާޒު ވެސް ޔުނިވާސިޓިން ވަކިކޮށްފައިވަނީ އޭނާ ކުރެއްވި ޓުވިޓަކާއި ގުޅިގެންނެވެ.

ޝެއިޚް ޒައިދަކީވެސް އެ އިރެއްގެ ހާލަތާއި، ގުޅިގެން މީސް މީޑިއާގައި ހިޔާލު ފާޅު ކުރައްވާ ރާއްޖޭގެ ގިނަބަޔަކު ދަަންނަ ދީނީ އިލްމުވެރިއެކެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. އަބޫ

    ސެކިއުލާރ މީހުން ބޭނުންހާ ކަމެއް މި ފަސްގަނޑުގައި ނުވީމަ ޢިލްމުވެރިންނާ މިދިމާކުރަނީ. ޢިލްމުވެރިން ނަށް ޤައުމުގަ ހިނގާ ކަންކަމާބަސްބުނެވޭނެ. މީ އިސްލާމީ ޤައުމެއް. މީސެކިއުލާރ ޤައުމެއްނޫން.

    63
    5
  2. ކާފަބޭ2020

    އަޅުގަނޑުޝޭޚަށް ހަމްދަރުދީވަން! މީނަސީދުނޫންކަމާ މީދުޢާދެއްވިފަދަސޯލިހުބޭފުޅެއްކަމަށްވިދާޅުވެ މިހާރާހަމަޔަށްވެސް ރަނގަޅުވާހަކަވިދާޅުވެ ކިހާކަމެއްކުރެއއވިންތޯ؟ ކިތަންމެވަރަށް ދޮންކުރިޔަސް ދުބުރި އަނބަކަށްނުވާނެ! ތިޔަފެނިވަޑައިގަތީ ކުޑަކުޑަމިސާލެކެވެ.

    11
    2
  3. ކޮރަލް

    އެމްޑީއެން އަށް އަދިފިޔަވަޅެއްނާޅަ އެވެ.

    34
    1
  4. މީން

    އުހޫން! ހައެއްކަ ފްލެޓް ދީފަ ބަހައްޓާ!

    15
    4
  5. ޢބްދުއްﷲ

    ޓުވީޓްތަކާއި ގުޅިގެން ޝައިހް ޒައިދަށް ވެސް އެމްއެންޔޫއިން ފިޔަވަޅު އަޅައިފި

    9 މިނެޓް ކުރިން ( ޖުލައި 2, 2021 )

    الحمدُ لِلَّهِ الحمدُ لِلَّهِ الحمدُ لِلَّهِ الحمدُ لِلَّهِ الحمدُ لِلَّهِ الحمدُ لِلَّهِ ލައްކދުވަހު ދީނަށާ

    ﷲގެ ރަސޫލާއަށް ފުރައްސާރަ ކޮއްފީމުތާ މިހާރު ޤައުމު ފުނޑުފުނޑު ވެއްޖެ.

    12
    2
  6. ވަރައްވާހަކަ

    މައްސަލައަކީ ކުރާޓްވިޓަކާގުޅިގެން ފިޔަވަޅެއް އަޅާވާހަކަބުނާއިރައް ރޮއި އާދޭސްކޮއް މަޢާފައް އެދި އާދޭސްކުރުން އެއީ އަސްލު ދީނީ ޢިލްމްވެރިންގެ ގޮތެއްނޫންހެން ހީވަނީ އެމީހުންނަކީ އެމީހުންނައްލިބިހުރި އިލްމް ތެދުވެރިގޮތުގަ އެހެންމީހުންނައް ބަޔާންކޮއްދޭ މީހުން އެމީހުން އެގޮތުގާ ދެމިތިބޭނީ އެމީހުން ބިރުގަންނާނީ އެއްކައުވަންތަﷲއައް ދެވަނަފަރާތަކައް ބިރެއްނުގަންނަނެ

    8
    2
  7. ޢައއްތު

    ކޮބާ ރަގަޅު ފިލާވަޅު ތަކެ އް ތިލިބެނީ....ޔާމީނުގެ ވެރިކަން ނުނިމިގެން ކަލޭމެން ތެޅުނީ....ކަލޭމެންނަށް އަދި ތިފެންނަނަނީ މަދު މިންވަރު...ހަ އްގު މިންވަރޭ އޑޕ ން ބުނާ މިންވަރު ލިބެންދެން ތިބޭ...

    17
  8. އަހުމަދު

    ޒަ އިދު. އެވެ.... މޑޕ ސަރުކާރެއްގަ އަބަދު. ޥެސް އިސްލާމް ދީނަށާއި އި. ޢިލްމު ވެރިންންށް ދު އްތުރާ ކުރާނެ. އެއއ އީ. ލާދީނީ ޕާޓީ އެށް

    14
    2
  9. ނަޝީދު

    އެމް ޑީ ޕީ ލާދީނީ ވެރިކަމެ އް އަމި އްލަ އެދުމާގެން ގެނަ އި ހުރިހާ ސޭކުންނަ އް ރަނގަޅަ އް ރާކަނި މަސް ކެވޭނެ..

    13
    1
  10. ޓ

    ޑރ. ޙަސަން ބުނާނެ ޔުނިވަރސިޓީ މިނިވަންވިކަމަށް
    ބޯޑުވެސް މިނިވަން ވީ ކަމަށް ގައިމު ޔާމިނުގެ ވެރިކަމުގާ
    މިމީހުންނަށް ފިޔަވަޅެއް އެޅިތަ....ސަރުކާރުން އަންގައިގެން
    ޑރ. ޙަސަން ހިންގާ ޖަރީމާ

    17
    1
    • ޑޮކްޓަރ

      ޑޮކްޓަރ ހަސަނާއި، އޭނާގެ ނައިބު ޕެޓްރޯލް ވަގު ގުޅިގެން ގައުމު ސެކިއުލަރ ކުރަން ކުރާ ކަންކަން.

  11. ޖާބެ

    އެޖެންޑާ 19 ފަލްސަފާޔައް ތާއީދުކޮށް ސަނާދައްނަވާ ރިލޯޑް ކުރީމަ އޯކޭ ވޭ ދީން.. އަމިއްލަ ބަނޑުފުރެންޏާ އޯކޭ އެހެންނޫނީ ގޯސް ... އެބަޔަކު ގަބޫލްނުކުރާ ނިޒާމެއްޤާއިމްކުރާ ބަޔަކާ އެކު ފައިސާ މަޤާމައް އޯކޭވާ މީހުން ވ.ގިނަވެއްޖެ

    13
  12. އަހު

    ޢުޝަމާބިން ލާދިން ގެ މީހުން ތީ. ފިޔަވަޅު އަޅޏްވީ ހަމަ

    1
    8
  13. އާދަމުގެދަރި

    ޣާޒީ ބިލްޑިންގ ކައިރީގައި ބަހައްޓާފައި ހުންނަ ސައިކަލްތަކުން ޕެޓްރޯލް ވަގަށް ނަގައި އުޅުނު ސޮރަކު ހިތަކަށް ތިތަން ލިބިފައި އޮންނައިރު ތިޔަ ބާވަތުގެ ކަންކަން ހިނގާނެ.

  14. ޢަލީރަމީޒް

    ހަގައް ނަސްރު ލިބިފަ ހުނަާނީ

  15. ސީނު

    ފޭހި އިލޮށިގގަނޑު ހެރުނީއަމިއްލަ ލޮލލަށް ދޯ؟...، ޝޭޚެއއްނޫނަކަށް އަހަރުމެންނަށް އެނގެޔޭ މިރާއްޖެއަށް ހަދަންއުޅޭގޮތް