ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލި މަނީ ލޯންޑްރިން ދައުވާގައި ހެކިވެރިއެއްގެ ގޮތުގައި ހުރި މީހަކަށް އެމަނިކުފާނުގެ ފަރާތުން ހަތްލައްކަ ރުފިޔާ ހުށަހެޅި ކަމަށް އެމައްސަލަ ކްރިމިނަލް ކޯޓުގައި ބެއްލެވި ފަނޑިޔާރު އަހްމަދު ހައިލަމް ވިދާޅުވުމުން ވަކީލުން އެކަން ދޮގުކޮށްފިއެވެ.
ހައިލަމް ކުރެއްވި ޓްވީޓެއްގައި ޔާމީން ޝަރީޢަތް ނިމެންދެން ބަންދުކުރަން އޭނާ ނިންމީ، އެމްއެމްޕީއާރުސީގެ ތަޙްޤީޤުގައި ހިމެނޭ ހެއްކަކަށް ހަތް ލައްކަ ރުފިޔާ ރިޝްވަތުގެ ގޮތުގައި ހުށަހަޅައި އޭނާގެ ބަޔާން ބަދަލުކުރުމަށް ނުފޫޒު ފޯރުވަމުންދާކަމަށް ބުނެ ދައުލަތުން ހެކި ހުށަހަޅާފައިވާތީ ކަމަށް ބުންޏެވެ.
ނަމަވެސް ޔާމީންގެ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގަންނަވާ އާދަމް ޝަމީމް ވިދާޅުވީ ހައިލަމް ހައްދަވަނީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. އާދަމް ޝަމީމް ވިދާޅުވީ ޔާމީން ނުފޫޒެއް ފޯރުވިކަމަކަށް ހެއްކެއް ހުށަހަޅާފައި ނުވާ ކަމަށެވެ. ހައިކޯޓުން އެމަނިކުފާނު ދަުކޮށްލީ އެފަދަ ހެއްކެއް ނެތުމުން ކަމަށް ވެސް އާދަމް ޝަމީމް ވިދާޅުވިއެވެ. "ތިޔަބުނާ ހެކީގެ ބަޔާނުގައި އޮތް ވާހަކަ ހައިކޯޓުގެ ފަނޑިޔާރަކު ޝަރީޢަތުގައި ވިދާޅުވި. އެމީހާގެ ބަޔާނުގައި ރައީސް ޔާމީން އޭނާއަށް އެއްވެސް ނުފޫޒެއް ނުފޯރުވާ ކަމަށް ބުނެފައިވޭ." އާދަމް ޝަމީމް ވިދާޅުވިއެވެ.
ނަމަވެސް ހައިލަމް އަނެއްކާވެސް ވަނީ އޭނާ ދެއްކި ވާހަކަ ދިފާއު ކޮށްފައެވެ. ހައިލަމް ވިދާޅުވީ ޔާމީން ހަތްލައްކަ ރުފިޔާގެ ރިޝްވަތު އެކިވެރިޔަކަށް ހުށަހެޅި ކަމުގެ ހެކި ފުލުހުންނާއި ދައުލަތުން ކޯޓަށް ހުށަހެޅި ކަމަށެވެ.
ހައިލަމްގެ އެވާހަކައަށް ރައްދުދެއްވާ އާދަމް ޝަމީމް ވިދާޅުވީ ރަނގަޅަށް ބަޔާނުގައި ލިޔެފައި އޮތް އެއްޗެއް ހައިލަމް ރަނގަޅަށް ނުކިޔާ ކަމަށާއި ބަޔާނުގައި ސާފު ޞަރީޙަ ބަހުން އޮތް ވާހަކައެއް ފެނުނުކަމަށް ނުވީ އެހެންވެ ކަމަށެވެ. "ޒާތީ ގޮތުން އެޓޭކު ކުރީމާ އެހާ ސަޅިއެއް ނޫން. ބަލަންވާ ވަރަށް ނުބަލާ ވައިބަރ ގުރޫޕަށް އޮޅިގެން އެއްޗެއް ލެވިގެން ވަޒީފާ ގެއްލުނު މީހަކު އެހެން މީހުންނަށް ގުދޯގުދޯ ގޮވުން ވަރަށް ހުތުރު." އާދަމް ޝަމީމް ވިދާޅުވިއެވެ.
މަނީ ލޯންޑްރިން މައްސަލައިގައި ޔާމީންގެ މައްޗަށް ދައުވާ އުފުލުމަށް އެމަނިކުފާނު ބަންދުކުރަން އޭރު ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައިކޯޓުން ބާތިލް ކުރުމުން ޔާމީން މިނިވަން ވިއެވެ. ނަމަވެސް މަނީ ލޯންޑްރިންގެ މައްސަލަ ސާބިތުވާ ކަމަށް ކޯޓުން ކަނޑައެޅުމުން އެމަނިކުފާނު މިހާރު ގެންދަވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. ޔާމީން ފަސް އަހަރަށް ޖަލަށް ލާން ކުރި ހުކުމް މިހާރު ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.
ހައިލަމް ލައްޑޫ ތަކެއް ކޮޅުގޮހޮރަށް ކައިފިކަމަށް ޔަގީންވެއްޖެ! ކުރިއައް އޮތްތަނުގަ ލައްޑޫކާން ލިބުނު ވަރަކަށް ތިޒާތު ޓުވީޓު ކުރަމުން އޭނާ ގެންދާނެ!
ޔާމީން ހެކިވެރިއަކަށް ހަތްލައްކަ ރުފިޔާ ހުށަހެޅި ކަމަށް ހައިލަމް ވިދާޅުވި ވާހަކަ ދޮގުކޮށްފި
32 ސިކުންތު ކުރިން ( ޖުލައި 2, 2021 )
މުއްތަހަމުގެ ކުއް ސާބިތުކުރަން ކުއްކުރިމީހާ ގެ ހެކިހޯދާ ސަރީއަތުގެ ގާޒިގެ އިންސާފު
މިފެންނަނީ. މިހާރު މާބޮޑޭވާނެކަމެއްނެތް. އެމަގާމަށް ތިޖައްބާރު ގެނައީ އަނީވެރިން ނަށް
ކަލޭގެ މައްޗަށް އިތުބާރު އޮވެގެން.
ދޮގުމަށްޗަށްދޮގު މިހެންވީމަބުނަނީ އެއްދޮގުފޮރުވަން އެތަށްދޮގެއްހަދާނޭ މިހާރުމިފެންނަނީ އެކަމުގެކޮޅުމަތި ބާރެއްލިބިފަވީމަ ބޭނުންވާގޮތަށްކަންތައްކުރުމަށް އެހީތެރިވާނެފަރާތަށްތިބުމުން ބޭނުންހާގޮތަކަށް މައްސަލަނިންމާ ގައުމެއްގެ ވެރިކަންކުރެއްވިބޭފުޅަކު ދިގުމުއްދަތަކަށް ޖަލަށްލެއްވިކަމުގައިވިއަސް އަަހަރެން ފަދައިން މިޙަގީގަތްގަބޫލުކުރާނެ ވަރަށްގިނަ ރަށްޔިތުން ރާއްޖޭގަތިބޭނެ އެއީއެހާގިނަފައިސާއަށް ޚިޔާނާތްތެރިވިބޭފުޅަކަށް އެހާކުޑަމުއްދަތެއްގައި ގައުމަކަށް މިހާބޮޑުތަރައްގީއާކުރިއެރުމެއްނުގެނެވޭނެ މިއީ ހަަމައެކަނި ޚިޔާލެއްނޫން މިހާރުވެސް އެތަރައްޤީ ލޯމަށްވަށްޗަށްފެންނާނެ ހިތުގައި ހަަސަދަވެރިކަމާ ނަފްރަތުހުންނަބޭފުޅުންވެސް މިކަންގަބޫލްނުކުރެއްވިއަސްއެބޭފުޅުންނަށްވެސް މިކަންފެނަނާނެ މިހެންމިބުނީ ދިގު30 އަހަރުގައި ވެރިކަންކުރެއްވި ބޭބޭފުޅުގެ ވެރިކަމުގައި އައިތަރައްގީ ކޮއްކޯފުޅުގެވެރިކަމުގައި 1 މަސްދުވަހާވެސް ނުބައްދަލުއަަހަރެންގެ ޢުމުރުން ބައިގަރުނުވެފައިވާއިރު ރާއްޖޭގެ ވެރިކަންކުރެއްވިބޭފުޅުންގެ ވެރިކަންފެނިފައިވޭ ނަމަވެސް ރ. ޔާމީންވަރުގެ ގައުމާ،ރަށްޔިތުންދެކެލޯބިވެލެއްވި ތަރައްޤީގެންނެވިބޭފުޅެއްގެ ވެރިކަމެއްނުދެކެން ކުރީގެ ތާރީކުންވެސް ނުދެކެން ވީމާ، ރ.ޔާމީންބޭފުޅާ އަވަހަށްމިނިވަންކުރައްވާ ރާއްޖޭގެ ވެރިންކަންކުރެއްވުމުގެ ފުރުސަތުދެއްވާ ހީކުރަން މިފަދަފުރުސަތެއްލިބިވަޑައިގެންފިނަމަ ގައުމާ، ރަށްޔުތުންގެ ހައްޤުގައި އެކަން ޔާމީންބޭފުޅާ ގަބޫލްފުޅުކުރައްވާނެކަމަށް ،، ތިޔައޭ ޒަޢީމޭއަދުލޮބުވެތި ގައުމުފަޚުރުވެރިވާ
ހައިލަމް ތިވިދާޅުވަނީ ތިބޭފުޅާ ކަންކުރައްވަނީ އެންމެ ރަނގަޅަށޭތޯ ، ދެން ވިދާޅުވެދެއްވާ ، ޝަރީއަތެއްގެ ތެރޭގައި އަދި ކުށްކުރެއްވިކަމަށް ކޯޓުން ހުކުމްކުރައްވާފައިވާ އަދީބުއަށް ،ރ ޔާމީން ގެ މައްސލާގައި ހެކި ދެވިދާނެތޯ