"ދިޔަރެސް" ނޫހުގެ ކޯ ފައުންޑަރ އަދި ޗީފް އެޑިޓަރ އަޙްމަދު އަޒާންއަށާއި އަދި "ދިޔަރެސް" ނޫހަށް ރާއްޖޭގެ ފޮރިން މިނިސްޓްރީންނާއި ވެރިކަން ކުރާ އެމްޑީޕީން ބިރުދައްކާ، އިންޒާރުދީ ގޮންޖެހުންތައް ކުރިމަތި ކުރަމުން ގެންދާ މައްސަލަ ނޫސްވެރިންގެ ބައިނަލްއަޤުވާމީ ޖަމިއްޔާތައް ކަމަށްވާ ރިޕޯޓާސް ވިތައުޓް ބޯޑާސް އާއި އައިއެފްޖޭ ގްލޯބަލްގެ ސަމާލުކަމަށް ގެނެސްފިއެވެ.

ރިޕޯޓާސް ވިއުއައުޓް ބޯޑާސް އަކީ ނޫސްވެރިންގެ ދިފާއުގައި މަސައްކަތް ކުރާ ދުނިޔޭގެ އެންމެ ބޮޑު އެއް ޖަމިއްޔާ އެވެ. އަދި އައިއެފްޖޭ ގްލޯބަލް އަކީ ވެސް އެފަދަ ޖަމިއްޔާއެކެވެ. އައިއެފްޖޭގެ މެންބަރުންގެ ގޮތުގައި ހަލައްކައަށްވުރެ ގިނަ ނޫސްވެރިން ތިބެއެވެ.

ރިޕޯޓާސް ވިތައުޓް ބޯޑާސް އާއި އައިއެފްޖޭ ގްލޯބަލް އަށް އަޒާން ފޮނުވި ސިޓީއެއް އޭނާ ވަނީ މިރޭ ޓްވިޓާގައި އާއްމުކޮށްފައެވެ.

އަޒާންގެ ސިޓީގައި ބުނީ އިންޑިއާ އިން ރާއްޖެއަށް އެކި ގޮތްގޮތުން ފޯރުވަމުންދާ ނުފޫޒާއި ދެކޮޅަށް "ދިޔަރެސް" ގައި ލިޔަމުންދާ ލިޔުންތައް ހުއްޓުވަން ދިވެހި ސަރުކާރުން އެނޫހުގެ ނޫސްވެރިންނަށް ބްލީ ކުރަމުން ގެންދާ ކަމަށެވެ.

އުތުރު ތިލަފަޅުގައި އިންޑިއާ ސިފައިން ގާއިމުވެ ތިބުމަށް ވެފައިވާ ކަމަށް ބުނާ އެއްބަސްވުމާއި، އިންޑިއާގެ ހެލިކޮޕްޓަރުތައް ރާއްޖޭގައި ދުއްވަން ދެގައުމުގެ ސަރުކާރުން ވެފައިވާ އެއްބަސްވުމުގެ މައުލޫމާތު ހޯދަން ސަރުކާރަށް ހުށަހެޅުމުން އެމައުލޫމާތު ނުދިންކަން އޭނާގެ ސިޓީގައި ފާހަގަ ކޮށްފައި ވެއެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ޑެޕިއުޓީ އެމްބެސެޑަރު ރޯހިތު ރާތިޝް އާއި ގުޅޭ ގޮތުން "ދިޔަރެސް"ގައި ޖެހި ރިޕޯޓް ވެސް ޖަމިއްޔާތަކުގެ ސަމާލުކަމަށް ވަނީ ގެނެފައެވެ.

އަޒާން ވަނީ "ދިޔަރެސް"ގެ މައްސަލަ މޯލްޑިވްސް މީޑިއާ ކައުންސިލުން ތަހްގީގު ކުރަން މިހާރު ސަރުކާރުން އަންގާފައިވާކަން ވެސް ފާހަގަކޮށްފައެވެ.

"އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި އިންޑިއާ ސަރުކާރުން އެދޭ ކަންކަން ފުރިހަމަ ކުރުމަށް ދިވެހި ސަރުކާރުން އެއްވެސް އަސާސެއް ނެތް މައްސަލަތަކުގައި އަޅުގަނޑުގެ މައްޗަށް ދައުވާތަކެއް ވެސް އުފުލުން އެކަށީގެންވެއެވެ." އަޒާންގެ ސިޓީގައި ބުނެފައި ވެއެވެ.

"ދިޔަރެސް" އިން އިންޑިއާ އާއި ގުޅޭ ގޮތުން ލިޔަމުންދާ ލިޔުންތަކުގެ މައްސަލަ ހޫނުވީ އިންޑިއާގެ ޑެޕިއުޓީ އެމްބެސެޑަރާއި ގުޅޭ ގޮތުން ގެނެސްދިން ރިޕޯޓަށް ފަހުއެވެ. އެރިޕޯޓަށް ފަހު އިންޑިއާގެ ހައިކޮމިޝަނުން ވަނީ ރާއްޖޭގެ ނޫސްތަކާއި އަދި ދިވެހިން މީސް މީޑިއާގައި އިންޑިއާ އާއި ދެކޮޅަށް ދައްކަމުން ގެންދާ ވާހަކަތައް ހުއްޓުވައިދޭން ދިވެހި ސަރުކާރުގައި އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. Anonymous

    ޔާﷲ ދީނަށާއި ޤައުމަށް ޚިޔާނާތްތެރި ޣައްދާރުން ފަޟީޙަތް ކުރައްވާ ބޭޒާރު ކުރައްވާ ނިކަމެތި ކުރައްވާންދޭވެ. އާމީން

    144
    3
  2. އިބުރާހީމު

    ސާބަހޭ އަޒާން. ތިޔައީ މި ދީބުގެ ލޭ ހިނގާ ދިވެހި ދަރިންނަކީ

    100
    5
  3. އުގުރި

    އަޒާން ހިއްވަރު ކުރާތި ، ދީނަށް ޓަކައި، ގައުމަށް ޓަކައި، ތިޔަކުރާ މަސައްކަތަށް ފައްފަށުން ޝުކުރު ވެރިވަން.

    92
    6
  4. ދިވެހިން

    ހަންފެތުރުން

    15
    17
  5. ފާތުމަ އެޅި ވަގު މިސްކިތް ހުޅުމާލެ

    ތި ހުރިހާ ސަކަރާތެއް ނުޖަހާ . މަނިކުފާނު މިގައު މުގެ ރައީސް ކަ މަށް ކުރި މަތި ލާބަލަ......އަހަރު މެން މިތިބީ ވޯޓް ގޯނި ތަށް އޮއްސާލަން ތައްޔާރަށް

    3
    30
  6. ޢބްދުއްﷲ

    އަޒާނަށް ބިރުދައްކާ މައްސަލަ ދުނިޔޭގެ ނޫސްވެރިންގެ ޖަމިއްޔާތަކުގެ ސަމާލުކަމަށް ގެނެސްފި

    5 ގަޑިއިރު ކުރިން ( ޖުލައި 3, 2021 )

    އަޒާނަށް ބިރު ދެއްކުން އެއީ ހައްގު މިންވަރުތޯ؟

    ޔާﷲ މިބަލާވެރިކަމުން އަހަރެމެން ވީއެންމެ އަވަހަކަށް ސަލާމަތް ކުރައްވާދޭވެ.

    44
  7. ސަޕޯޓާސް

    އަޒާން ޔޫ އާ ވިތް އަސް. ވެރިކަ މުގަ އަބަދު ތިބެވޭނެ ކަ މައް އެ މީހުން ދެކެނީ. އެއީ ކުއް ހިއެއް. ނި މުން ވަރައް ގާތް.

    17
    2
  8. ދޮރު

    އަޒާން ވަނީ ނޫސްވެރިކަމުގެ އަހުލާގީ މިންގަޑުން ބޭރު އެތައްކަމެއްކޮށްފަ. ރައީސް އަށާއި ހެލްތު މިނިސްޓަރަށް އަމާޒުކޮށް ޒާތީ އަދި އަދަބު އިހްތިރާމް ކުޑަވާގޮތަށް ސުވާލުތައް ކޮށްފައި. މީޑިޔާ ކައުންސިލުން އަޒާނަށް ފިޔަވަޅު އަޅަންޖެހެއެވެ. އަދި ރިހިބިލިޓޭޓްވެސް ކުރަންޖެހެއެވެ. ސަރުކާރުގެ ސިޔާސަތު ތަކާ ގުޅޭތުން ސުވާލުތައް ކުރުމަކީ މައްސަލައެއް ނޫންނެވެ. ނަމަވެސް ޒާތީ އަދި އަދަބު އިހްތިރާމު ކުޑަވާ އިބާރާތުން ސުވާލުތައް ކުރިމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން.

    5
    13
    • ޚޮކކޮ

      އޭ ކައޭ އަގަ މަޑުން ލާގެން ހުރޭ، އަޒާން އާއި ނުބހތި

  9. ސާސް

    މި ރާ އްޖޭގަ ނޫސް ވެރިން ނޭ ކިޔާފަ ތިބެނީ އެކްޓިވިސްޓުމް.