19:26

ކޮވިޑް-19ގެ ގިނަ ވޭދަނަތަކެެއް ފެނި ބަންދުކޮށްފައި އޮތް ބ. އަތޮޅު އޭދަފުށި 75 ދުވަސް ފަހުން ހުޅުވާލައިފި.

18:50

ގދ. ތިނަދޫން މިއަދު އިތުރު 19 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.

16:42

ގދ.ތިނަދޫގެ ކޮވިޑް-19ގެ ހާލަތު ގޯސްވުމާއެކު އެރަށުގައި އަޅާފައިވާ ފިޔަވަޅުތައް ވަރަށް ބޮޑަށް ހަރުކަށިކޮށްފި.

16:01

ކޮވިޑް-19 އާ ގުޅިގެން އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އޮގަސްޓް ދެ ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފި.

15:01

ތުރުކީގައި ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިންގެ ތިންވަނަ ޑޯޒް ދޭން ފަށައިފި

11:45

ދެވަައްތަރެއްގެ ވެކްސިން ދިނުމުން މާބޮޑަށް ރައްކާތެރިވެވޭ ކަމަށް ޖަރުމަނުން ބުނެފި.

11:13

އައްޑޫ ހިތަދޫގެ މިސްކިތްތައް ހުޅުވައި، ކާފިއު ވަގުތު މަދުކޮށްފި.

ކޮވިޑް-19 އަށް މާލެ އިން ގިނަ ބަޔަކު ފައްސިވަމުން ދިޔައިރު ވެސް އަތޮޅުތެރޭގެ ގިނަ ރަށްތަކެއްގައި ހަލުވިކަމާއި އެކު ކޮވިޑް ފެތުރިގެން ނުދިއުން އެއީ މިއަހަރުގެ އޭޕްރީލް މަހާއި ހަމައަށް ރާއްޖެއަށް ލިބިފައި އޮތް އެންމެ ބޮޑު އެއް ހިތްހަމަޖެހުމެވެ. ނަމަވެސް އޭޕްރީލް މަހު ހާލަތު ބަދަލުވި ގޮތައް އަދިވެސް އާބާދީ ބޮޑެތި ގިނަ ރަށްތަކެއްގެ ހާލަތު އޮތީ ވަރަށް ގޯސް ކޮށެވެ.

ކޮވިޑް ކޮންޓްރޯލް ކުރަން މާލޭގައި އެޅި ފިޔަވަޅުތަކުގެ ސަބަބުން މާލެ އިން ފައްސިވާ މީހުންގެ އަދަދު މަދުވަމުން އައި ނަމަވެސް އަތޮޅުތަކުން ފައްސިވާ މީހުންގެ އަދަދު މިއަދު ވެސް ހުރީ 100 އަށްވުރެ މަތީގައެވެ.

މިއަދު އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 104 މީހުން ފައްސިވިއެވެ. އަދި ހިންގަމުންދާ ރިސޯޓްތަކުން އިތުރު އަށް މީހުންނާއި ތަރައްގީ ކުރަމުންދާ ރިސޯޓްތަކުން އިތުރު ހަތަރު މީހުން މިއަދު ފައްސިވިއެވެ. މިއަދު މާލެ އިން ފައްސިވީ 26 މީހުންނެވެ.

މިއަދު 4355 މީހުން ވަނީ ކޮވިޑަށް ޓެސްޓް ކޮށްފައެވެ. މިއަދު ޓެސްޓް ކުރި މީހުންގެ ތެރެއިން %3.28 މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ.

މިހާރު ކޮވިޑް ޖެހިފައި ތިބީ 3359 މީހުންނެވެ. އޭގެތެރެއިން ހޮސްޕިޓަލްގައި ފަރުވާ ދެމުން ގެންދަނީ 23 މީހުންނަށެވެ.

މާލެ އިން ދުވާލަކު ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މެއި މަހު ހާހަކަށްވުރެ މައްޗަށް އެރި ނަމަވެސް ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން މާލޭގެ ހާލަތު ވަނީ މިހާރު ވަރަށް ބޮޑަށް ރަނގަޅު ވެފައެވެ. މާލެ އިން ދުވާލަކު ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު 100 އަށްވުރެ ދަށުގައި ހުންނަތާ މިހާރު 15 ދުވަސް ވެއްޖެއެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު