މަހަށް ނިކުމެ އުޅުނު ފައިބަރު މަސްދޯންޏެއް ބިންދައިގެން ހިނގައްޖެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ ގއ.ދެއްވަދޫގެ އުތުރުން 8.95 ނޯޓިކަލް މޭލު ބޭރުގައި 25 މީހުންނާއިއެކު މަސްވެރިކަން ކުރަމުން ދިޔަ "މޯހިރި" ނަމަކަށް ކިޔާ ފައިބަރު ދޯނި މޫސުން ގޯސްވެ ދޯނީގެ މެދުން ބިންދައިގެން ގޮސްގެން ސިފައިންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

ދޯންޏަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކޯސްޓްގާޑުގެ ސިފައިން މިހާރު ވަނީ ފަށާފައެވެ.

މިހާދިސާގެ ރިޕޯޓް އެމްއެންޑީއެފް އަށް ލިބިފައި ވަނީ މިއަދު ހެނދުނު 07:11 ގައެވެ. މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ބިންދައިގެން ދިޔަ މަސްދޯންޏަކީ އައްޑޫ ސިޓީއަށް ނިސްބަތްވާ ދޯންޏެއް ކަމަށް މައުލޫމާތު ލިބެއެވެ.

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިދުވަސްވަރު މޫސުން ގޯހެވެ. މިއަދު ވެސް ގިނަ ސަރަހައްދުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވަނީ ވިދާޅުވެފައެވެ.

މީގެ ކުރިން ވެސް ރާއްޖޭގައި ފައިބަރު ދޯނިތައް ބިންދައިގެން ދިއުމުގެ ހާދިސާތައް ހިނގާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އައްބޭބެ

    ތިޔައީ ފައިބަރު ދޯނިފަހަރުގެ ސްޓްރަކްޗަރަލް ޑިޒައިން އާއި ބޭނުންކުރި ތަކެތީގެ ފަންވަރު ދަށްވުމާއި މަސައްކަތު ފެންވަރުގެ މައްސަލައެއް. އޮޑިދޯނިފަހަރާއި ބެހޭ ހަރުކަށި ޤަވާއިދުތަކެއް ތަންފީޒުކުރެވެން އެބަޖެހޭ ޓްރާންޕޯޓް މިނިސްޓްރީން. އެކަމަކު އެއީވެސް އެހެން މިނިސްޓްރީތަކެކޭ އެއްފަދައިން ކޮރަޕްޝަނުގެ ހާއްޔެއް.

    11
    1