ގައުމީ ޔުނިވާސިޓީގައި ކިޔަވާ ދަރިވަރުން ދީނީ ހަރުކަށި ފިކުރަށް ތާއިދުކުރާ ކަމަށް ކުރެވޭ ތުުހުމަތުތައް އެ ޔުނިވާސިޓީން ދޮގުކޮށްފިއެވެ.

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އެމްޑީޕީން އުފައްދާފައިވާ "މޭ ހައެއް" ކޮމިޓީން ވަނީ މި ފަދަ ތުހުމަތުތަކެއް ކޮށްފައެވެ.

ބުރާސްފަތި ދުވަހު ކޮމިޓީގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވަމުން ކޮމިޓީގެ ޗެއާ އަދި ވިލިފުށި ދާއިރާގެ މެންބަރު ހަސަން އަފީފް ވިދާޅުވީ، ގައުމީ ޔުނިވާސިޓީގެ ދަރިވަރުން ފަހަކަށް އައިސް ހަރުކަށި ފިކުރަށް ވަރަށް ތާއީދު ކުރާކަން ފާހަގަ ކުރެވިފައިވާ ކަމަށް އެޗްއާރްސީއެމުން މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި އެކަމުގައި ބަލަން ޖެހޭ ކަންތައްތައް ބަލާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ތުހުމަތުތަކާ ގުޅޭ ގޮތުން އެމްއެންޔޫގެ ވައިސް ޗާންސެލާ ޑރ.މުހައްމަދު ޝަރީފް "ވަގުތު" އަށް ވިދާޅުވީ، އެމްއެންޔޫގެ އެއްވެސް ދަރިވަރެއްގެ ފަރާތުން ހަރުކަށި ފިކުރަށް ތާއިދު ކުރާކަން މިހާތަނަށް ތަޖުރިބާ ކުރެވިފައި ނުވާ ކަމަށެވެ.

"ހަރުކަށި ފިކުރުގެ ތަޖުރިބާއެއް އެއްވެސް ދަރިވަރެއްގެ ފަރާތުން ފެނިފައެއް ނުވޭ. މި ފަދަ އިލްޒާމު އެމްއެންޔޫއަށް ނިސްބަތްކުރާއިރު ކަމުގެ ދެކޮޅު ބަަލަން ޖެހޭ" ޑރ. ޝަރީފް ފޮނުއްވި ޓެކްސްޓް މެސެޖެއްްގައި ވިދާޅުވިއެވެ.

ޔުނިވާސިޓީގައި ކިޔަވައިދެއްވާ އުސްތާޒެއްގެ ކިބައިން ލާ އިންސާނީ އަމަލު ހުއްޓަސް އެއީ މުޅި މުއައްސަސާ އެކަމަށް ތާއިދުކުރީއެކޭ ނުބެނެވޭނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ބެލެވޭ ގޮތުގައި ޝަރީފް އެހެން ވިދާޅުވީ، އެމްްއެންޔޫގެ ކުރީގެ އެސިސްޓެންޓް ޕްރޮފެސަރު އަދި ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒްއަށް އިޝާރާތް ކުރައްވާފައެވެ.

އަންހެނުން ހިތާނު ކުރަން ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދައްކަވާފައިވާތީވެ އެމްއެންޔޫގެ ވަޒީފާއިން އިޔާޒު ވަނީ ވަކިކޮށްފައެވެ.

އޭނާ ވަޒީފާއިން ވަކިކުރީ މީގެ ކުރިންވެސް މީސް މީޑިއާގައި ދައްކަވާފައިވާ ވާހަކަތަކާއި ގުޅިގެން ނަސޭހަތް ދިނުމަށް ފަހުވެސް އިސްލާހު ނުވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އެލޮކޮސް

    ތީޔުނިވާސިޓީއެއްތަ ނުވަތަ އެންޑީޕީގެ ހަރުގެއެއްތަ؟

    2
    1
  2. ތި

    އެމްޑީޕީ އަށް ހުވަފެނުގަވެސް ފެންނަނީ ހަރުކަށި ފިކުރު ދޯ

  3. ޙަލީ

    ބޭނުމަކީ ހަރުކަށި ފިކުރޭ ކިޔާ މިޔުނިވަރސިޓީ ބަންދުކުރުން ، މިމީހުންގެ އެޖެންޑާ ވަރަށް ފުންވާނެ ، ފުރަތަމަ ލެކްޗަރ އިންނައްހުތުރުބަސް ދެންވަޒީފާ އިން ވަކިކުރުން ، މިހާރު ދަރިވަރުން ،،،،