ބޮޑެތި އަނިޔާތަކެއް ދިނުމަށްފަހު މަރާލާފައި ފޮއްޓަކަށް ލާފައި އޮއްވައި ފެނުނު އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖާގެ ޕޯސްޓްމޯޓަމް ހަދަން އަދިވެސް ފޮނުވާފައި ނުވާ ކަމަށް ފުލުހުން މިއަދު ވިދާޅުވެއްޖެއެވެ.

ކުއްޖާގެ ޕޯސްޓްމޯޓަމް ހަދަން ފުލުހުން ނިންމި އިރު ރާއްޖޭގައި އެކަން ކުރެވޭކަށް ނެތެވެ.

އާއްމު ގޮތެއްގައި ޕޯސްޓްމޯޓަމް ހަދަން ރާއްޖެ އިން މީހުން ފޮނުވަނީ އިންޑިއާ އަށެވެ. ކޮވިޑް-19 އާ ގުޅިގެން އިންޑިއާ އާއި ރާއްޖޭގެ ވައިގެ ދަތުރުތައް ވަނީ ގާތްގަނޑަކަށް އެއްކޮށް ހުއްޓާލާފައެވެ.

ފުލުހުންގެ މީގެ ކުރިން ވިދާޅުވެފައިވާ ގޮތުން ޕޯސްޓު މޯޓަމް ހަދަން ކުއްޖާގެ ހަށިގަނޑު މި ހަފްތާ ތެރޭގައި ފޮނުވާލެވޭނެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ވަގުތު" އަށް މިއަދު ވިދާޅުވީ، ޕޯސްޓުމޯޓަމް ހަދަން ކުއްޖާގެ ހަށިގަނޑު އަދިވެސް ފޮނުވާނުލެވޭ ކަމަށެވެ.

އެއީ ރާއްޖެއިން ބޭރުން ކުރަން ޖެހޭ ކަމަކަށްވެފައި އެކަމުގައި ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަކުރުމަށް ވަގުތު ނަގާނެކަން ކުރިންވެސް ފުލުހުން ވަނީ ފާހަގަކުރައްވާފައެވެ.

އުމުރުން 13 އަހަރުގެ ކުއްޖާ މަރާލާފައި އޮއްވައި ފެނުނީ ޖޫން މަހުގެ 21 ވަނަ ދުވަހުގެ ރޭގައެވެ. ކުއްޖާގެ ހަށިގަނޑު އަދިވެސް ބާއްވާފައި އޮތީ ގަލޮޅު ސަހަރާގައި ހުންނަ މޯޗަރީގައެވެ.

ރާއްޖޭގައި ހިނގާ މަރަކާއި ގުޅިގެން ފުލުހުން ޕޯސްޓްމޯޓަމް ހަދަން ބޭނުން ވެއްޖެނަމަ އާއިލާގެ ރުހުން ނެތި ވެސް ޕޯސްޓްމޯޓަމް ހެދުމުގެ ބާރު މިހާރު ގާނޫނުން ފުލުހުންނަށް ލިބެއެވެ.

ކުއްޖާ މަރާލި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 27 އަހަރުގެ ދިވެހި ފިރިހެނަކާއި 17 އަހަރުގެ ފިރިހެން ކުއްޖެކެވެ.

އޭގެ ތެރެއިން 27 އަހަރުގެ މީހާ ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ. އަދި 17 އަހަރުގެ ކުއްޖާގެ ބަންދަށް 15 ދުވަސް ޖަހާފައިވެއެވެ.

އެ މީހުންގެ މައްޗަށް ފުލުހުން ވަނީ ގަސްދުގައި މީހަކު މެރުމުގެ ތުހުމަތާއި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތު ކޮށްފައެވެ.

ފުލުހުން ވަނީ މިމައްސަލައިގެ ތަހްގީގަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ވިދާޅުވެފައެވެ.

ހައްޔަރު ކުރި ދެ މީހުންނަކީ ވެސް ކުށުގެ ރެކޯޑް އޮތް ދެ މީހުނެވެ. މަސްތުވާތަކެތީގެ ކުށުގެ ރެކޯޑާއި މާރާމާރީގެ ކުށުގެ ރެކޯޑް ވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އެކސްޕާޓް1

    ހެލިކޮޕްޓަރު ދުއްވަން ސިފައިން ގެންނަހެން ކީއްވެތަ ފޮރެންސިކް އެކްސްޕާޓެއް ރާއްޖެގެނެސް އެކުއްޖާގެ ޕޯސްޓްމޯޓަމެއް ނެހެދެންވީ؟ ގައިމު ހަރަދުވެސް ކުޑަވެފަ އަވަސް ވާނެ..

    30
  2. ކޮޕީ ނިއުޒިލޭންޑް

    https://youtu.be/QSwuN4pgTmw
    ސަރުކާރޫ ހުރިހާ ގަތުލުގެ ކޭސް މިގޮތަށް ތަހުގީގުކޮއްބަލަ. ކޭސް ލަސްކުރިވަރަކަށް ގާތިލުންގެ ބާރު ބޮޑުވާނީ ސަލާމަތްވެގެން އަނެއް ގަތުލު ކުރާނީ. ސަރުކާރުން ކާންދީ ހިމާޔަތް ކުރަނީ، ގަތުލުވީ ކުދިންނާ މީހުންގެ ފުރާނައެއްނެތް ފެމިލީސް ގާތު ތިބެ މުގުރި ހަ ކާން. މި ހިތާމައިގަ އެކަކުވެސް ކެއަރ ނުކުރޭ.

    12
    1
  3. ނާގޯށި

    ހެޔޮނުވާނެ މަށްޔިތާ މޯޗަރީގަ ބާއްވައިގެން އަނިޔާނުދީ އެއީ ލަށްޖެހި ފާނައެއްނޫން ހެޔޮނުވާނެ އަނިޔާނުދީ ހެޔޮނުވާނެ ތިޔަހެން ނުހަށްދަވާ ޕުލީޒު.

    29
  4. އެލެކްސް

    ނިކަމެއްޗެއްގެ ދަރިއަކަށް ވީމާ.

    26
  5. ތަހުޤީޤޫ

    ތިކަން ކުރި މީހުން އެތިބީ ހައްޔަރުކޮށްފަ. އިތުރަށް
    ކޮން ތަހުޤީގެއް ކުރަންތޯ މައްޔިތާއަށް ދިރިތިބި މީހުން އަނިޔާތިދެނީ. ހެޔޮނުވާނެ އެކުއްޖާވަޅުލަބަަލަ. ތި ތަހުޤީގަކުން ކުރާނެ އެއްވެސް ފައިދާއެއް މިރާއްޖެއަކު ނެތް. އަދުލު އިންސާފު ޤާއިމުވެފަ ނެތް ތަނެއްގަ އެއްވެސްކަމެއް ރަނގަޅަކަށް ނުހިނގާނެ.

    19
  6. ޝީޒާ

    އެނކަމެތި ކުއްޖާފުޅު ވަޅުނުލާ އެގޮތަށް ބާއްވާފަ އޮތުމުގެ ސަބަބުން އެކުއްޖާގެ އާއިލާއިން ކުރާހިތާމަ އެތަށްގުނައެއް އިތުރުވާނެ

    17
  7. ރައްޔިތުން

    އިންޑިޔާގެ ކަރަން ޓީނު ހަބެކައް ރާއްޖެ ހެދޭ. ބޭނުން ބަދަލައް އަންނަން ވީ. އެކަމަކު މަރުވެފާ ވަ މީހެއް ގެ ޕޯސްޓް މޯޓަމް އެއް ހަދާލަން ސަލާންޖަހާތާ 3 ހަފުތާ. މިހާރު ޗައިނާ މީހުން ކައިރީ ބުނި ނަމަ ބަލާ އައިސް ތިކަން ވީސް