ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ނެތް ހާލަތެއްގައި އެ ޕާޓީގެ އެންމެ އިސް ބޭފުޅަކީ ކައުންސިލުން ކަނޑައަޅާ ޑެޕިއުޓީ ލީޑަރެއް ކަމަށް ނިންމައި އެ ޕާޓީގެ އަސާސީ ގަވައިދަށް ބަދަލު ގެންނަން ކޮންގްރެސްއިން މިއަދު ފާސްކޮށްފި އެވެ.

އަސާސީ ގަވާއިދަށް ގެނައި އިސްލާހުގައިވާ ގޮތުން، އެއްވެސް ސަބަބަކާ ހުރެ ޕާޓީގެ ލީޑަރުގެ މަގާމު ހުސްވެއްޖެ ނަމަ ނުވަތަ އެ މަގާމު ފުރުއްވުމަށް އުޒުރުވެރިވެއްޖެނަމަ އެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވާނީ ޕާޓީގެ ކައުންސިލުން ކަނޑައަޅާ ނައިބު ލީޑަރެކެވެ.

އަލަށް އުފައްދާ ޖޭޕީގެ ރައީސަކީ ޕާޓީގެ އިދާރީ ކަންކަން ހިންގުމުގެ އެންމެ އިސްވެރިޔާ ކަމަށް ވެސް މިއަދު ވަނީ ކަނޑައަޅާފައެވެ. އަދި ރައީސްގެ މަގާމު ހުސްވެއްޖެ ނަމަ ޒިންމާ އުފުލާނީ ނައިބު ރައީސް ކަމަށް ވެސް ކޮންގްރެސް އިން ވަނީ ނިންމައިފަ އެވެ.

ޕެރެޑައިސް އައިލެންޑު ރިސޯޓުގައި ކުރިއަށްދާ ޖޭޕީގެ ކޮންގްރެސްގައި އެ ޕާޓީގެ ލީޑަރުގެ މަގާމަށް އެއްވެސް ބޭފުޅަކު ކުރިމައްޗެއް ނުލައްވަ އެވެ. އެހެންކަމުން ދެން ޕާޓީގެ ލީޑަރުގެ މަގާމުތައް އަދާކުރާނީ ގާސިމްގެ ކޮންޓްރޯލް އޮތް ކައުންސިލުން ކަނޑައަޅާ ބޭފުޅެކެވެ.

ކުރިން ޑްރާފްޓް ތައްޔާރުކޮށްފައި އޮތީ ލީޑަރުގެ ބާރުތައް ޕާޓީގެ ރައީސް އަށް ދޭށެވެ. ނަމަވެސް ޖޭޕީގެ އާންމު މެންބަރުން ވަނީ ޕާޓީގެ ރައީސް ކަމަށް ކުރިމަތިލެއްވި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދަށް ޕާޓީގެ އިސްވެރިޔާގެ ބާރުތައް ދޭން ދެކޮޅު ހަދާފައެވެ.

ޖޭޕީގެ މަގާމުތަކަށް މިރޭ ބޭފުޅުން އިންތިޚާބު ކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ޙާލިދު

  ކިހާ ސަޅި ރައީސްއަށް އޮތީ ފެން އުފުލުންތާދޯ އެހެންވީމަ.

 2. ރާޅު ބޯއީ

  ގާސިމް ބުނީމަ ބޫންބެޔަށް ރައީސްކަން ނުދީ ވާކަށްނެތް. ރައީސްކަން ލިބުނަސް ބާރުތައް ދޭކަށް ބޭނުމެއްނުވޭ. މީ ކޮންކޮހަލަ ޑިމޮކްރަސީއެއް.

 3. ޖަމީލު

  ޖޭޕީގެ ރައީސްގެ މަގާމަކީ އާދައިގެ އޮފީހެއްގެ އެޑްމިނިސްޓްރޭޓިވް އޮފިސަރާއި އެއްފެންވަރެއްގެ މަގާމެއް

 4. ޢަލީ

  އެސޮރުގެ ނަމުގެ ކުރިއަށް ރައީސް ލާންވެގެން ކުރުވިކަމެއް. ރަނގަޅެއްނުދޯ