ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިން، ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ މެމްބަރުން ފެއްޓެވުމަށް އެ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މިއަދު ގޮވާލައްވައިފިއެވެ.
ޖާބިރު ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޑީއާރުޕީގެ ޓިކެޓުގައި ރާއްޖޭގެ ރައީސް ކަމަށް ކުރިމަތިލެއްވުމަށް ނިންމަވައިފައެވެ. އަދި ޖާބިރު ކުރިން ވަނީ އެ ޕާޓީގެ ވެރިކަމެއްގައި ގެންގުޅޭނެ ބައެއް ސިޔާސަތުތައް ވެސް ހާމަކުރައްވައިފައެވެ.
"ވަގުތު" އަށް ފޮނުވި ވީޑިޔޯ މެސެޖެއްގައި ޖާބިރު ވިދާޅުވީ އަންނަ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި ކޮވިޑް-19 އާ ގުޅިގެން ޕާޓީ ހިންގުމުގައި ދަތިތަކެއް ދިމާވި ނަމަވެސް ޕާޓީގެ ހަރަކާތްތައް އިތުރު ގިޔަރެއްގައި ފަށަން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.
އެގޮތުން ޕާޓީއަށް މެމްބަރުން ހޯދުމުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށާއި، ކެމްޕެއިން ހަރަކާތުގެ ކަންކަންވެސް ފެށިގެންދާނެ ކަމަށް ވިދާޅުވިއެވެ.
ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުޔެއް ލިބޭ އިރަށް ރާއްޖޭގެ އެކި ސަރަހައްދުތަަކަށް ދަތުރުކޮށް ޑީއާރުޕީގެ އަޑު އަނެއްކާވެސް މުޅިި ރާއްޖޭގައި ގުގުމާލާނެ ކަމަށް ޖާބިރު ވިދާޅުވިއެވެ.
"އަޅުގަނޑު ގޮވާލަން ޑީއާރުޕީގެ ހުރިހާ މެމްބަރުން އެކްޓިވޭޓްވެ، ފެތުރި ގަތުމަށް. ކެމްޕެއިން ހަރަކާތްތައް ބާރަށް ކުރިއަށް ފެށިގެން ދާނެ. 2023 ގެ ރިޔާސީ ކެމްޕެއިން ﷲ ގެ ހެޔޮ ރަހްމަތްފުޅުން އަޅުގަނޑު ކާމިޔާބު ކުރާނަން. އަދި ޑީއާރުޕީގެ ފުރަތަމަ ވެރިކަމެއް ރާއްޖޭގައި ގާއިމްކުރާނަން." ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ޖާބިރު ވިދާޅުވިއެވެ.
ޑީއާރުޕީގެ ލީޑަރަކަށް މިހާރު ޖާބިރު ހުންނެވި ނަމަވެސް އެ ޕާޓީއަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް 2005 ވަނަ އަހަރު އުފެއްދެވި ޕާޓީއެކެވެ. އަދި 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޑީއާރުޕީގެ ޓިކެޓުގައި މައުމޫން ވާދަކުރެއްވިއެވެ. ނަމަވެސް އިންތިހާބު ނާކާމިޔާބުވެ، އެ ޕާޓީގެ ލީޑަރަކަށް ފަހުން އިންތިހާބުވި އަހްމަދު ތަސްމީން އަލީއާ ދެމެދު ޖެހުނު މައްސަލައެއްގައި ހިޔާލު ތަފާތުވެ، ޕާޓީ ދޫކުރައްވާ ވަޑައިގަތެވެ.
އެއަށްފަހު 2011 ވަނަ އަހަރު ޕީޕީއެމް އުފެއްދަވާ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވިއެވެ. ޕީޕީއެމްގެ ރިޔާސީ ޓިކެޓް ލިބިވަޑައިގަތީ ރައީސް މައުމޫންގެ ކޮއްކޮ ރައިސް އަބްދުﷲ ޔާމީންއަށެވެ. އޭގެ ފަހުން އެ ޕާޓީއާ މެދުގައި އުފެދުނު ހިޔާލު ތަފާތުވުމެއްގައި މައުމޫން ޕާޓީ ދޫކުރައްވައި އަނެއްކާ ވެސް ސިޔާސީ ޕާޓީއެއް އުފެއްދެވިއެވެ. އެމަނިކުފާނު މިހާރު ލީޑް ކުރައްވަނީ އެމްއާރުއެމްއެވެ.
ޖާބިރު މިގައުކުގެ ވެރިކަަމަށް އަތުވެއްޖާ ދެން މި ގައުމުގަ މަނާ އެތްވެސް ކަމެތްނޯންނަނެ އޭރުން ދެން މި ގައުމު ދޫކޮށްދާންބަލަންވީ
ނޯވަން ޓޭކްް ޔޫ ސީރިއަސްލީ.
ލޮލް
ޖާބިރު ތިކުރައްވާ ހިތްވަރަށް ހަމަ ސާބަސް ގަދަ ކުރާތި މަ ވޯޓާ ޖާބިރު އަށް
ޗާލީޗޮޕްލިން ނުވަތަ މރ. ބީން ކަހަލަ ޖޯކް ރައީސަކު ޤަވްމުގައި ހުންނަވަން ކިތައް ޕަސެންޓް ރަޢިއްޔަތުން ތާއީދު ކުރޭބާ...
ޖާބެ ހަނދުބޮޑުވާޏްފެށިތަ އަނެއްކާ؟ ވަރަށް އަވަސް އަވަހަށް ހަނދުބޮޑުވާ ބޭފުޅެއްކަމަށް މީހުން ބުނެ އުޅޭ
ކޮއިޑް ގައި މީހުންތައް މަރުވާ އިރުވެސް މިމީހުން މިތެޅެނީ ވެރިކަމާއިގެން
ޖާބިރަށް ކެދޭނީ ފޮނި ! ވެރިކަމަށް ކުރިމަތިލިއަސް ނުހޮވޭނެ ! ތިހިން އެބައުޅޭ އުމަރު ނަސީރުވެސް ! ކަލޭމެން ބޯގޮވާފަ ތިބ ބަޔަކާ ވައްތަރު!
ފުޅިޔަތަ ވޯޓްލަނީ ހެންވީޔާ ލިބޭނެ މީހަކަށް ވިއްޔާ ހަނދާން ނައްތާލަ
ހާދަ މީހުން ގިނައޭ މިޕާޓީގަ. ގޮޑިތައް ފުރެންދެން ހުސް ޑީއަރޕީ މީހުން. ނޭވާލާނެ ޖާގައެއްވެސް ނެތް. މީހުން ގިނަކަމުން ތިތަނުން ޖާބިރު ވަކިކުރަންވެސް ނެއެގޭ. ހަހަހަ