ޖުމްހޫރީ ޕާޓީ (ޖޭޕީ) ރިޔާސީ ކެންޑިޑޭޓަކަށް ޕާޓީގެ ލީޑަރު ކަމަށް އަސާސީ ޤަވައިދުގައި އޮންނަ އޮތުން ބަދަލުކޮށް ގޮތް ބަދަލުކޮށް ރިޔާސީ ކެންޑިޑޭޓް ހޮވާނީ ޕްރައިމަރީ އަކުން ކަމަށާއި ޕްރައިމަރީގައި ވޯޓް ދެވޭނީ ޕާޓީގެ ކައުންސިލްގެ މެންބަރުންނަށް ކަމަށް ނިންމާ އަސާސީ ޤަވައިދު އިސްލާހު ކޮށްފިއެވެ.

ޖޭޕީގެ ކޮންގްރެސްގައި ދެން ފާސްކޮށްފައި ވަނީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ހޮވާނީ ޕްރައިމަރީއަކުންކަމަށާއި އެ ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު ލިބޭނީ ޕާޓީގެ ކައުންސިލަށް ކަމަށެވެ.

ޖޭޕީގެ އެންމެ ބާރުގަދަ ގުނަވަން ކަމަށްވާ ކައުންސިލްގައި އަސާސީ ގަވައިދުގައިވާ ގޮތުން އެ ޕާޓީގެ އިސް މަގާމުތައް ކަމަށްވާ ލީޑަރާއި ނައިބު ހަތަރު ލީޑަރުންނާއި ރައީސް އާއި ނައިބު ރައީސް ހިމެނެ އެވެ. އޭގެ އިތުރުން ޕާޓީގެ މަޖިލީހުގެ މެންބަރުންނާއި ވަޒީރުން ވެސް ހިމެނެ އެވެ. ޕާޓީގެ އިދާރީ އިސް ބޭފުޅުން ވެސް ކައުންސިލްގައި ތިއްބަ އެވެ.

ކޭޕީގެ ކޮންގްރެސްގައި 15 މެންބަރަކު ކައުންސިލަށް ހޮވަން ޖެހޭނެ ކަމަށް ވެސް އަސާސީ ގަވައިދުގައި ބުނެފައިވެ އެވެ. އެ މަގާމުތައް ހޮވުމަށް ބާއްވާ އިންތިޚާބު މިހާރު ފެށިގެން ކުރިއަށް އެބަދެއެވެ. އެމަގާމަށް 22 ބޭފުޅަކު ކުރިމަތިލައްވާފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު